ސޮނޭވާ ޖާނީގެ މުވައްޒަފަކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިރޭ 20:30 ހާއިރު ނ.އަތޮޅު ސޮނޭވާ ޖާނީގައި މަސައްކަތް ކުރާ މީހަކު އެރިސޯޓްގެ ވިލާއެއްގައި މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓި ނިޔާވެފައި އޮއްވާ ފެނިފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ސޮނޭވާ ޖާނީ އަކީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓެވެ. އެރިސޯޓްގައި އެންމެ ރެއެއް ހޭދަކޮށްލަން ވެސް ތިރީސް ހާހަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.