ޑރ.މުހައްމަދު ޖަމީލް އަހްމަދު
ޑރ.މުހައްމަދު ޖަމީލް އަހްމަދު

ރައީސް ޔާމީންގެ ހާލަތު ވަރަށް ސާފު ކަމަށާއި އެކުގައި އެކަކުވެސް ނެތް ކަމުގައި ރައީސް ޔާމީންގެ ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކިތަންމެ ބާރަށް ފައި ޖެހިޔަސް ޔާމީންގެ ހާލަތު ވަރަށް ސާފު" ކަމަށެވެ.

ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނު ވެސް މިއަދު ރައީސް ޔާމީނާއެކު ނެތް ކަމަށާއި ކޯލިޝަންވެސް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި މެންބަރުން ގެއްލިއްޖެ ކަމަށާއި ޔޫރަޕިއަން ޔޫނިއަން އާއި ކޮމަންވެލްތު އަދި އިންޑިއާވެސް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"މިއަދު ތިޔަ ބަރޯސާ ވަނީ ފަންޑިތަ ވެރިކަމާއި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް މެޑަމްއަށް،" ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ. "އިންޝާﷲ މި އަނިޔާވެރިކަން ނިމެނީ،" ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޖަމީލް މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހާލަތާ މެދު ފަނޑިޔާރުން ވިސްނަވަން ޖެހޭ ކަމަށެވެ. އޭގެ ތެރެއިން ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހައްޔަރުކުރުމުން، ސަލާމަތްކުރާނެ ރައީސަކު ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް، ޖަމީލް ސިފަކުރެއްވި ގޮތުގައި، ރާއްޖޭގެ ހާލަތު ވަނީ، އެއްވެސް ސަރުކާރެއްގައި ނުދާ މިންވަރަށް ދަށަށް ވެއްޓިފަ އެވެ. ރަައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލައި، ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް، އިދިކޮޅު ފަރާތްތައް ޖަލަށް ލާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެހެންބަޔަކަށް ވެރިކަންލިބެންދެން ތިހެންފެލިފެލި ތިހެންކިޔަކިޔާ ތިބޭ އަހަރުމެންނަށްވެސް އެނގޭ މިވެރިކަން ކޮންމެސް ދުވަހަކުން ނިމޭނެކަން

  2. އެކަން އެންމެ ރަނގަޅަށް އެނގޭނީ ޖަމީލަށް..

  3. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  4. ޖަމީލު ޔާމީނުގެ ނާއިބަކަށް ވީ ކޮންމެ ކަމެއް އޮވެގެން އެކަން ނިކަން ކިޔައިދޭން ވަގުތު އައިސް މިޖެހެނީ- ތިބާ އަތުގައި އޮތީ ކޮން ސިއްރެއް- ސިއްރެއް ނެތްކަމުގައިވާނަމަ ވެރިކަމުގެ ވާހަކައިން ވާހަކަ ދެއްކިއަސް އެކަމަކުން ކުރާނެ އެއްވެސް ރާހަތެއް ނެތް. ވެރިކަން މިގެންދާ މިސްރާބުން ޤައުމުގެ ސިޔާސީ މުސްތަޤުބަލް ހަރުދަނާވެގެންދާނެ