ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން އަވަހާރަވެއްޖެއެވެ.
ނުއުމާން އަވަހާރަވީ، ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނަކަށް އިންޑިއާ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ނުއުމާން ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރ 11 ވަނަ ދުވަހު އެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.
ނުއުމާން އަވަހާރަވެއްޖެކަން އަދާލަތު ޕާޓީން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދާލަތު ޕާޓީން ބުނީ އެޕާޓީގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމެޓީގެ ރައީސް އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުއުމާން އަވަހާރަވި ޚަބަރަކީ އެޕާޓީ އާއި ދިވެހި ގައުމަށް ލިބުނު ނުހަނު ހިތާމަވެރި ޚަބަރެއް ކަމަށެވެ.
ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމު ފުރުއްވާފައެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް އޭނާ މަސައްކަތް ކުރެއްވެވިއެވެ.
ނުއުމާން އަވަހާރަވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާއަށް ތައުޒިއާ ކިޔަމުންނެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އަޚު ނުޢުމާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ޢާއިލާޔަށް ކެތްތެރި ކަމާއި، ދުޅަހެޔޮ ކަން ދެއްވާށި. އާމީން
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ނޫމާނު އަ ކީ ދީނަށް ލޯބި ކުރެއްވި މަޑުމައިތިރި ބޭފުޅެއް..
މަރްޙޫމަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާށި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އަމީން
އެހެން މީހުންގެ މަރުން ތިބާ ޢިބްރަތް ލިބިގަނެ ތައްޔާރުވޭ.
"މަރުވާނެކަން ޔަޤީނޭ މަރުހަނދުމަކޮށް އުޅޭށޭ'
ފަރުވާވެ އެދުވަހަށް ދަތުރަށް ފަހިކުރަން އުޅޭށޭ'"
އަޚަ ނޫމާންއަށް ސުވަރުގޭގެ މަތިވެރިނިއުމަތް މިންވަރު ކުރައްވާށި. ގެއްލިގެން ދިޔައީ އިޚްލާސްތެރި ބޭފުޅެއް. އާއިލާއައް ކެއްތެރިކަނ ދެއްވާށި.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ