އިދިކޮޅުން ގުޅިގެން އެކުލަވާލާ ސަރުކާރެއްގެ ގައި ހުންނަން ޖެހޭ 7 އަސާސެއް އަދާލަތު ޕާޓީ އިން ހާމަކޮށްފިއެވެ.

ހަތް ކަމެއް ފާހަގަކޮށް އަދާލަތުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން މެނިފެސްޓޯ އެކުލަވާލުމާއި، ސަރުކާރުގެ ސިޔާސަތުތައް ބިނާ ކުރުމާއި، ގުޅިފައިވާ ޕާޓީތަކުގެ ލެޖިސްލޭޓިވް އެޖެންޑާ ބިނާ ކުރަން އަދާލަތަށް ފެންނަ އަސާސްތަށް ށް ބަޔާންކޮށްފައެވެ.

އަދާލަތުން ހާމަކޮށްފައިވާ ހަތް ކަންތައް:

1. އިސްލާމްދީން އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުމާއި އިސްލާމްދީނުގެ ސައްހަ އަގީދާ ދެމެހެއްޓުން.

2. ގައުމީ ސަލާމަތާއި ރައްކާތެރިކަން ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރާނީ ގައުމު ދިފާއު ކުރުމާއި ރައްޔިތުންގެ މެދުގައި އަމާންކަމާއި ސުލްހަވެރިކަން އޮންނާނެ އުސޫލަކުން ކަން ކަށަވަރު ކުރުން

3. އަދުލު އިންސާފު ސިޔާސީ އަދި އިޖުތިމާއީ ފަސް މަންޒަރަށް ބެލުމެއް ނެތި ކޮންމެ ފަރުދަކަށް ވެސް އިންސާފު ލިބޭކަން ކަށަވަރު ކުރުން.

4. ރައްޔިތުން ބާރުވެރި ކުރުން
އިންސާފުވެރިކަމާއެކު ރަށްވެހިކަމަށް ވާދަ ކުރެވޭނެ ފުރުސަތު އިދާރީ ދާއިރާތަކަށް ހުޅުވާލުމާއި އިދާރީ ދާއިރާތަކުގެ މާލީ ފުދުންތެރިކަން އިތުރު ކުރުމާއި، މައުނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު ދިނުން

5. ކޮރަޕްޝަން ހުއްޓުވުން
ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހުރިހާ ދޮރުތައް ބަންދު ކުރުން

6. ހާރިޖީ ދާއިރާ ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމާއެކު އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި އިންޑިއާ ކަނޑުގެ ހަމަޖެހުމައި ބައިނލު އަގުވާމީ ސުލްހައަށް އިސްކަންދީ ރާއްޖެއާއި މެދު އިތުބާރު އުފައްދާ ގައުމުގެ ހައިބަތާއި އިސްތިގުލާލު ދެމެހެއްޓުން .

7. އިގުތިސާދީ ދާއިރާ ގައުމުގެ ފުދުންތެރިކަން އިތުރު ކުރުމާއެކު ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި، ގައުމުގެ މުއްސަނދިކަން ހަމަހަމަކަމާއެކު ބެހިގެންދާނެ އިގްތިސާދެއް ބިނާ ކުރުން .

އިދިކޮޅު ފަރާތްތަކުން ދަނީ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓް ކަނޑައަޅާނީ ވަކި ޕާޓީ ތަކުގެ ޕްރައިމަރީއަކަށް ފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެނެރޭ

    ފުރަތަމަވެސް އަބުދުﷲ ގާޒީއަށް އިންސާފު ހޯދައިދީ އޭރުން އަނެއްކާ ތިރީސް ނުވަ އަހަރަށް ނަސީދު ޖަލައް ...

  2. ކުޑަބެ

    ހުސްވާހަކަ ރައްޔިތުން ގުބޯ ހެއްދުން ދޮގާމަކަރު ހެދުން ގައުމު ބައިބައި ކުރުން ރާއްޖެ ބަދުނާމް ކުރުން މިނޫން އެއްވެސް ކަމެއް ކަލޭމެންގެ ތެރެއަކުނެއް. ކަލޭމެން ބޭނުން ވަނީ ކޮންމެ ގޮތަކުން ވެސް ވެރިކަމައް އުން މިނޫން އެއްވެސް ކަމެއް ކަލޭމެންގެ ތެރެއަކު ނެއް ދީނަކައް ގައުމަކައް އަދި ރައްޔިތުން ނައް ހެވެއް އެދިގެން އުޅޭ ބައެއް ނޫން ކަލޭމެން ތީކީ.

  3. ޒީ

    އަޅުގަނޑަށް ވުރެެން މޮޅު މެނިފެސްޓޯއެއެއް ހުށައަޅާ މީހަކަށް މަގޭވޯޓް