ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން ކުލި ނުދެއްކި ރައްޔިތުން މަގުމަތިވިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަން ޖެހޭ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުލި ނުދެއްކި ރައްޔިތުން މަގުމަތިވެގެން ދިއުން ފަދަ މައްސަލަތަކަށް ހައްލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިވަގުތު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު، ހިތާމައަކީ މިއަދު އެޖެންޑާކޮށްފައި އޮތް މަޖިލިހުގެ ޖަލްސާގައި ކޮވިޑް-19 އާއި ގުޅޭ އެއްވެސް މައްސަލަ އެއް އެޖެންޑާ ކުރެވިފައި ނުވުން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ ކުލި ނުދެއްކި މާލޭގައި ދިރިއުޅެމުންދާ ބައެއް ރައްޔިތުން މަގުމަތިވާން ޖެހިފައިވާ ކަމަށް ނޫހަކުން ލިޔެފައިވާ ހަބަރެއް ރީޓްވީޓު ކުރައްވަމުންނެވެ.
"ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވަމުންދާ މިފަދަ މައްސަލަތަކަށް މަޖިލީހުން އިސްކަން ދޭން ޖެހޭ. މިއަދުގެ މަޖިލިހުގައި ކޮވިޑް-19 އާއި ގުޅޭ އެއްވެސް މައްސަލައެއް ނެތުމުން ކަންބޮޑުވޭ" އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި ގައުމަށް ނިކަމެތި ކަމެއް ކުރިމަތިވެފައިވާ އިރު ވެސް ކުލި ބޮޑު ކުރުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ. މިފަދަ މައްސަލަތަކަކީ މިކަމަށް ހާއްސަ ގަވައިދެއް އެކުލަވާ ނުލެވި، އެއްވެސް ބަޔަކަށް ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ ބައެއް ބޭރުގެ ގައުމުތަކުގައިވެސް ވަނީ ވަކި މުއްދަތެއް ވަންދެއް ކުލި ދެއްކެން ނެތް ހާލަތެއްގައި ގެއިން ބޭރު ނުކުރެވޭ ގޮތަށް ގާނޫނޫ ފާސްކޮށް އަމަލު ކުރަން ފަށައިފައެވެ.
މާލޭގެ ބައެއް ގޭބިސީތަކުން ކުލި ދައްކަން ޖެހޭ މުއްދަތު ލަސްކުރުމާއި، ކުލި ކުޑަކޮށްދިނުންފަދަ ކަންކަން ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.
ތި ނޫނިއްޔާ ރައްޔިތުންގެ ހައްގުގައި އަނގައިން ބަހެއްވެސް ބުނާނެ މެންބަރު ނުފެނޭ ވިއްޔާ. އެކަމަކު ރައްޔިތުންގެ ހައްގުގައި ނުކުމެ ތިބި ހާދަ ބަޔަކު އެބައުޅޭ. ކަމެއްދަމެއް ބޮޑުވި ދުވަހު އެމީހުން ވީތަނެއް ނޭނގުނު.
ތި ބުނާ ލާރި ކޮޅު ވެސް ލިބޭނީ މާލޭ އަށް ވިއްޔާ
ކުލި ނުދެއްކިއްޖެނަމަ ގެއިން ނެރެނުލެވޭނެ ގާނޫނަކާއި އެކު ގެދޮރުބިނާކުރަން ނެގި ލޯނު ނުދެއްކިއްޖެނަމަ ގެދޮރުއަތުނުލެވޭގޮތައްވެސް ގާނޫން ހަދަންޖެހޭ. މި ގާނޫން ޖެހޭ މި ޕެންޑެމިކް ނިމެންދެން އެންފޯސްކުރެވިފަ އޮންނަން. ސަރުކާރުން ދަންނަންޖެހޭ ހަގީގަތަކީ ރާއްޖެއަކީ އާންމު މީހާގެ ސޭވިންގެއް ނޯންނަގައުމެއްކަމާއި އަދި އާންމުމީހާ ދިރިއުޅެމުންއައީ ވަރައް އުފުލިފައި ހުރި ތަކެތީގެ އަގުތަކަކާއި އެކު ދަތިކޮށް އެހެންމެ އުނދަގޫ ކޮއްކަމެވެ. ވީމާ މިވަގުތު ކުއްޔައް އުޅޭ އާންމު މީހާއަށްވުރެ ދަތިކޮއް އުޅޭނެ އެހެން ބަޔަކު ދިވެހި ރައްޔިތުންގެ ތެރޭގަ ނުތިބޭނެއެވެ. ސަރުކާރުން މި ދަނޑިވަޅުގައި އެއްވެސް ވަރަކައއ ހިލޭކާބޯތަކެތި އަދި ބަޔެއް އެހެނިހެން ތަކެތިވެސް އެއްވެސް ވަރަކައް ބަހާތަނެއް އަދި ނުފެނެއެވެ. މާލޭގައި ފެން ކުންފުނި ރޯވި ދުވަސްވަރު ހިލޭ ފެންކޭސް ވެސް ވަނީ ބަހާފަ. އެކަމަކު މި ދަނޑިވަޅުގައި ހިލޭ ހަނޑޫކޮޅެއް..މަސްކޮޅެއް.. ހަކުރުކޮޅެއް..ސައިބޯންޏެއް ހާހިސާބުވެސް ބަހާފަކާއެއްނުވޭ. މިއީ ނޫންތޯ އާންމު ދިރިއުޅުމައް ބޭނުންވާ ކަންކަމަކީ. މިކަން ނުކުރެވޭނަމަ ދުވަސްކޮޅަކުން ރައްޔިތުން މަގުތަކައް ނުކުމެއް ވައްކަން ކުރަންވެސް މަޖުބޫރުވެދާނެ.
ކުއްޔަށްވުރެވެސް ބޮޑަށް، ހަނޑޫ، ހަކުރު، ފުށް، އަތްދޮންނަ އަދި އެއްޗިހި ދޮންނަ ސައިބޯނި، މިހަކަލަ ޒަރޫރީ ބައެއް އެއްޗިހި ސިފައިންލައްވާ ގޭބިސީތަކަށް ބަހާލަބަލަ! ޕްލީޒް