ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ކޮށްފައި ތިބި މީހުންނަށް ރޯދަ ވީއްލުން ދިނުމުގައި ބޮޑެތި ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމުގެ ކަށަވަރު މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.
"ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ބައެއް ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ދިނީ ބަތާއި މުގުރިހަ އެވެ. ނަމަވެސް އަނެއްބައި ފެސިލިޓީތަކުގައި ތިބި މީހުން ރޯދަ ވީއްލަން ދިނީ ރޮއްޓާއި މައްސުނީގެ އިތުރުން ހެދިކާ އާއި މޭވާއެވެ.
ވިލަވަރާއި، އިރުފުށީގައި ތިބި މީހުން ރޯދަ ވީއްލަން ދިނީ ބަތާއި މުގުރިހައެވެ. ކަނޑިންމަ ރިސޯޓްގައި ތިބި މީހުން ރޯދަ ވީއްލަން ދިނީ ވެސް ބަތް ކަމަށް މައުލޫމަތު ލިބެއެވެ. ނަމަވެސް ރޯޔަލް އާއި މަޑިވަރުގެ ރޯދަ ވީއްލުން ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
ކަޑިއްމަ ރިސޯޓްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރިސޯޓުން ރޯދަ ވީއްލުމަށް ބަތާއި މުގު ރިހައިގެ އިތުރުން ކުކުޅު ވެސް ދީފައި ވާނެ ކަމަށާއި އެންމެ ރަނގަޅަށް ކަންކަން ނުކުރެވުނީ ކުއްލިއަކަށް ކަންކަން ހަމަޖައްސަން ޖެހުމުން ކަމަށެވެ.
ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖެ އިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ކުރަން ނިންމާ، މީހުން ކަރަންޓީން ފެސިލިޓީތަކަށް ފުރަތަމަ ގެންދަން ފެށިއިރު ވެސް ކާބޯތަކެތި އެންމެ ރަނަގަޅު ނޫންކަމަށް ބުނެ ބައެއް މީހުން ޝަކުވާ ކޮށްފައި ވެއެވެ. އެޝަކުވާތަކާއި ގުޅިގެން ގިނަ ތަންތަނުގެ ކެއުން ރަނގަޅު ވެސް ކުރިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދެއްވާ ގޮތުގައި ކަރަންޓީން ފެސިލިޓީތަކުގައި މިހާރު 1500 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.
ވެދާނެ އެ ބަޔަކަށް ކަމުދާ ކަހަލަ ގޮތަކަށް އެދެނީ ކަމަށް. ކޮބާ މައްސަލަ އަކީ. މިފަދަ ދަތި ހާލުގައި. ބިރިޔާޏެއް ނުދެވޭނެ.
ކަރަންޓީނައް ގެންދަނީ ވަކި ފެންވަރަކައް އެންމެންނައް ކާންބޯން ދިނުމައް އެގުރީމަންޓުކޮއް އެއްބަސް ވެގެންނެއް ނޫނެވެ.
ބައެއް ދިވެހިންނަށް ނޯންނާނެ ރަގަޅު ހަމައެއްގޮތެއްވެސް..
ދިވެހިންތަ މިމައްސަލަ ޖެއްސީ. ބަނގަޅުންތަ؟
ލިބޭ ިިމިންވަރަސް ޝުކުރު ކުރަންވާނެ
ބިދޭސިން 5 ސްޓަރ ތަންތާ ބައިތިއްބާފަ މޮޅެތިކެއުންދީފަ އެ ހުރިހާ ހަރަދެއް ކުރާނެ ފައިސާ ދައުލަތުގަ އެބަހުރިތަ. ދިވެހީންވެސް ވަރަށް ހާލުގަ އުޅޭ. ޢެހެންނޫނަސް ބޭރުގައުމެއްގަ ދިވެހިންނަށް 5 ސްޓްރ ހަރަދުކޮށްދޭތަ އެތާ ސަރުކާރުން. ތި ލިބޭ އެއްޗަކަށް ސުކުރުކޮށްބަލަ ބިދޭސީންނޭ. ޟިގައުމުގަ ލާރިއެއްނެތް ތިހުރިހާ ކަމެއްކުރާކަށް. މިހާރުވެސް ދިވެހީންނަށްވުރެ 10 ގުނަ ތިބައިމިހުން ގިނަ ކަރަންޓީންގަވެސް.
Pis pis pis roadha villan libunu kamah shukuru kohbbala.. ekaku kaa ehcheh anekaku kaa ehcheh nubala .. mi vaguthu meehun ves balaane mikaha haalaithakuga ves dheythere jahsaa kanthahgadeh hingaaleveytho ..
މުގުރިހަ ހެލްތީއެއްޗެއް
ތީ އާ ކަމެއް ނޫން. ކުޑަ ބަނޑޮހުގައި ތިބި މީހުންގެ ކެއުންވެސް އަޅުގަނޑު އެތާ ހުރިއިރު ހުރީ ވަރަށް ދަށް ފެންވަރެއްގަ. މިހާރުގެ ގޮތެއް ނޭނގެ. ކޮތަޅަކަށް ޕާރުސަލް ތައްޓެއް ލައިގެން ގެންނައިރު މުޅި ކޮތަޅަށް ކޮންމެ ފަހަރަކު ފައިބާފަ. އާންމު ކޮށް ދިނީ މުގުރިހަ. ދުވަހަކު މީރުކޮށް ނުލިބޭ. ކަރަންޓީނުގައި އެހާ މީރުކޮށް ކާކަށް އަޅުގަނޑުވެސް އުންމީދެއް ނުކުރަން. އެކަމަކު ކުޑަ ބަނޑޮހުގައިވެސް ވީއައިޕީ މީހުންނަށް މީރު ކެއުން ދޭކަން އެނގުނު ހިސާބުން މީ ކިހާ ވަރެއްގެ ކޮރަޕްޝަން އެކުލެވޭ ކަމެއްކަން އެނގިއްޖެ.
ތިވަރު ކާއެތިކޮޅެއް އަހަރެމެން މިއުޅެނީ ގަންނަންވެސް ނުލިބިގެން!
ސަައުތު ތައުފީގުގެ ކަމެއްދޯތި؟ ލާރިގަންޑު ބަނޑުއަޅާލާފަ މަކަރުހެދީ. މުޒާހަރާކުރޭ އެންމެން
ތިވަރުން ވެސް ހުރިހާއެންމެން ބަރިބަރިޔަށް ޖަހާފަ ތިތަނުގަ ހައްޔަރު ކޮށްފަ ބައިތިއްބާ. އަހރުމެން ރިސޯޓުން އައިސް ފުރަން ބޯޓަކަށް އަރާފަ ތިއްބާ ބޯޓުން ބާލައިގެން ގެނެސް ހާލުގަ ޖަށްސާފަ މިތަނުގަ ހައްޔަރުކޮށްފަ. އެންމެފަހުން ތިބި ގެސްޓްހައުސް އިން ބޭރުކޮށް މިރޭ މަގުމަތި ކޮށްލީ އެތަނުގަ އެމްއެންޑީއެފް މީހުން ބައިތިއްބަން ވެގެން. އަދިވެސް މިއުޅެނީ ވަންނާނެތަނެއް ނުލިބިގެން. ރޯދަވީއްލަން ކަދުރުއޮށެއް ކެއިގޮތަށް މިތިބީ. މިޔައްވުރެން މާރަނގަޅު ވާނެ އަރުމެން ރަށުގެ އަތިރިމަތިވެސް
ތިވަރުން ވެސް ހުރިހާއެންމެން ބަރިބަރިޔަށް ޖަހާފަ ތިތަނުގަ ހައްޔަރު ކޮށްފަ ބައިތިއްބާ. އަހރުމެން ރިސޯޓުން އައިސް ފުރަން ބޯޓަކަށް އަރާފަ ތިއްބާ ބޯޓުން ބާލައިގެން ގެނެސް ހާލުގަ ޖަށްސާފަ މިތަނުގަ ހައްޔަރުކޮށްފަ. އެންމެފަހުން ތިބި ގެސްޓްހައުސް އިން ބޭރުކޮށް މިރޭ މަގުމަތި ކޮށްލީ އެތަނުގަ އެމްއެންޑީއެފް މީހުން ބައިތިއްބަން ވެގެން. އަދިވެސް މިއުޅެނީ ވަންނާނެތަނެއް ނުލިބިގެން. ރޯދަވީއްލަން ކަދުރުއޮށެއް ކެއިގޮތަށް މިތިބީ. މިޔައްވުރެން މާރަނގަޅު ވާނެ އަރުމެން ރަށުގެ އަތިރިމަތިވެސް
މިސަރުކާރަށް ވވވވވވވވވވ ވެދުން މިސަރުކާރަށް ނިސްބަށްވާ އެއްވެސް މީހަކަށް ދުވަހެއްގެ ކޮޅުންވެސް މަގޭވޯޓް ހަރާމުން ހަރާން. މިވީ އެންހަފްތާގަ މާލޭގަ ހިފަހައްޓާއިގެން ވަރަށް ހާލުގަ ޖައްސާފި. ބޮޑެތިމީހުންތިބީ ހުރިހާކަމެއް ފުދިގެން. އެމީހުންނަށް ކޮންކަމެއް ބަޔަކު ކޮންމެ ހާލެއްގަ އުޅުނަސް
މީ ކޮންކަހަލަ ރަހުމެއް ނެއް ސަރުކާރެއް. ރޯދަމަސް ކަމެއްވެސް މިމީހުންނަށް ނޭގޭ. މިތަނުގަ ހައްޔަރުކޮށްފަ ތިބިއިރު. ރިސޯޓް ތަކުގެ ސްޓާފުން އަތުންކަލޭމެން ދެން ވޯޓް ހޯދަން ނައަންނާތި.ޚާއްސަކޮށް އައްއްޑޫ މީހުން
ހެޔޮނުވާނެ ތިއުޅެނީ ރިސޯޓަށް ޗުއްޓީ ހޭދަކުރަން ގޮސްގެންނެއް ނޫނޭ ބަލަގަ. ކަލޭމެން ރައްކާތެރިކޮށް ފަރުވާދޭން ގެންދިޔައީ. ކަލޭމެންނަށް ރަނގަޅަކަށް ގެންދިޔާމަ އަދިވެސް ބިރިޔާނީ އާ ސޫޖީ އާ ދޭންވީ. ދިން އެއްޗެއް ެެެެެެެެެ ކައިގެން ތިބެބަލަ މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި. އެތަނެއްގަ ހުރި އެއްޗަކުން އެތަނެއްގަ ބައިތިއްބާފަ ތިބި ބަޔަކަށް ދޭނި. މިއީ ދަތި ދުވަސްވަރެއް. ޢަރުތެރެއިން އެތެކޮށްލަން އެއްޗެއް ލިބޭތީ ހަމްކޮސްބަލަ. މުގު ރިހަޔާ ބަތާ އެއި ދެރަ އެއްޗެއްތަ އެހެން ނޫނަސް
ރޯޔަލްގައޭ ބޮޑުންގެ އާއިލާތައް ކޮރަންޓީން ކޮށްފަ ތިބީ. މިމީހުން ގަތް ގަނޑު ފަޅާ އެރީމަ ފަހުން ފޫބައްދަން ތެޅިފޮޅެގެން ފޮނުވީ އެއްބަޔަކު. އެހެންވީމަ އެތާ ކެއުން ރަނގޅުވާނެއޭ