މާލެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ ތެރެއިން މީހަކު އޭނާ އާއި ބައްދަލުވި މީހުންގެ މައުލޫމާތު ނުދޭތީ އޭނާގެ ޒާތީ މައުލޫމާތު އާއްމު ކުރަން ސަރުކާރުން ތައްޔާރުވަމުން ދަނިކޮށް، އޭނާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެއްބާރުލުން ދޭން ފަށައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މިހާރު އޭނާގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

"ކޭސް 21 އާ ގުޅިގެން ވަރަށް ގިނަ މީހުންގެ ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ އިރު، އެ ކޭސްއާ ގުޅިގެން އެއްބާރުލުން ދޭން ދެކޮޅު ހެދި މީހާ މިހާރު ވަނީ އެއްބާރުލުން ދޭން ފަށާފައި. އެހެންވެގެން އެމީހާގެ މައުލޫމާތު މިވަގުތަށް ހާމަނުކުރަން ނިންމީ." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައްސިވި މީހަކު ކަމާ ބެހޭ އިދާރާތަކަށް ތެދު މައުލޫމާތު ނުދޭތީ، އޭނާއަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވަނީ އިންޒާރު ދެއްވާފައެވެ.

ޝަމީމްގެ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މައުލޫމާތު ނުދިނަސް، އޭނާ ދިޔަ ތަންތަނާއި އޭނާއާ ބައްދަލުވި މީހުންގެ މައުލޫމާތު ފުލުހުންނަށް ހޯދޭނެ ކަމަށެވެ. އޭނާ ބުނާ ބުނުމާއި ތަހުގީގަށް ހޯދޭ މައުލޫމާތު ދިމާނުވާ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ކުރެވި، އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ވެސް ޝަމީން ވިދާޅުވިއެވެ. ޝަމީން ވިދާޅުވީ ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަންކަމުގައި އެއަށް ވުރެ އަދަބު އިތުރަށް ބޮޑު ވެސް ކުރެވިދާނެ ކަމަށެވެ.

"މައުލޫމާތު ދީ، އެހެން ނޫނީ ޖަލަށް ދޭ." ޝަމީމް ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުންގެ ޒާތީ މައުލޫމާތު އާއްމު ކުރަން ޖެހިއްޖެނަމަ އެކަން ކުރެވޭނެ ގޮތައް މިހާރު ވަނީ ޤަވައިދެއް ވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ގޮށްރާޅު

  ނުކެރުނެއަނޫން ނަންހާމަކުރާކަން.ދެން ލަ ލަ ލާ

  28
  7
  • ށވvsގސsh

   ދެން ލި ލި ލީ!?

 2. ޑިމޮކްރަޓިސްޓް،ރ.ވާދޫ

  ކޮންހާ ގައްޑާކަމެއް ދައްކާކަށް؟ ހަމަ ދޭންޖެހޭނީ! ކުރިންވެސް ތިގޮތް އޮތެއްނު؟

  39
  1
 3. ޕީޖީ

  އޭނާ ކުށެއްކޮއްފި މަޢުލޫމާތު ހާމަކުރޭ.. ތިހިސާބުން ނިންމާނުލާ

  39
  3
 4. އައްޑޫ މީހާ

  ނުކެރޭނެތާ ނަންހާމަކުރަން ނުކެރޭވަރުގެ ބަޔަކު ހިމެނެންޏާ ނޫނީ ފަޅާއަރަން ބޭނުންނުވާ ކަންތައްތަކެއް ފަޅާއަރާފާނެތީ ކޮންމެ ވެސް ނުބައެއް އުޅޭތީދޯ ހާމަކުރަން ދެކޮޅުހަދަނީ މިހާރު ތަންތަނަށް ވަދެ ފިލާ ތިބި މީހުން ތިބޭނެ ބިރުން ފަޅާއަރާފާނެތީ ހަހަހަ މިހާރުވެސް ނިކަމެތި މީހެއްގެ މައުލޫމާތު ނަމަ އޮންނާނެ ގަވައިދުގެ ދަަށުން ހާމަކޮށްފަ ފަޅާއަރަން އުޅެނީވެސް ނިކަމެތި ބައެއް ނަމަ އެކަންވެސް ކުރާނެ މަބޫ ކިތަންމެ ރުޅި އަޔަސް ހަގީގަތަކީ ކަންތައް ގޯހުން ގޯހަށް ގޮސްގެން އުޅެނީ މައުލޫމާތު އާންމު ނުކުރެވޭ ވަރުގެ ބައެއްގެ ސަބަބުން

  54
  1
 5. ޙއ

  ނުކެރޭނެ ކުރާކަައް

 6. ޭެއީނާ

  ނުކެރޭނެ ކުރާކަައް

 7. އެކަން ކުރެވޭނީ

  ހަމައެކަނި ޑީޖޭއަށް