ކޮވިޑް-19 ގެ ސަބަބުން ހާލުގައި ތިބި ފަރާތްތަކަށް ޔުނިސެފްގެ ފަރާތުން ފުޑް ރިލީފް ޕެކޭޖުތަކެއް ހަދިޔާ ކުރަން ފަށައިފިއެވެ.

މި މަސައްކަތް ޔުނިސެފް އިން ކުރަމުން ގެންދަނީ ޖެންޑާ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ގުޅިގެންނެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޔުނިސެފްގެ ޕެކޭޖުގެ ތެރެއިން 636 ގެއަކަށް އެ ފުޑް ޕެކޭޖު ބަހާފައިވާ ކަމަށެވެ. އެ ފުޑް ޕެކޭޖުގެ ތެރޭގައި ހިމެނެނީ ފިޔާއާ އަލުވިއާ ފުލް ކްރީމް ކިރާއި ބިހާއި ހަވާދާއި ސައިފަތާއި ޗިލީ ޕައުޑާ އަދި ތަރުކާރީއެވެ.

މި ތަކެތި ހަދިޔާ ކުރުމުގައި ޔުނިސެފްގެ ފަރާތުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑރ. މުނީރު އަލް ސަފީލްދިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮވިޑް-19 މާލެއިން ފެނިފައިވުމާއި ގުޅިގެން މާލެ ސިޓީ ފުރަބަންދު ކޮށްފައި އޮތުމުން ބޯހިޔާވަހިކަން ނެތް މީހުންނާއި ކާބޯތަކެތި ލިބޭނެ ގޮތް ނެތިފައި ތިބި މީހުންނަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔަތުން

    ސައުދީން ނާ ޔޫއޭއީން ރާއްޖޭގެ ރައްޔަތުން ނައް ބަހަން ވޮނުވި ކަދު ރު ތައް ބެހީ ދައުލަތުގެ ބޮޑުން ނައް. މި ފުޑް ޕެކޭޖު ވެސް ވައްދާނީ އެމީހުން ގެ ގޭގޭ އަށް ކަން ޔަގީން

  2. ދިވެހިން

    މިމަހުގެ 24 ވަނަދުވަހު ނަންނޯޓުކުރި ބައެއްމީހުންނަށް އަދިވެސްހަބަރެއްނުވޭ.