ކޮވިޑް-19އާ ގުޅިގެންކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލުތައް މިއަދު އައްމުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޖުމްލަ 2.5 ބިލިން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފް ކުރަން ނިންމިކަން އިއުލާނު ކުރީ މާރިޗް މަހުގެ 19 ވަނަ ދުވަހުއެވެ.

މިއަދު ސަރުކާރުން އާއްމު ކުރި ތަފްސީލުތަކަށް ބަލާއިރު، ޓޫރިސްޓް ރިސޯޓްތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ. އަދި މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ރިސޯޓަކަށް 7.71 މިލިއަން ރުފިޔާ ކަމަށް ބުނެފައި ވެއެވެ.

އެ ޕޭކޭޖްތަކުގެ ތަފްސީލުތަކުގައި ބުނެފައިވާގޮތުން ރިސޯޓުތަކަށް ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕުގެ ނިސްބަތަށާއި، ރިސޯޓުގައި ދިވެހި މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތަ ނުވަތަ އެ އެއަށްވުރެ މަތިތޯ ބަލައި އިސްކަންދެވޭނެ ކަމަށެވެ.

އަދި މި ކަންކަން ސަރުކާރުން ބެލުމަށްފަހު ބީއެމްއެލްއާ ހިއްސާކުރާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުތުން އަދި ރިސޯޓު ނުވަތަ ވިޔަފާރީގެ ނަން-ޕާފޯމިންގ އެސެޓްސް ނެތްތޯއާއި، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައިވޭތޯއާއި، ކުރިއަށް އޮތް 3 އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވް ކޮށްހުރިތޯ ބަލައި އިސްކަންދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

"ކޮވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަކަށް މި ލޯނެއް ނުލިބޭނެ. މިކަން ސަރުކާރުން ބަލަމުން ގެންދާނެ". އޭގައި ވެއެވެ.

މީގެ އިތުރުން، އަހަރު އާމްދަނީގެ ގޮތުގަތި 1.0 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވެސް ބީއެމްއެލް މެދުވެރިކޮށް ކަމަށް ބުނެފައި ވެއެވެ.

މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ވިޔަފާރިއަކަށް 1.0 މިލިއަން ރުފިޔާ ކަމަށާއި، މި ބައިގެ ދަށުން ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕުގެ ނިސްބަތަށް ބަލައި އިސްކަންދެވޭނެ ކަަމަށް ބުނެފައި ވެއެވެ.

ރިސޯޓުތައް ނޫން ވިޔަފާރިތައް.

އޭގައި ބުނެފައިވާގޮތުން މިދިޔަ ވަނަ އަހަރު އާމްދަނީގެ ގޮތުގަތި 1.0 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން
އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.

އަދި މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ވިޔަފާރިއަކަށް 1.0 މިލިއަން ރުފިޔާ ކަމަށާއި، މި ބައިގެ ދަށުން ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕުގެ ނިސްބަތަށް ބަލައި އިސްކަންދެވޭނެ ކަމަާށް ބުނެފައި ވެއެވެ.

އަދި ވިޔަފާރީގެ ނަން-ޕާފޯމިންގ އެސެޓްސް ނެތްތޯ އާއި މިިދިޔަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައިވޭތޯ ބަލައި އިސްކަންދެވޭނެ ކަމަށް ބުނެފައި ވެއެވެ.

"ކޮވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަކަށް މި ލޯނެއް ނުލިބޭނެ. މިކަން ސަރުކާރުން ބަލަމުން ގެންދާނެ".

ވާކިން ކެޕިޓަލް ލޯނު އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރުން.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި، މި ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.

އަދި މި ލޯނުތައް ދެވޭނީ %6 އިންޓަރެސްޓްގައި، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއި އެކުގައެެވެ. އަދި މި މުއްދަތުގައި އިންޓަރެސްޓް
އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ.

މި ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މާދަމާ ހުޅުވާލަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Ibbe

  ކޮވިޑޭ ރިޞޯޓް މުވައްޒަފުންނޭ ކިޔައިގެން މުއްސަނދިންނަށް ގެއްލުން ވިނުދޭތި

 2. Ibu

  ރައީސްގެ އިހުލާސްތެރިކަން ހުރިއްޔާ ދަނޑުވެރިންނާއި މަސްވެރިކަން ކުރާ ފަރާތްތަކަށް ތިން މަހުގެ އެލަވަންސް ދީބަލަ

 3. ބޯބުރާންތި

  ތިވެސް ދެން ބޮޑުންނަށް ބަހާލަ ......އޭރުން އޮންނާނީ އި ކޮނޮމީ ޕެ ކް ގެ މަސްދަޅެއް ހެދިފަ....ޒަ ކާތު ފަންޑުންވެސް ބޭރު ގަ ތިބި މީހުންނަށް 3 މިލިޔަން ޚަރަދު ކުރިޔޯ....

  10
 4. ޚަމަނަ

  ޝިޔާމް ގެ ރިސޯޓް ތަކަށް ލާރި ދޭކަށް ނުޖެހޭ މުވައްޒަފުންނަށް ހާދަ ނިކަމެތި ކޮށްނޭ ކަންތައް އެކުރަނީ ކާކުތޯ އެކަންތައް ބެލީ މިނިސްޓަރު ބުނާނެ ބެލީމޭ އޭގެ މާނަ އަކީ އާއިލާ އެކުގައި ޗުއްޓީ އަށް އޮޅުވެލި ބީޗް އަށް ދިއުން އެންމެ 50 ޑޮލަރު އެދެނީ މިހާލަތުގައި މިހެންތޯ ކަންތައް ކުރަންވީ ކީއްކުރަން ޝިޔާމަށް 7.7 ދެނީ އިބޫ އަކީ ވ ވ ރަގަޅު ވެރިއެއް އާދޭހާ އެކުގައި މިދަންންވަނީ މިކަންތައް ހައްލު ކޮށްދެއްވާ ޝިޔާމަށް ފިޔަވަޅު އަޅަން އެބަ ޖެހޭ ރައީސް

  3
  3
  • ލުޓޭރުންގެ ސަރުކާރު

   ރއިބުރާހިމު ރަގަޅުވީމަތާ ޝިޔާމުގެ ރިސޯޓު މުއައްޒިފުންގެ މުސާރަނުދީ އިހާނެތިވިޔަސް ޝިޔާމުއާ ރއިބުރާހިމު ހިތާހިތުގެ ގުޅުންމުން ފައިސާދޭނީ..

 5. ނިކަމެތި މީހާ

  އަޅުގަނޑަ ކީ މިދިޔަ އަހަރު ގެސްޓް ހައުސް އެއް ކުއްޔަށް ހިފައިގެން ހިންގަންފެށި މީހެއް، ނަމަވެސް ތަނަށް ގެސްޓުން އަންނަން ފެށިތާ 6 މަސްވީތަނާ މި ބަލިމަޑު ކަމާއި ކުރިމަތި މިވީ އެހެން ކަމުން ފައިދާއެއް ނިލިބި އުޅެނި ކޮށް ތަން ބަންދު ކުރަންޖެހިއްޖެ ބުކ ކިންގސް ތައް ކެންސަލް ވެއްޖެ މުބައްޒަފަ ކަށް މުސާރަ ދެވޭ ކަށް ނެތް، މި ދިވެހިރާއްޖޭގައި މި ނި ކަމެތި މީހާއަށް ލޯނެއްދޭނެ ތަނެއްނެތް އެއްވެސް ލޯނަ ކަށް ޝަރުޠު ހަމައެއް ނުވެޔޯ ލޯނު ލިބެނީ މުއްސަދިންނަށާއި ބިންވެރިންނަށާއި ރިސޯޓް އޯނަރުންނަށޯ ނިކަމެތިމީހާ ބޮޑުން ކައިރީގައި ރޮއެ ހޭރި ސަލާންޖަހާށޯ އަދި ނި ކަމެތި މީހާ ވިޔަފާރި ކުރާނެ ކަމެއެްނެތޯ މިވާހަ ދައް ކާނެ މީހެއްވެސް އަދި ނޫހެއްވެސް ނެތް ހިތާމައިގެ ކޮޅެއްނެތް

 6. ރަށް ދޫކޮށް މާލެ

  ނޫސްވެރިންވެސް މަސްވެރިކަން ކުރާ ފަރާތް ތަކާއި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ކޮވިޑާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުން ފާޅުކޮށް ދީބަލަ

 7. ބޯހަމަނުޖެހޭ

  ނޯޕޭ އައް މުވައްޒަފުން ފުނުވާލުން ނުވަތަ އެގޮތައް މަޖުބޫރުކުރުން އެއީ އެ މުވައްޒަފުންގެ ކުށެއް ނޫން، ރިސޯޓު އޯނަރުންގެ ކުށް...އެހެނޭ ކިޔާފަ ތިގޮތައް ކަންތައް ކުރީމަ އެމުވައްޒަފުން އިތުރައް ނިކަމެތިވުން ނޫން ގޮތެއް ވާނެތަ...؟؟ ތީ އަދި އިންސާފެއްނޫން...

  2
  1
  • ބާއްޖަވެރި ހެންދުނެއް

   ރިޒޯޓު ވެރިން ކީއްވާނީ ދިހަ ބާރަ އަހަރު ދުވަހު މަސައްކަތް ކޮށް ދީފައިވާ މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ތިން މަހު ޗުއްޓީއެއް ދޭ

  • ޞަފަރު

   ރިސޯޓް އޯނަރުން އަތުން ތި ތިންމަހުގެ ފައިސާ ހޯދަން ޖެހޭ ނީ

 8. ސަންގުމަރުމަރު

  އަސްތާ ކީއްކުރާ 7.7 މިލިއަނެއް. ކޮންމެ ރިސޯޓަކަށް ބިލިއަނެއް ދޭން ފެންނަނީ. ފާއިތުވި 40 އަހަރު ތިޔަ ރިސޯރޓް ތަކުގެ ވެރިން ކައިބޮއެ އުޅުނީ ސަލާން ޖަހައިގެންތާ. މިއަދުވެސް މިޤައުމުގެ އެންމެ ފަޤީރުންނަކީ އެއީ. ސާބަހޭ. މިއޮތް އޯގާތެރި ސަރުކާރެއްދޯ. ބޯ ހަލާކު. ޒަކާތު ފަންޑުވެސް ރިސޯރޓް ތަކަށް ދޭން ފެންނަނީ. ބާކީ އެއްޗެއް ހުރިނަމަ ސަރުކާރުގެ ދެންތިބި ވެރީންނަށް ބަހާލީމަ އޯކޭ ވާނެ. ދެރަ ނިކަމެތި ރައްޔިތުން ތިބެދާނެނު ދޯ ހަތަރު އުދަރެސް ފެ ނުޖެހިފަ. ވާނެ އެއްޗެއް ވާން.

 9. މުހައްމަދު

  ކޮބާ ރެސްޓޯރެންޓް ތަކަށް ވެސް ނެތް ކުދި ވިޔަފާރިތަށް ނެތެނީ. ރަނގަޅަށް ޖީސެސްޓީ ދައްކާ ރެސްޓޯރެންޓް ތަކަށް 1.5 މިލިއަން ލިބިގެން ނޫނިއްޔާ ހުއްޓާލަން ޖެހޭނީ. މި ވާހަކަ ނޫސްވެރިންވެސް އެބަ ޖެހޭ ސަރުކާރަށް އަޑު އިއްވަން. ރަނގަޅަށް ހިންގާ ރެސްޓޯރެންޓް ތަކުން ލިބޭ ޖީސެސްޓީ ނުހަނު ގިނަ ސަރުކާރށް ލިބޭ. ރެސްޓޯރެންޓް ހިންގާ ފަރާތް ގޮތްހުސްވެފަ.