00:22

00:03

23:29

22:28

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް: މިހާތަނަށް 130 ފުލުހުން ތިބީ ކަރަންޓީން ފެސިލިޓީތަކުގައި.

22:21

22:01

ޑރ. އިބްރާހިމް އަފްޒަލް: ފްލޫ ކްލިނިކަށް ދާ އެންމެންގެ ސާމްޕަލް ނަގާނެ، އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ފްލޫ ކްލިނިކަށް ގޮސްގެން ޕޮޒިޓިވްވި މީހުންގެ އަދަދު ވަރަށް މަދު.

21:59

ޑރ. އިބްރާހިމް އަފްޒަލް: ށ. ނަރުދޫ އިން ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކުރެވޭ.

21:58

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް: ބިދޭސީން އުޅޭ ތަންތަން ސަވައިލަންސް އެބަ ކުރަން. ބަލީގެ އަލާމާތްތަކެއް ހުރި ނަމަ، ޓެސްޓް ކުރަން. މިއަދު ހެދި ޓެސްޓްތަކުގެ ތެރޭގައި އެގޮތަށް ހުންނާނެ. ގިނަ ބަޔަކު އުޅޭ ތަންތަނުން ނެގި ޓެސްޓްތައް ހިމެނޭ.

21:56

21:53

ޑރ. އިބްރާހިމް އަފްޒަލް: ށ. ނަރުދޫ އިން ކޮމިއުނިޓީ ޓްރާންސްމިޝަނެއް އެބަ ފެނޭ. ނަރުދޫގައި އަށް މީހަކު ޕޮޒިޓިވްވެފައިވޭ. އެއީ ބޯޓުގެ ކެޕްޓަނުން. ށ. މިލަންދޫ އިން އެކަކު ޕޮޒިޓިވްވެފައިވޭ. މި ކްލަސްޓާއިން 113 މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވޭ.

21:50

ޑރ. އިބްރާހިމް އަފްޒަލް: މިއަދު ފެނުނީ ތަފާތު ކްލަސްޓާތަކާ ގުޅިފައިވާ ކޭސްތަކެއް. އެހެންވީމަ އާ ކޮންޓެކްޓުންތަކެއް ނުފެނޭ. މިހާތަނަށް 144 ކޭސްއަކީ އުމުރުން 12 އަހަރާއި 40 އަހަރާ ދެމެދު. އުމުރުން ދުވަސްވީ އެންމެ ދެ މީހުން. 12 އަހަރުން ދަށަށް ބެލިޔަސް، 33 ކުދިން.

21:48

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ޕާކިސްތާން މީހާ އޭޑީކޭ އަށް ދިޔައީ ހުން އައިސްގެން. އެހެންވެ، އޭޑީކޭއިން ވަނީ 8 މީހެއްގެ ސާމްޕަލް އެއް ނަގާފައި. އެ ހުރިހާ ސާމްޕަލެއް ނެގަޓިވްވެފައި ވަނީ. ދެން އޭނާ ދެ ފަހަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ދިޔަ އެތަނުން ހަތަރު މީހެއްގެ ސާމްޕަލް ވަނީ ނަގާފައި. އޭގެ ނަތީޖާއެއް އަދި ނުލިބޭ. އޭގެ ފަހުން އޭނާ ދިޔައީ އައިޖީއެމްއެޗަށް. އެތަނުން އޭނާގެ ސާމްޕަލް ނަގައި ވަނީ ޕޮޒިޓިވްވެފައި.

21:45

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ދަރުމަވަންތަ ހޮސްޕިޓަލްގައި އޮތް ޕާކިސްތާން މީހާ ފުރަތަމަ ދިޔައީ އޭޑީކޭ ހޮސްޕިޓަލަށް.

21:45

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ކުރެއްދޫއަކީ އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނު ރަށް. ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ސާމްޕަލްތައް ވަނީ ނަގަން ނިންމި. 649 ސާމްޕަލެއް ވަނީ ނަގާފައި. 354 ސާމްޕަލެއް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި. 211 ސާމްޕަލެއް ޕޮލިސް ލެބޯޓަރީން ގެންދިޔަ. ނަތީޖާ ނުލިބޭ 74 މީހެއް.

21:42

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ކޮންޓެކްޓް ޓްރޭސިން 3،588 ކޮންޓެކްޓުން ފާހަގަވި، 300 އަށް ވުރެ ގިނަ ތަނެއް މޮނިޓަރިންގައި ކަރަންޓީން ފެސިލިޓީތަކުގައި 1،207 މީހުން ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 200 އަށް ވުރެ ގިނަ މީހުން އެބަތިބި. "ދަރުމަ" ދޯނި ނަމަކަށް ކިޔާ ދޯންޏެއް އޮތީ މޮނިޓަރިން ހާލަތުގައި.

21:41

21:41

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިހާތަނަށް 7،723 ސާމްޕަލެއް ވަނީ ނަގާފައި. ނައްސިވެފައި ވަނީ 6،286 ސާމްޕަލެއް. ނަތީޖާ ނުލިބި 1،088 ސާމްޕަލެއް އެބަހުރި. ފައްސިވެފައި ވަނީ 249 މީހެއް. ބަލި ޖެހުނު ދެ މީހަކު ތިބީ ރާއްޖެ އިން ބޭރުގައި. މިހާތަނަށް ބަލި ޖެހުނީ 99 ދިވެހިންނަށާއި 151 ބިދޭސީންނަށް. ބަލިން ޝިފާ ލިބިފައި ވަނީ 17 މީހުންނަށް.

21:28

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

21:27

20:46

19:55

19:52

19:50

19:04

17:17

17:11

16:39

16:18

ޕާކިސްތާނުގައި އިތުރު ނުވަ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 301 މީހުން ވަނީ މަރުވެފައި. އިތުރު 164 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 14،079 އަށް އަރާފައި.

 

16:17

ސިންގަޕޫރުން އިތުރު 528 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް އެ ގައުމުން 14،951 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. އެ ގައުމުން މިހާތަނަށް މަރުވީ 14 މީހުން.

 

16:16

އޮސްޓްރިއާ އިން އިތުރު 20 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 569 މީހުން ވަނީ މަރުވެފައި. އިތުރު 83 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 15،357 އަށް އަރާފައި.

 

16:15

މެކްސިކޯ އިން އިތުރު 83 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 1،434 މީހުން ވަނީ މަރުވެފައި. އިތުރު 852 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 15،529 އަށް އަރާފައި.

 

16:14

އިސްރާއީލުން އިތުރު ހަތަރު މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 208 މީހުން ވަނީ މަރުވެފައި. އިތުރު 34 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 15،589 އަށް އަރާފައި.

 

16:13

ބެލްޖިއަމް އިން އިތުރު 124 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 7،331 މީހުން ވަނީ މަރުވެފައި. އިތުރު 647 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 47،334 އަށް އަރާފައި.

 

16:12

ބްރެޒިލުން އިތުރު 60 މީހުން މަރުވެއްޖެ. މިހާތަނަށް އެ ގައުމުން މަރުވީ 4،603 މީހުން. އިތުރު 945 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 67،446 އަށް އަރާފައި.

 

16:12

ޗައިނާ އިން އިތުރު ހަ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް އެ ގައުމުން 82،836 މީހެއްގެ ގައިން ބަލި ފެނިފައިވޭ. މިހާތަނަށް އެ ގައުމުން މަރުވީ 4،633 މީހުން.

 

16:11

ރަޝިއާ އިން އިތުރު 73 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 867 މީހުން ވަނީ މަރުވެފައި. އިތުރު 6،411 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 93,558 އަށް އަރާފައި.

16:10

އެމެރިކާ އިން އިތުރު ހަ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 56،803 މީހަކު ވަނީ މަރުވެފައި. އިތުރު 151 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,010,507 އަށް އަރާފައި.

 

 

15:55

15:35

15:18

15:07

15:06

އައިޖީއެމްއެޗްގެ ޑރ. އާރިފް މުހައްމަދު: އިސް ސަފުގައި މަސައްކަތް ކުރާ މީހުންގެ އަގު ވަޒަން ކުރަންވީ. ބާކީ ކުރުން ފަދަ ކަންކަން ދޫކޮށްލަންވީ. އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރަންވީ. މިކަމުން އަރައިގަނެވޭނީ އެއްކޮށް މަސައްކަތްކޮށްގެން.

15:05

އައިޖީއެމްއެޗްގެ ޑރ. އާރިފް މުހައްމަދު: ނަފްސާނީ ދުޅަހެޔޮކަން ހޯދޭނެ، ވައިބާ ގްރޫޕްތައް އެބަހުރި، އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން ބޭސް ހުސްވިޔަ ނުދީ އެހީގެ މަގުތައް ހުޅުވާލުން.

15:04

އައިޖީއެމްއެޗްގެ ޑރ. އާރިފް މުހައްމަދު: ކާރިސާތަކުގައި ނިކަމެތިންނާއި ފަގީރުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ގެވެށި އަނިޔާގެ މީހުންނަށް އަސަރު ކުރާލެއް ބޮޑު. ބިދޭސީންނަށް އަސަރު ކުރާލެއް ބޮޑު. މަސްތުވާއެއްޗިއްސަށް ދެވިހިފާފައި ތިބި މީހުންނަށް އަސަރު ކުރޭ. މި މީހުންނަށް ހާއްސަ އެހީ ދޭން ޖެހޭ.

15:03

އައިޖީއެމްއެޗްގެ ޑރ. އާރިފް މުހައްމަދު: މާ ގިނަ އިން ގޮތް ނޭނގޭ ވާހަކަތައް އަޑު އަހައި، އެކަންކަމުގެ ތެރޭގައި 24 ގަޑިއިރުގެ ތެރޭގައި އުޅުމުން ނަފްސާނީ މައްސަލަތައް ދިމާވެދާނެ. މިކަމުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ. އެކުދިންގެ އަހުލާގީ މައްސަލަތަކެއް ވެސް ދިމާވާނެ. އެހެންވީމަ ކުދިންގެ އަޑު އަހައި، ހިތްވަރުދީ، ކަންކަމުގައި ބައިވެރި ކުރަން ޖެހޭ. އަޅުގަނޑުމެން ރަނގަޅު ނަމޫނާއަކަށް ވާން ޖެހޭ ކުދިންނަށް.

15:01

އައިޖީއެމްއެޗްގެ ޑރ. އާރިފް މުހައްމަދު: އަޅުގަނޑުމެން ކޮންޓްރޯލް ކުރެވޭ ކަންކަމަށް ފޯކަސް ކުރަން ޖެހޭ. ބަލިން ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންކަމުގައި ހިފައި، އެކަން ކަން ކުރުމަކީ މުހިންމު ކަމެއް. ނިދުމާއި ކެއުމުގެ ގަޑިތައް ބައްޓަން ކުރުމަކީ މުހިންމު ކަމެއް. ކަސްރަތު ކުރުމަކީ މުހިންމު ކަމެއް. ގޭގައި ތިބުމަކީ އެކަކު އަނެކަކާ ގުޅުން ބަދަހި ނުކުރެވެންވީ ސަބަބެއް ނޫން. މިކަންކަމުން އަރައިގަތުމަށް މާތް ވެގެންވާ އިސްލާމް ދީންގައި ހިފަންވީ.

14:59

އައިޖީއެމްއެޗްގެ ޑރ. އާރިފް މުހައްމަދު: ގޭގައި ތިބެން ޖެހުމާއި މިސްކިތްތައް ބަންދު ކުރީމަ އުނދަގޫތަކެއް އެބަ ދިމާވޭ. ތަބީއީ ގޮތުން އެންމެންނަށް ވެސް އަސަރު ކުރޭ. އެއް ބައި ފަހަރު ރަނގަޅު ނޫން ގޮތަށާއި ރަނގަޅު ގޮތް ގޮތަށް ކަންކަން އެބަ ކުރެވޭ. މިދިޔަ މަހު 615 މީހުން ބެލިން، ނަފްސާނީ މައްސަލަތަކުގައި. އެއީ މިދިޔަ އަހަރަށް ބަލާ އިރު، ދެ ގުނަ އަދަދެއް. ކުރިއަށް އޮތް ތަނުގައި އަދަދުތައް އިތުރުވާނެ ކަމަށް ބެލެވެނީ.

14:57

ރެޑްކްރެސެންޓްގެ ފަރާތުން މައީދު: އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ވޮލަންޓީއަރުން ބޭނުން ވާނެ. ވީހާވެސް ގިނަ ބަޔަކު މިކަމުގައި އެހީތެރިވާންވީ.

14:55

ރެޑްކްރެސެންޓްގެ ފަރާތުން މައީދު: ކޮންމެ ދިވެއްސަކަށް ވެސް، ބޭރު މީހަކަށް ވިޔަސް ނަފްސާނީ ގޮތުން އަސަރުތަކެއް ކުރާނެ، ކޮށްފާނެ. އެހެންވީމަ، އެކަމަށް އެންމެން އެބަ ޖެހޭ ހޭލުންތެރިވާން. މުޖުތަމައުގައި ބާކީވެފައި ތިބި މީހުން އެބަތިބި. އެމީހުންނަށް އަޅާލުން ދޭން ޖެހޭ. އިޖުތިމާއީ ގޮތުން ދުރު ކުރެވިފައި ތިބި ބަޔަކަށް އަޅާލައި އިހުސާންތެރިވާން ޖެހޭ. އަޅުގަނޑުމެން އެބަޖެހޭ ގުޅުން ބަދަހި ކުރަން. އެއްވެސް ބަޔަކު ބާކީ ނުކޮށް ހާލު ބަލަން އެބަޖެހޭ.

14:54

ރެޑްކްރެސެންޓްގެ ފަރާތުން މައީދު: ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެޑްވޮކަސީ މަސައްކަތް ކުރަމުން މިދަނީ. އަދި މިކަމުގައި 30 އެއްހާ ފަރާތުން ބައިވެރިވޭ. ކޭސްތައް އިތުރުވަމުންދާތީ ބިރުވެރިކަން އުފެދުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމަ އަޅުގަނޑުމެން މިދަނީ އިތުރަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު އިތުރު ކުރަމުން މިދަނީ. ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މެސެޖްތައް ތައްޔާރު ކުރަމުން މިދަނީ.

14:51

ރެޑްކްރެސެންޓްގެ ފަރާތުން މައީދު: ސައިކޯސޯޝަލް ސަޕޯޓު މިދެނީ ފަސްޓްއެއިޑާސް ބޭނުންކޮށްގެން. މިހާތަނަށް 95 މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. އަޅުގަނޑުމެންނަށް ނުވަ ގަޑިއިރުގެ ފޯން ކޯލް ކުރެވުނު ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވިފައި ވަނީ. އަޅުގަނޑުމެން ކުރިއަށް މިދަނީ ރިމޯޓްކޮށް. ރިމޯޓް މަސައްކަތް ފެށުމުގެ ކުރިން 1300 އަށް ވުރެ ގިނަ މީހުންނަށް ވާނީ އެހީތެރިކަން ފޯރުކޮށްދީފައި. އޭގެ ތެރޭގައި ވެސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުން ހިމެނޭ.

14:49

ރެޑްކްރެސެންޓްގެ ފަރާތުން މައީދު: އަޅުގަނޑުމެން ކުރަމުންދާ އެއް މަސައްކަތަކީ، ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް. އަޅުގަނޑުމެން ކޯލް ސެންޓަރެއް ވާނީ ގާއިމުކޮށްފައި، ހާއްސަކޮށް ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުންނަށް އެހީ ފޯރުކޮށްދޭން ނިންމީ.

14:49

14:48

އައިޖީއެމްއެޗުގެ ޑރ. މޫސާ މުރާދު: ނަފްސާނީ ގޮތުން މައްސަލަތައް އެބަ ދިމާވޭ. އެކަން ކަން ކުރިއަށް ގެންދަންވީ ގޮތް ރަނގަޅަށް ސާފުވެފައެއް ނެތް.

14:46

އެންއީއޯސީން ބާއްވާ ޕްރެސް ކޮންފަރެންސް ފަށައިފި.

14:28

14:24

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

14:02

13:45

12:11

12:08

11:01

10:20

09:53

09:37

04:35

04:22

03:58

03:22

03:04

މިސްރުން އިތުރު 248 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 20 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4782 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 337 މީހަކު ވަނީ މަރުވެފައި.

03:04

އެމެރިކާއިން އިތުރު 17642 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1085 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1004802 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 56498 މީހަކު ވަނީ މަރުވެފައި.

01:57

01:42

00:58

ސްރީލަންކާއިން އިތުރު 65 މީހަކު ކޮވިޑް-19އަށް ފައްސިވިއިރު، އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 588 އަށް އަރާފައި. އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 7 މީހުން

00:56

އިންޑިއާއިން އިތުރު 58 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 939، އެ ގައުމުން އިތުރު 1561 މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 29451 އަށް އަރާފައި.

00:56

ބަންގްލަދޭޝްއިން އިތުރު ހަތް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 152، އެ ގައުމުން އިތުރު 497މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 5913 އަށް އަރާފައި.

00:55

ގަތަރުން އިތުރު 957 މީހަކު ކޮވިޑް-19އަށް ފައްސިވިއިރު، އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11244 އަށް އަރާފައި. އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 10 މީހުން

00:53

ސްވިޑެން އިން އިތުރު 80 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 2274، އެ ގައުމުން އިތުރު 286 މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18926 އަށް އަރާފައި.

00:53

ސައުދިއަރަބިއްޔާ އިން އިތުރު ފަސް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 144، އެ ގައުމުން އިތުރު 1289 މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18811 އަށް އަރާފައި.

00:52

ޕޯޗުގަލް އިން އިތުރު 25 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 982، އެ ގައުމުން އިތުރު 163 މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 24027 އަށް އަރާފައި.

00:51

ޕެރޫން އިތުރު 54 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 782، އެ ގައުމުން އިތުރު 1182މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 28699 އަށް އަރާފައި.

00:50

ސްވިޒަލޭންޑުން އިތުރު 55 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 1665، އެ ގައުމުން އިތުރު 103 މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 29164 އަށް އަރާފައި.

00:48

ނެދަލޭންޑުން އިތުރު 43 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 4518، އެ ގައުމުން އިތުރު 400 މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 38245 އަށް އަރާފައި.

00:48

ކެނެޑާއިން އިތުރު 141 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 2701، އެ ގައުމުން އިތުރު 1334 މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 48229 އަށް އަރާފައި.

00:47

ތުރުކީން އިތުރު 95 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 2900، އެ ގައުމުން އިތުރު 2131 މީހަކު މި ވައިރަސްއަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 112261 އަށް އަރާފައި.

00:32

00:28


މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިއްޔެ އާއި އަޅައި ބަލާއިރު މަދުވި ނަމަވެސް އަދިވެސް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވުމުގެ ފުރުސަތު އެބައޮތް ކަމަށް މިރޭ ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އިބްރާހިމް އަފްޒަލް މިމަސް ނިމޭއިރު ވެސް ރާއްޖެ އިން ބަލި ޖެހޭ މީހުންގެ އަދަދު މަދުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

މިރޭ ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު ދުބާއީގައި އޮތް އެގްޒެބިޝަނެއްގައި ބައިވެރިވި މީހުން އެޗްޕީއޭ އަށް މައުލޫމާތު ދިނުމަށް މިރޭ ވަނީ އެދިފައެވެ.

ދުނިޔޭގެ މަސްރަހަށް ބަލާއިރު އެހެން ދުވަސްތަކާއި ބަލާއިރު މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު މަދުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަދު މިހާތަނަށް ފައްސިވެފައި ވަނީ 51,822 މީހުންނެވެ. މިއަދު މިހާތަނަށް މަރުވެފައި ވަނީ 3,367 މީހުންނެވެ. ނަމަވެސް ބައެއް ގައުމުތަކުގެ ހާލަތު އަދިވެސް ފެންނަނީ ވަރަށް ގޯސް ކޮށެވެ. އޭގެ ތެރޭގައި ރަޝިއާ، ބްރެޒިލް، ކެނެޑާ، ބެލްޖިއަމް ފަދަ ގައުމުތަކުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ގިނައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    އަވަހަށް މިވަބާ މިޤައުމަށް ގެނައި ސަރުކާރު އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންނަށް އޮޅުވާލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާ ލޫޓުވާލި ސަރުކާރެކެވެ. ރައްޔިތުންގެ ހަރުމުދާތައް ނުއަގުގައި ވިއްކާ ހުސްކޮށްލާ ސަރުކާރެކެވެ. ރައްޔިތުންގެ ޚަޒާނާގައި ހުރި ހުރިހާ ޑޮލަރެއް އިންޑިޔާގެ ރުޕީސް އަށް "ސްވޮޕް" ކޮށްލި ނާޤާބިލް ސަރުކާރެކެވެ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަރުކާރު މިހާރު މިއޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. އެންމެން ގުޅިގެން ކުރިހާ އާދޭސް މިސަރުކާރުން ބޮލާލާ ޖަހާލާ ޤައުމީ ދޮރޯށިތައް ބަންދު ނުކޮށް ޤަޞްދުގައި މިވައިރަސް ލަންޑަނުންނާއި ބޭރުޤައުމުތަކުން އެތެރެކުރީއެވެ. ނިކަމެތި ދިވެހިރައްޔިތުން މިތިބީ މަރަށް ތެޅެން ދޫކޮށްލާފައެވެ. ދިވެހިފަސްގަނޑު އިންޑިޔާއަށް ނުއަގުގައި ވިއްކާލަން ރާވާފައިވާ ރޭވުމުގެ ކޮޅުމަތި މިފެންނަނީއެވެ.

  2. ހިޔާލު

    ވަކި ބަޔަކަށް ވަކި ގޮތެއް ހަދައިގެން ފަހުން ވޯޓު ހޯދަން ނާންނާތި،

    10