މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ، މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

މެޓް އޮފީހުން ނެރުނު އެ ހުދު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 22:15 ގައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ކުރިއަށް މެޓް އޮފީހުން ބުނެފައި ވަނީ. ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ، ބޯކޮށްވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު