(އދ. މާމިގިލީ) މި ރަށުގައި މޯލްޑިވްސް ޕޯޓް ކޮމްޕެނީ (އެމްޕީއެލް)އިން ހިންގަން ނިންމާފައިވާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ މަސައްކަތް ނިންމައި އޮޕަރޭޝަންތައް މިއަދު ފަށައިފިއެވެ.

"މާމިގިލި އިންޓަނޭޝަނަލް ޕޯޓު"ގެ ނަމުގައި ހިންގާ އެ ބަނދަރު ހުޅުވައިދެއްވުމުގެ ގޮތުން ނަންބޯޑު ކަޝްފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެެވެ.

އިންޓަނޭޝަނަލް ޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ އެ ޕޯޓުގެ ކާގޯ އޮޕަރޭޝަންގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ކާގޯ ބޯޓުން ކާގޯތައް ބޭލުމުގެ މަސައްކަތް ފަށާފައިވާއިރު, އެ މަސައްކަތް ފައްޓަވާދެއްވީ މިނިސްޓަރ ސައީދު އާއި އެ ކުންފުނީގެ ސީއީއޯ އަބްދުއް ރައްޒަގް ހަލީމް އާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ އިސްވެރިންނެވެ.

"މާމިގިލި އިންޓަނޭޝަނަލް ޕޯޓު" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާމިގިލީގެ ރައްޔިތުންގެ ފަރާތުން ފުރަަތަމަަ އެރަށަށް ބަނދަރުކުރި ކާގޯ ބޯޓު "ބޮންތި2" އަށް ވަނީ ފަރިވަޅެއް އަރުވާފައެވެ.

މާމިގިލީގައި އިންޓަރނޭޝަނަލް ޕޯޓެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ސަރަޙައްދަށް ބްރޭކް-ބަލްކް ކާގޯ އެޓްރެކްޓްކުރުންކަމަށް އެމްޕީއެލްގެ ސީއީއޯ އަބްދުއް ރައްޒާގް ހަލީމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް އެމްޕީއެލް އިން މި ޕޯޓަށް ގެނެސްދިނުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ބަލާއިރު, ބޮންޑް ފެސިލިޓީއަކާއި ވެއަރ ހައުސް ފެސިލިޓީއަކާާއި ބޯޓުފަހަރަށް ބޭނުންވާ ތެލާއި ފެން ލިބޭނެ ނިޒާމަކާއި, ގެެެސްޓް ހަައުސް ގާާއިމް ކުރުން ހިިިމެނެެެެއެވެ.

"މާމިގިލި އިންޓަނޭޝަނަލް ޕޯޓު" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާމިގިލީގައި ހަދާފައިވާ 1300 މީޓަރުގެ ބޮޑު ބަނދަރުން އެމްޕީއެލްއިން ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަނީ 600 މީޓަރުގެ ސަރަހައްދެކެވެ. އަދި އެ ސަރަހައްދު ވަކި ކުރުމަށް މިހާރު ވަނީ ފެންސް ޖަހައި ނިންމާފައެވެ.

މާމިގިލީ ބަނދަރު ބޭނުންކުރާނީ ރާއްޖެއަށް ގެންނަ ހިލަ އާއި ހިލަވެލި އަދި އެ ސަރަހައްދުގެ ރިސޯޓްތަކަށް ގެންނަ ފިނިކުރި ކާބޯތަކެތި ބާލާ ބަނދަރެއްގެ ގޮތުގައިކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

"މާމިގިލި އިންޓަނޭޝަނަލް ޕޯޓު" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިހާރު އެ ބަނދަރުން ބައިނަލްއަޤްވާމީ ބަނދަރަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެކަމަށްވެސް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން މާލޭގެ ކޮމާޝަލް ހާބަރުގެ އިތުރުން ހުޅުމާލެ އާއި ސ. ހިތަދު އާއި ހދ. ކުޅުދުއްފުށީގައި ވެސް ކޮމާޝަލް ހާބަރެއް ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަވެސް

    ޝުކުރިއްޔާ... ދެން މާމިގިއްޔަށް އެެންމެ މުހިއްމީ ހޮސްޕިޓަލެއް

  2. ޙަފުޞާ / މާލެ

    އަނިޔާވެރިކަން ނިންމާފަ އެއޮތީ 2012 ގައި! މިހާރު އޮތީ ނިޔާވެރިކަމާ ރައްޔިތުންގެ ހިތްހަމަޖެހުން! މިކަން ޖަމީލުކަހަލަ މަހުލަބުތެޔޮއަޅައިގެން ކައިބޮއި އުޅޭމީހަކަށް ނޭގުނަސް ރައްޔިތން ދަންނާނެ!

  3. ވގ

    ތީ ގަސިމްހަދާފައޮތްތަނެއްދޯ

    • ނިސަާ...

      ގާސިމް ގެ ބަނދަރެއް

  4. ނާނި

    ބަލަ (އެމްޕީއެލް) އަކީ އެއާޕޯޓް ކުންފުންޏެއް ނޫން

  5. ާމާމިގިލި

    ރަނގަޅަށް ކިޔަވައިގެން ޑިގްރީ ޑިޕްލޮމާ ނިންމާފަ ތިބިކުދިން ތިއްބާ އުޑެއްބުޑެއް ނުދަންނަ މީހުންނަށް ވަޒީފާ ދީފަ ކޮރަޕްޓް މިކޮމެންޓް ނުޖަހާނެކަން އިނގޭ

  6. މާމިގިލި

    މިސަރުކާރުން ނޫނީޔާމު މާމިގިއްޔަށް ބަލާ ސަރުކާރެށް ނާދޭ ރައީސް ޔާމީނު ވަރެށް ހަމަނެށް އަގޭ ބަޔަކު ކިތަން މެރުޅި އަޔަސް

  7. އަޙްމަދު ޤާސިމް

    އަލްޙަމްދުﷲ. މިއަދަކީ މާމިގިލީގެ ކުރިމަގަށް ކޮށުނު އެންމެ ފުޅާމަގު ހުޅުވިގެން ދިޔަ ދުވަސް. ސިޔާސީ ޙަސަދަވެރިކަމުގަ މަދު ބަޔަކު ހިއްހަމަ ނުޖެހުނަސް، މި ފެށުނު މަޝްރޫޢުއާ އެކު މާމިގިލީގެ ކުރިމަގު މުޅިން އާ އުސްމިންތަކަކަށް އުފުލިގެން ދާނެކަމަށް މާމިގިލީގެ %90 މީހުން ޙާއްސަކަށް ޒުވާނުން ޤަބޫލު ކުރޭ. އެއް ކުންފުންޏެއްގެ ދަށުގެ ތާށިވެފަވާ މުސާރަތަކަށް އާރޯކަންލިބި ރަށުގެ ތަރައްޤީގެ ކޮންމެ ކަމެއްގެ އެއްމެ ދިގުއަތް ކަމުގައި މާމިގިލީ އިންޓަނޭޝަނަލް ޕޯޓް ވެގެންދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން. ސިޔާސީ ޙަސަދަވެރިންނަށް ދަންނަވާލާނީ، ރަށުގެ ތަރައްޤީއަށް ލިބޭ މިފަދަ ކޮންމެ ފުރުޝަތަކަށް މަރުޚަބާ ކިޔާ އެއްބާރުލުން ދިނުމަކީ މާމިގިލީގެ މުސްތަޤްބަލަށް ދެވޭ ފަރުދީ ޒިންމާއެއް ކަމެވެ. އަޅުގަނޑުގެ ދުޢާއަކީ ﷲ އަޅުގަނޑުމެންނަށް ހެޔޮ ދުޢާ މިންވަރު ކޮށްދެއްވާ މާމިގިލީގެ ކުރިމަގު އުޖާލާވުމެވެ.

    • Anonymous

      ފޭކު. ވ ލާރި އަޅާލާފަ އެބަހުރި