ރާއްޖޭގައި ހުރި އެންމެ ބޮޑު އަނިޔާވެރިޔަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ޕީޕީއެމް އިން ތ.އަތޮޅު ވޭމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ އަށް ލިބޭ ހުރިހާ ފައިސާއަކާއި ގައުމީ މަޖިލީހުގެ ހުރިހާ މަގާމުތަކެއް އާއިލާ މެންބަރުންނާއި ޅިއަނުންނަށް ދީގެން ހުންނެވީ ރައީސް ނަޝީދު ކަމަށެވެ.

"އެމްޑީޕީ އަށް ލިބުނު 300 މިލިއަނެއްހައި ރުފިޔާ ނަޝީދު އެހުރިހާ އަމިއްލަ އަށް ބޭނުން ކުރައްވައިގެން. މިކަން އެމްޑީޕީ މެންބަރުން ބަލަން ޖެހޭނެ. މިއަދު މައުމޫނާއި އެކު އެކުރާ މަސައްކަތަކީ މައުމޫން ކުރި ވަރަށް ވުރެ ވެސް އަނިޔާވެރި ކަންތައްތައް." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އޭނާ ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ކުރަނީ ތަރައްޤީ ގެންނަން ނޫން ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ގެންނަން އޭނާ މަސައްކަތް ކުރަނީ ޕޯޗްގީޒުންގެ އަނިޔާވެރިކަން ފަދަ އަނިޔާވެރިކަމެއް އައުމާއި ދެކޮޅަށް ހަމައެކަނި މަސައްކަތް ކުރައްވަނީ ރައީސް ޔާމީން ކަމަށް ވާތީ ކަމަށެވެ.

"ހަތަރު ވަނަ ބަޣާވާތުން ރައީސް ޔާމީން ސަލާމަތްވީ ހިކުމަތްތެރިކަމާއި އެކު މަސައްކަތް ކުރެއްވުމުން. ޤާނޫނު އަސާސީގައި ނޯންނާނެ މެންދަމު ދޭއް ޖަހާއިރު އަމުރު ނެރޭކަށް. ސުޕްރީމް ކޯޓުން އަމުރު ނެރުމުން ދެން ކުށްވެރިޔަކު ދޫކުރެވޭނީ ޕެރޯލް ޤާނޫނާއި އަދަބު ލުއި ކޮށްދިނުމާއި މަޢާފް ދިނުމުގެ ޤާނޫނުގެ ދަށުން." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ގައުމިއްޔަތާއި ދީން ވިއްކާލައިގެން އެއްވެސް މީހަކު ވެރިކަން ކުރިޔަކަ ނުދޭނަން ކަމަށާއި އެފުރުސަތު ނޯންނާނެ ކަމަށެވެ.

"މިތަނުގައި މިހިރީ ރައީސް ޔާމީން މީހަކަށް އަނިޔާ ނުކުރާނެ ކަމުގެ ޔަގީންކަން އޮތީމާ. ޤާނޫނުން ދޭ އަދަބަކީ އަނިޔާއެއް ނޫން. ނަމަވެސް ކިތައް މީހުންނަށްތޯ ފުލުސް ކޯޓެއް ހަދައިގެން އަނިޔާ ދިނީ." މޫސަ ވިދާޅުވިއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް އިއުލާން ކޮށްފައި ނުވާތީ އެކަމަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ އެމްޑީޕީ ރިޔާސީ ކެންޑިޑޭޓަކީ ނައީމާއްތަ ކަމަށް ހުށަހަޅާ ކަމަށެވެ. "ނަމަވެސް މިރޭ ނައީމައްތަގެ ވާހަކަ އަޅުގަނޑު ދެންނެވުމުން މާދަމާ އޭނާ ވެސް ޕާޓީ އިން ވަކި ކުރާނެ." މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ގަސްވައްޓާ

  500 އަހަރުގެކުރިއަކުން އެމްޑީޕީގެެވެރިކަންބަދަލެއްނުވާނެއޭ ބުނެ އަނގައެރުވީވެސް ހަމަރީކޯ.

 2. ސަމަންދަރު

  ރިލޯޑުވަންޏާ ކަނޑާހަމަ.

 3. ދިވެހިން

  ރީކޯމޫސަ އެވިދާޅުވީ ވަރަށްބޮޑު ތެދުފުޅެކެވެ
  ނަޝީދަކީ އެންމެބޮޑުއަނިޔާވެރިޔާގެ އިތުރުން
  އޭނާއަކީއެންމެ ނުރައްކާތެތވެސް މީހާއެވެ.

 4. އެމީހާ

  ކުރިން އެންމެ އަނިޔާވެރި ވިކަމަށް އަޑު ހަރުކޮށް ގޮވަމުންދިޔައީ ކުރީގެ ރައީސް މައުމޫނުކަމަށް. މިހާރު މިގޮވަނީ ކުރީގެ ރައިސް ނަޝީދޭ، މާދަން ވެރިކަން ބަދަލުވީމާ ދެން ގޮވާނީ ރައީސް ޔާމީނޭ ދެއްތޯ؟ ހަމަ ދެފުއްކެހެރި އިންސާނެއް މީ.

 5. ނަނަ

  އެއީ މައުމޫނު ޖަލައް ނުލީމަދޯ

 6. ވެރި ސޮރު

  މޫސަޔަށް ލިބޭ ވަރު ގިނަވީމަ ތިގޮތަށް ވާހަކަ ދެއްކޭނެ ހެވީ ލޯޑް ކޮބައިތޯ؟

 7. ޤައުމު

  މޫސައަށް ވަރަށް ބޮޑަށް ތާއީދު. މިގައުމުގެ ރައްޔިތެއްގެ ގޮތުގައި ހުރެ ގައުމަށް އެންމެ ބޮޑަށް ޣައްދާރު ވަމުންދާ މީހަކީ ކުރިގެ ރައީސް މުޙައްމަދު ނަޝީދު. އޭނާއަކީ އޭނާގެ އަމިއްލަ ބޭނުމަށް ދިވެހިންގެ ދީނާ އިސްތިގުލާލު ނަގާލަން އުޅޭ ބާޣީއެއް. ﷲ އިރާދަފުޅާއި މިންވަރު ފުޅުން ދެން ދުވަހަކުވެސް އޭނާ މިގައުމުގެ ވެރިކަމަށް ނުގެންނަވާށި. އާމީން.