ރާއްޖެ އިން ކޮވިޑް-19 ވޭދަން (ކޭސް) އެއް އެންމެ ފުރަަތަމަ ފެނުނު ކުރެއްދޫގައި، ނުނަގާ ހުރި ސާމްޕަލްތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
ކުރިން އެރަށުން 500 މީހުންގެ ސާމްޕަލް ނެގި އިރު ސާމްޕަލް ނުނަގާ 125 މީހުން ތިބިކަމަށް ކުރެއްދޫގެ އޮފިޝަލަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަން ފެށީ މިއަދު ހެނދުނު 10:00 އިން ފެށިގެން ކަމަށެވެ. އެ މަސައްކަތް ކުރުމަށް ގޮސްފައި ވަނީ ޅ.އަތޮޅަށް ނިސްބަތްވާ 3 ރަށުގެ މީހުން ހިމެނޭ ޓީމަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޓީމްގައި ހިމެނެނީ 25 މީހުން ކަމަށާ، އެ ޓީމްގައި ހިމެނޭ މީހުން ނިސްބަތްވަނީ ނައިފަރު، ހިންނަވަރު އަދި ކުރެންދޫއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.
ރާއްޖެއިން ފެނުނު ފުރަތަމަ ފަސް ވޭދަން ވެސް ފެނުނީ އެ ރަށުން ކަމަށް ވާއިރު އެ ރަށުން ކޮވިޑް 19 އަށް ފައްސިވީ 2 ފަތުރުވެރިންނާއި 3 މުވައްޒަފުންނެވެ. އޭގެ ތެރޭގައި ކުރެއްދޫގެ ޑޮކްޓަރު ހިމެނެއެވެ. މާރޗް މަހުގެ ކުރީކޮޅު އެރަށުން ބަލި ފެނުމާއި ގުޅިގެން އެރަށް 6 މާރޗްގައި ވަނީ ފުރަބަންދުކޮށްފައެވެ.
އޭގެ ފަހުން އެ ރަށަކީ މުޖުތަމައުގައި ބަލި ފެތުރުނު ރަށަކަށް ވުމާއި އެކު ފުރަބަންދުގައި 28 ދުވަސް ހޭދަކުރަން ޖެހޭނެކަމާއި، އެ ރަށުން މީހުން ފުރުމުގެ ހުއްދަ ދޭނީ ރަށުގައި ތިބި އެންމެން ޗެކް ކުރުމަށް ފަހުގައި ކަމަށް އެޗްޕީއޭއިން އެންގިއެވެ.
އެ 28 ދުވަހުގެ މުއްދަތު އެޕްރިލް 12 އަށް ހަމަވެފައިވާއިރު އެ ރަށް ފުރަބަންދުގައި އޮންނަތާ 50 ދުވަހަށް ވުރެ ވަނީ އިތުރުވެފައެވެ.
ކުރިން އެޗްޕީއޭއިން އެންގި އެންގުމާއި އެއްގޮތަށް، އެޕްރިލް 14 އަދި 15 ވަނަ ދުވަހު އެ ރަށުގެ ގިނަ މުވައްޒަފުންގެ ޓެސްޓްތައް ވަނީ ހަދާފައެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް އެއިން އެއްވެސް ސާމްޕަލްއެއްގެ ނަތީޖާ އިއުލާންކޮށްފައެއް ނުވެއެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ އިއުލާން ނުކުރިނަމަވެސް ގިނަ ސާމްޕަލްތައް ވަނީ ޓެސްޓްކޮށް ނިމިފައެވެ.
އަދި ތަންކޮޅެއް އަވަސް ..މި ސަރުކާރު ފޭލް ވެފާ ވާކަން މިދޭހަ ވަނީ. މިހާރު 2 ވީ އިރު ކިރިޔާ ސާންފަލް މި ނޭގެނީ. ތިތިބީ ވަރައް ބޮޑައް ތައްޔާރު ވެގެން ނޯ ބުނި