ފުވައްމުލައް ސިޓީން ކަރަންޓު ކެނޑިއްޖެ އެވެ.

އެރަށުން ކަރަންޓް ކެނޑިފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

އެރަށު މީހަކު ބުނީ، މުޅި ރަށުން ކަރަންޓް ކެނޑެން މެދުވެރިވީ އެ ވަގުތު ހިންގަމުންދިޔަ އިންޖީނަށް ކުއްލިއަކަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.

އަދި އިންޖީނު ބަދަލުކޮށް ވީހާވެސް އަވަހަކަށް ރަށަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެރަށުން ކަރަންޓް ކެނޑުނީ މިރޭ 4:30 ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ކަރަންޓު ކެނޑެން މެދުވެރިވި ސީދާ ސަބަބެއް އަދި ކަމާއިބެހޭ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.


އަދާހަމަ: އެ ރަށުން ކަރަންޓް ދިޔަތާ 30 ވަރަކަށް މިނިޓް ފަހުން ކަރަންޓް މިހާރު ވަނީ ލިބިފައެވެ،