މޮޓޯކޭޑްގައި އުޅުއްވާ ބޭފުޅަކަށް ރައްޔިތުންގެ ހާލަތު އިހުސާސް ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ މީގެ ކުރިން މާލެއަކީ ދިރުމެއް ނެތް ތޮއްޖެހިފައި އޮތް ތަނެއް ކަމަށް ގަބޫލުކުރެވުނަސް މިހާރު މާލެ އޮތީ އެހެން ނޫން ކަމަށާއި މާލޭގައި މިހާރު ބިމާއި ގާޖަ އެބައޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.
މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެއަކީ ދުނިޔޭގެ ފަސް ވަނަ އަށް ކުޑަ ތަންކޮޅެއްގައި އެންމެ ގިނަ މީހުން އުޅޭ ކަމަށް ލިސްޓް ކޮށްފައިވާތަން ކަމަށެވެ.
"ވޭތުވެދިޔަ 20 އަހަރު ތެރޭގައި ރައީސް ޔާމީން މަޖިލީހުގެ އެކި ދާއިރާތަކަށް ކުރިމަތިލިއިރުވެސް، މާލޭގެ ދާއިރާއަކަށް ކުރިމަތި ލުމުގެ ހިތްވަރެއް ރައީސް ޔާމީންގެ ނެތް " މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތާއި އިހުސާސްތައް ރައީސް ޔާމީން އަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މޮޓޯކޭޑްގައި ދަތުރުކުރައްވާ ބޭފުޅަކަށް މާލޭގެ ޓްރެފިކާއި ކުނީގެ މައްސަލަތަކެއް ނުފެންނާނެ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން ތައްޔާރު ކޮށްފައިވާ "ރަށްވެހި ތަރައްގީ ފޮތް" އިފްތިތާހު ކޮށްދެއްވައި ރައީސް ޔާމީން އިއްޔެ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މާލެއިން 25 ބުރީގެ އިތުރު އިމާރާތްތައް ފެންނާނެ ކަމަށާއި މިފަދަ މަސައްކަތްތަށް ކުރެވެނީ ޖާގަ އޮތުމުން ކަމަށެވެ.
އަދި ޖާގައަކީ ތަސައްވުރަކާ އެކު މަސައްކަތް ކުރުމުން މާލެ ފަދަ ތަނަކަށް ހޯދޭނެ ހައްލެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގުޑް ޕޮއިންޓް
ކުށުގެ ތުހުމަތުގައި ހުންނަ މީހަކަށް ދައްކާވާހަކަ ފަހުމެނނުވާނެ. އޭނަ ހޯދާނީ ކުރާނެ ކުށެއް ފެނޭތޯއެވެ. ވަރަށް ސަލާމް.
ދެން އެހެންވިއްޔާ އަންހެނުންގެ އައުރަ ރަގަޅަށް ނިވާނުކޮށް އިގިލިކުރީގައި ލައިގެން ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކޮށް ސްޑޭޑިއަމްތަކާއި ނައިޓް ކްލަބްތަކަށް އަދި މަސާޖް ޕާލާތަކަށް ޒިޔާރަތްކުރާ ހިތްމޮޅު މީހަކަށް ރައްޔިތުންގެ ހާލު އެގޭނެތަ؟
އެހެން ވިއްޔާ ދުނިޔޭގެ ގައުމުތަކުގެ ވެރިންނަކަށް ތިކަމެއް ނޭގޭނެ
ބޯގަޅި މަހުލޫފް
ރުފިޔާއާގެން ބޫތުކައިފާހުރިމީހަކަށް ދީނެއް މިއްލަތެއް ނޭގޭނެ!