ޅ.އަތޮޅު ނައިފަރު
ޅ.އަތޮޅު ނައިފަރު

ޅ.ނައިފަރު ކައިރީ އޮންނަ ފަޅު ރަށަކަށް ވެލިނަގަން ބިދޭސީންތަކަކާއި އެކު ދިޔަ މެދު އުމުރުގެ ދިވެއްސަކު އެރަށު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނައިފަރު ކައުންސިލް މެންބަރަކު ވިދާޅުވީ މިއަދު ނިޔާވެފައި ވަނީ ނައިފަރުގެ 55 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަކީ އާމްދަނީ ހޯދުމުގެ ގޮތުން ބަނގްލަދޭޝް މީހުން ގޮވައިގެން ވެލި ނަގަން އާންމުކޮށް ދާ މީހެކެވެ. މިއަދުވެސް އޭނާ ފަޅުރަށަށް ދިޔައީ ބިދޭސީންނާއި އެކު ވެލި ނަގަންށެވެ.

ވެލިނަގަން ދިޔަ ބިދޭސީއަކާއި ހަވާލާދީ ކައުންސިލް މެންބަރު ވިދާޅުވީ އެމީހުންގެ ބޮސް ނިޔާވެފައި އޮއްވާ ފެނުނީ ވެލި ނަގައި ނިމުމަށް ފަހު މޫދަށް އެރިލަން ދިޔަ ގޮތައް ޚަބަރެއް ނުވެގެން ހޯދަން ދިޔައިރުއެވެ. ބިދޭސީން ދިޔައިރު އޭނާ އޮތީ ފެންމަތީގައި ނިޔާވެފައި ކަމަށް ބިދޭސީން ބުނެއެވެ.

އެރަށަށް ގޮސް އުޅުނު ދިވެހިންތަކެއް ވެސް އެސަރަހައްދަށް ގޮސް އެވަގުތު އޭނާގެ ހަށިގަނޑު ބެލިއެވެ. ވަގުތުން އޭނާ ނައިފަރަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އޭނާގެ ހަށިގަނޑުން ޒަހަމެއް ފެންނަން ނެތުމުން މިހާރު ވަނީ ވަޅުލާފައެވެ. ނަމަވެސް ފުލުހުން ގެންދަނީ މިމައްސަލައިގެ ތަޙްޤީޤު ކުރަމުންނެވެ.

މިއީ ފާއިތުވި ދެހަފްތާ ތެރޭގައި މޫދުގައި ނިޔާވި ފަސް ވަނަ މީހާ އެވެ. މީގެ އިތުރުން މީގެ ނުވަ ދުވަސް ކުރިން ވަނީ ދެކުއްޖަކު މޫދަށް އެރި އުޅެނިކޮށް ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތިމީހާގެ ޕޯސްޓްމޯޓަމް ހެދިނަމަ މަރުވީ ގެނބިގެންތޯ، ކަރުގައި ހިފުމުގެ ސަބަބުން ނޭވާ ހާސްވެގެންތޯ އެނގޭނެ. ބިދޭސީންގެ ފޯން ޓްރެކިންގ ބެލުމުން އެމީހުންނާއި މަރުވިމީހާއާ ދިމާވިގޮތް އެނގޭނެ. އެމީހުންގެ ފޯން ކޯލް ހިސްޓްރީ ބެލުމުން، އެމީހުންގެ މެދުގައި މިކަމާ ގުޅުންހުރި ކޯލްތައް ހުރީ ކިހިނެއްކަން އެނގޭނެ. އަދި ތިމީހާގެ ހިސްޓްރީ ބަލައިލުމުން ބިދޭސީންނާ ދެމެދު އެއްވެސް ޒުވާބެއް ހިނގިތޯ ބެލިދާނެ. އަދި ބިދޭސީންގެ މުސާރައިގެ ކަންކަން ވެސް ބަލަންޖެހޭނެ.

  2. މައްސަލަ ރަނގަޅަށް ތަޙްގީގު ކުރުން ވަރަށް ބޮޑަށްއެދޭ!

  3. މޫދަށް މަރުވިނަމަ އޮންނާނީ އަޑީގަ.. ޕޯސްޓްމޯޓެމް ހެދޭނެ ފަދަ ވަސީލަތެއްވެސް މި ގައުމުގަ ނެތް.. އަދިވެސް ވަޒީރުންގެ ހެލްތް ސްކީމް މަތިކުރަނީ..

  4. މަރުވެފަ ތިބޭ މީހުން ފެން މަތީގަ އޮވޭތަ؟

    އެހާ އަވަހައް ކުނިވީތަ؟ ؟؟؟؟؟؟؟

  5. ބަންގާޅިން މިހާރު ގެންގުޅެނީ ޑައިވިންގ ފޯން. 10 މީޓަރު އަޑިން ނޫނީ ކޯލެއް ނުކުރެވޭނެ. ކޯލް ލޮގް ބަލަން ވަރަށް އުދަގޫވާނެ އޮއި ގަދަކަމުން. ރާޅު އަޑު ފައްގަނޑު އެހާ ގަދަވާނެ. އެގޭތައަށް ހަބަރުގާ އެއޮތީ އެމީހުންގެ ބޮހޭ. އެމީހުންނާ އެކީ ވެލި ނަގަން ދާ މީހެކޭ. ދެން ކީއްކުރަން އެމީހުންނާ ދިމާވި ގޮތް ބަލަނީ

  6. މިއީ ރޯދަ މަސް. އެކަމަކު މި ރާއްޖެއަށްވުރެ ރޯނު އެދުރުން ގިނަ އެހެން އެއްވެސް ގައުމެއް ނެތް.