މިރޭ ވެރިކަން ކުރާ މާލޭގައި ހަމަނުޖެހުން ހިންގަން ވަނީ ރާވާފައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ މިއަދު މެންދުރު 2:30 ޕޮލިހަށް ހާޒިރުވަމުން އެމްއެމްއޭ ސަރަހައްދުގައި ހުރެގެން މީޑިއާ ތަކަށް އިންޓަވިއު ދެއްވަމުންނެވެ. މަހުލޫފު ވިދާޅުވީ މިއަދު އޮންނަ 'ވާމް އަޕް' މުޒާހަރާއާއި ގުޅިގެން މިރޭ މާލެ ތެރޭގައި ބޮޑެތި ހަމަނުޖެހުން ތަކެއް ހިންގަން ދަނީ ރާވަމުން ކަމަށެވެ.

" މިރޭ ޕީޕީއެމް ތެރެއިން މާލެތެރޭގައި ހަމަނުޖެހުން ހިންގަން ރާވާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި އަދި އަޅުގަނޑު ދިވެހި ފުލުހުނަށް ވެސް ގޮވާލަން މި މައްސަލަ މިހާރުން މިހާރަށް ބެލުމަށް އަދި އަޅުގަނޑު ފުލުހުންގެ އިދާރާއަށް ހާޒިރުވާ އިރުވެސް މި ވާހަކަތަަށް ފުލުހުންނަށް ހިއްސާ ކުރާނަން" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ މިރޭ މާލޭ ތެރޭގައި ހަމަނުޖެހުން ހިންގަން ބަޔަކު އުޅެނީ މޭޑޭ މުޒާހަރާ ގޮތަށް ހަމަނުޖެހުން ހިންގުމަށް ފަހު އިދިކޮޅު މީހުން ފްރޭމް ކުރުމަށް ކަމަށެވެ.

އިއްޔެ މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޚްލޫފް ވިދާޅުވީ މިއަދު ހަމީރު އޮންނަ އެއްވުން ގާނޫނީ އިމުގެތެރެއިން ކުރިއަށް ގެންދެވޭނަމަ ފުލުހުންގެ ފަރާތުން ހުރަސް ނާޅާނެކަމުގެ ޔަޤީންކަން ފުލުހުންގެ ފަރާތުން ލިބިފައިވާ ކަމަށާއި އެގޮތަށް ފުލުހުން އަމަލުކުރާނެ ކަމަށް ހީކުރައްވާ ކަމަށެވެ.

މަޚްލޫފް ވިދާޅުވީ މިއަދު ބޮޑު މުޒާހަރާއެއް ބާއްވަން އިދިކޮޅު ފަރާތްތަކުން ކުރިން ނިންމި ކަމަށާއި ނަމަވެސް ބައެއް ކަންކަން ހަމަ ނުޖެއްސިގެން ފަހުގެ ތާރީހަކަށް ވަނީ ބަދަލުކޮއްފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ސުނީ

  ތީ ޤައުމު ފަސާދަ ކުރާ މީހެއް....

 2. ޙަތްޕުނޑު

  ޜީދޫ މީހުންނަށް ދެން ފުރުސަތެއްނެއް. މުޒާހަރާ އެކަި ކޮށްލާ

 3. ޜަސީދު

  މަހުލުފު ކަލޭ އައްނި ޔޭ ކިޔާގެން ވެސް ތިކަހަލަބާވަރު އެއްޗެހިކި މިހާރު ތިޔޮތީ ޅެން ފަރަސްސައް ވެފަ ދެއްކޭވަހަކައެއް ނުދެއްކޭވާކަ އެއްނޭގެ

 4. ޑިމޮކްރަޓިސްޓް

  ބޮނޑިބަތް ކައިގެން ކަލެއަށް ތިނޫން ވާހަކައެއް އެބަދެއްކޭތަ#### ކަލޭގެ އަމިއްލަ ސިކުނޑި އަށް ބާރުފޯރުވޭތަ####

 5. ދިވެހި ދަރިއެއް

  މަޙްލޫފަށް ކަންކަން އެހާ ރަނގަޅަށް ކުރީބައިގައި އެނގެނީ، އެކަން އެކަން ރާވަނީ އެނާކަމަށް ވުން ވަރަށް ގާތް، ވީމާ މީނާ ހައްޔަރު ކޮށް ތަޙްްޤީގް ކުރުމަށް ފުލުހުން ނަށް ގޮވާލަން

 6. ނާބުރައިސް

  ޔާމީން ހަމަ މިހާރު ވެރިކަމުން ބާލާ

 7. Anonymous

  ރޯ ބުހުތާނު ދޮގެއް. ކަލޭ ތެދެއްހަދާނެތަ. ތި މަހުލޫފު މިހާރު އެންމެ މަސްހޫރު ވެފައިވަނީ ދޮގުހަދާ މަހުލޫފު ގެ ގޮތުގަ

 8. ތުއްތަފާ

  ކަލޭ މޮޅުވާހަކަ ދައްކަނީ އޭ. އަމިއްލައަށް ރާވާފަ ހިންގަން އުޅޭކަންކަން އެހެން މީހުން ބޮލަށްޖަހަން އުޅޭނެ ކަމެއް ނެތް. ކަލޭގެ ގޭގަ ކަލޭ ސެކިއުރިޓީ ބަލަހައްޓާތި މިރޭ. މީ ކަލޯމެންގެ އެކަނި ގައުމެއްނޫން. ވާންޗޯވެގެން ތިޔަ ތެޅި ބާލަނީ. ކަލޭ ހަމަނުޖެހުން ހިންގަން ބަޔަކާ ވަހަކަދެއްކި ކަން އެނގޭނެ މީހުންވެސް ހުރެދާނެކަން ދަންނާތި.

 9. Anonymous

  ކައެތީ ބޮޑު ދޮގަރޭ

 10. އަސްލު

  ވަގު ކަލޭގެ ކޮބާ

 11. ސ ނުން ސޮނިބެ

  އަންނިގެ ރޭވުންތީ

 12. ކޮޔާ

  ހަމަނުޖެހުން ހިންގަނީ އެމްޑީޕީ

 13. Anonymous

  ގިޔާމަތްދުވަހުން ދުނިޔޭގެ ހަތަރުބިތުގައި ތެޅި މަރުވެގެންދަނީ ނުބައި ނުލަފާވެގެންވާ އިބިލީސް. ދުނިޔެއިން އެންމެފަހުން މަރުވެގެދާނީ އިބިލީސް. މިހާރު އިބިލީހައްވުރެވެސް ފަހުން މަރުވެގެނަްދާނީ އިބިލީހައްވުރެވެސް ނުބައި ނުލަފާ ވެގެންވާ ރީލޯޑު މުހުލޫޓު

 14. ކާކު

  ވަގުކަލޭގެ ލަންޑަންބުރިޖު މަތީގަ

 15. މުުޫސަބެެ

  މަހުލުޫފު ބަނދުކުރެޭ.މޮޔަގޮވަނިީ

 16. ނާނި

  ކަލެއަށްހުރިހާކަމެއް އަންގާފާދޯ ކުރަނީ. މާމޮޅުމީހަކަށްވާންވެގެން މިހާރު ތިހުރީ މިސްކިތް ހުޅުޖެހިމީހާއަށް ވެފާ.