މި އަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ދޭ ޒުވާނުންގެ އެވޯޑް 2023 އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 22 ގައެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ، މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 16 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގިއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށެވެ.

އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބޭނެއެވެ.

އެ އިއުލާނުގައިވާގޮތުން މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ގޫގުލް ލިންކް މެދުވެރިކޮށެވެ. ނުވަތަ ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރ) އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަގޯޔާ

    ތި އެވޯޑުތައްވެސްދީ އެންބަސީތަކުގަ މިލިއަނުން ދީގެން ބަހައްޓާފަ ތިބި ގާތް ބޭފުޅުންގެ ދަރިންނަށް.
    އެ މުސާރަތަށް ހާމަ ކުރާށޭ ބުނީމަ އެވެސްވީ ގައުމީ ސަލާމަތުގެ ސިއްރެއްކަމަށް
    މުއިއްޒާއިއެކު ނިކުމެ ކަލޭމެން ނެރޭނަން