ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ދޫނިދޫގައި ތިބި ފުލުހުންނަށް އަމުރު ކުރުން ދެތިން މިނެޓް ލަސްވި ނަމަ އޭރު ދޫނިދޫގައި ބަންދުކޮށްފައި ތިބި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ރައްޔިތުން މަޖިލީހުގެ މެންބަރު ފާރިސް މައުމޫން މިނިވަން ވާނެ ކަން ފުލުހުންގެ ތަޙްޤީޤު ބަޔާންތަކުން ހާމަވެއްޖެއެވެ.

މީސް މީޑިއާގައި ރޭ ލީކް ކޮށްލާފައިވާ ދޫނިދޫގައި އޭރު ހުރި އިސް ފުލުހެއްގެ ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުނު ޚަބަރު ލިބުމުން މާލޭގައި ހުރި ދޫނިދޫ އާއި ހަވާލުވެގެން ހުރި އިސް ފުލުހަށް ގުޅި ކަމަށާއި ނަމަވެސް އެފަދަ އަމުރެއްގެ ޚަބަރު ލިބިފައި ނުވާ ކަމަށް އެފުލުސް މީހާ ބުނި ކަމަށެވެ.

ނަމަވެސް 01:00 ހާއިރު ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ އިސް އޮފިސަރު ދޫނިދޫ އަށް ގޮސް ދޫނިދޫ އާއި ހަވާލުވެ ހުރި އިސް ފުލުހާއި އެކު އަދީބާއި ފާރިސް ބަންދުކޮށްފައި ތިބި ދެގޮޅިއަށް ދިޔަ ކަމަށް ބަޔާނުގައި ވެއެވެ. އެދެބޭފުޅުން ކައިރިއަށް ގޮސް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދެބޭފުޅުން ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އެހެންކަމުން މާލެ ދިއުމަށް ތައްޔާރުވުމަށް ދެބޭފުޅުންނަށް އެންގި ކަމަށް ބަޔާން ދިން ފުލުސް މީހާ ބުންޏެވެ.

ބަޔާން ދިން ފުލުސް މީހާ ބުނީ އަދީބާއި ފާރިސް ދޫކޮށްލަން އެންގީ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ކަމަށެވެ.

ދެބޭފުޅުން ގެންގޮސް ދޫނިދޫ ބަނދަރުގައި އޮތް ލޯންޗަށް އަރުވައި ލައިފް ޖެކެޓް އެޅުވުމުގެ ކުރިން ދެތިން ފަހަރަކު "ދެން ތިނޫން ގޮތެއް ނެއްތޯ" ފުލުސް މީހާ ފޯނުން ގުޅާފައި ބުނި ކަމަށް ބަޔާން ދިން ފުލުސް މީހާ ބުނެއެވެ.

ނަމަވެސް ލޯންޗަށް ދެބޭފުޅުން އަރުވާ ލައިފް ޖެކެޓް ވެސް އެޅުވި ފަހުން ފުލުސް އޮފިސަރު ވިދާޅުވީ މާލޭގެ ހާލަތު އޮތް ގޮތުން ދެބޭފުޅުން މާލެ ގެންދެވެން ނެތް ކަމަށާއި ލޯންޗުން އެބޭފުޅުން ބޭލުމަށެވެ.

ދެބޭފުޅުން ލޯންޗުން ބޭލުމުން އެނބުރި ގޮޅިއަށް ވަޑައިގަންނަވަން ދެބޭފުޅުން ވެސް ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ފަހުން އަދީބު ވަނީ އެރޭ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮރަކަލި

    މައްސަލަ އެއްތަ އެއީ؟ ކޯޓަ އަމުރެއް ގެ ދަށުން ކުރަން ޖެހޭ ކަމެއް ފުލުހުން ކުރަން ވާނެ ނު.

  2. Anonymous

    Samsung is Samsung

  3. އަބްދުއްލާ

    ފުލުހުންގެ ބަންދަކު ނޫންދޯ ފާރިސްވެސް އަދީބު ހުރީކީވެސް . ފުލުހުން ދޫކުރިޔަސް މުއްދަތު ހަމަނުވެ އޮތް ހުކުމެއް އޮތުމުން މިނިވަނެއް ނުކުރެވޭނެ . ބަންދުވެސް ކުިރެވޭނެ.

  4. ފާތުން

    ހުސް ޑްރާމާ.... މީ ކުއްލި ހާލަތު އިއުލާން ކުރަން ވީ ވަގުތު..... ހަމަ އެކަނި އެއް ސައިޑްގެ ލިއުންތައް ... ޔަގީން ވަގުތަކަށް މި ކޮމެންޓް ޖަހާކަށް ނުކެރޭނެ

    • ހުދު ޖަންގިޔާ

      މި އޮތީ ކޮމެންޓު ޖަހާފައެއްނު.....

  5. ދަބަދާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. މާލެ އަކީ އެއީ ތަމެން ރަށެއް ނޫނޭ ބޭނުން ޒާތަށް ކަންކަން ކުރަން އިނގޭތޭ ތަމެންނަށް. ބަދާ ބަދާ ބަދާ ކަޅަ ބަދާ ވަލި ބަދާ ރަަތް ބަދާ..

    • މަމީމަ

      އެއްކަލަ މާލޭ ވެގަނެގެން އުޅޭ ރާއްޖެތެރޭ ގޮލާ.

  6. ކެޔޮޅު

    ކޯޓުން އަމުރުކޮއްފިއްޔާ ބުދައްވެސް އަޅުކަން ކުރެވޭނެތަ؟