ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ނަސަންދުރަ ޕެލަސް ހޮޓަލް ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް ދިން މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، 74 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އެންގި އެންގުން މުރާޖަޢާ ކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެއެވެ.

އަދީބު ދައުލަތައް ފައިސާ ދައްކަން އެންގި އެންގުން ވެސް މިހާރު ވަނީ ބާތިލް ކޮށްފައެވެ.

އެއެންގުން ބާތިލް ކުރިކަން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވަނީ އަދީބަށް ޔަގީންކޮށް ދެއްވާފައެވެ. މިނިސްޓަރު ބުދަ ދުވަހު އަދީބަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި އޭސީސީން އެމައްސަލަ އަލުން މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ފައިސާ ދެއްކުމަށް މިދިޔަ މަހު 28 ވަނަ ދުވަހު ދިން ނޯޓިސް ބާތިލްކޮށްފައިވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.

ފައިސާ ދައްކަން އަދީބަށް އެންގި މައްސަަލަ މުރާޖައާ ކުރާ ކަމަށް ސަރުކާރުން ވިދާޅުވިއިރު ފައިސާ ދައްކަން ދިން ހަފްތާއެއްގެ ތެރޭގައި އަދީބު އެފައިސާ ދައްކާފައެއް ނުވެއެވެ. އަދީބުގެ ޤާނޫނީ ވަކީލް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަދީބު ދައުލަތައް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ. އަދި އަދީބު ދައުލަތައް ފައިސާ ދައްކަން ސިޓީ ފޮނުވަން ޖެހޭނީ އަދީބުގެ ގެއަށް ނޫން ކަމަށާއި ސިޓީ ފޮނުވަން ޖެހޭނީ ޖަލަށް ކަމަށް ވެސް ވަކީލު ވިދާޅުވެފައި ވެއެވެ.

މިހާރު ވެސް 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އަދީބު އިސްވެ ހުންނަވައިގެން ހިޔާނަތްތެރިވެފައިވާ ދައުލަތުގެ ފައިސާގެ އަދަދު ބިލިއަނަކަށް ވުރެ މައްޗަށް އަރާކަމަށް އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 1 މިލިއަނަށް ވީގޮތެއް ޝަރީޢަތުން ނުބަލާތަ؟

  2. ވަގު އަދީބު