މިއީ ޗައިނާއާ އެކު ރާއްޖެއިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށަންވީ ވަގުތު ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީއިން ކުރި ޓްވީޓެއްގައި ވިދާޅުވީ މި ވަގުތު ރާއްޖޭގެ މަސްވެރިކަމަށް ބޭނުންވަނީ ބޮޑު މާކެޓެއް ކަމަށާއި ރާއްޖޭގެ މަސްވެރިކަން އެ މާކެޓަކަށް ބަރޯސާވާ، ޔޫރަޕްގެ މާކެޓަށް މިހާރު ބަރޯސާވެވެން ނެތް ކަމަށެވެ. އެހެންކަމުން ޗައިނާ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރުން މި ވަގުތުން ވަގުތަށް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ. އެކަމުގެ ސަބަބުން ޗައިނާގެ 1.4 ބިލިއަން މީހުންގެ މާކެޓް ރާއްޖެއަށް ހުޅުވިގެންދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކޮށްފައި އޮތް މިިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލުމަށް ވެސް މި ސަރުކާރުގެ ކުރީކޮޅު ވަނީ ވާހަކަދެކެވިފައެވެ. އެހެންނަމަވެސް އެފަދަ ވިސްނުމެއް ސަރުކާރުން ގެންގުޅެފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އެކު ގާތް ގުޅުމެއް ބޭއްވިއެވެ. އެއާއި އެކު ޗައިނާ އަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުޙިއްމު އެއް ބައިވެރިޔާއަށް ވަނީ ވެފައެވެ. ނަމަވެސް އަލަށް ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަނީ ޗައިނާ ދުރައް ޖެއްސުމަށްފަހު އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ.

ރާއްޖެއާއި ޗައިނާ އާއި ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރީމެންޓް) އުވާލަން އެންމެ ބޮޑަށް ބާރުއަޅުއްވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޥެސް

    ޔެސް ތުތައީ ހައްގުބަސް

    27
  2. ކާފަބޭ2020

    ތިޔަކަމެއްނުވާނެ! ޗައިނާއާއެއްވެސްގޮތަކަށް ކައިރިވެގެންނުވާނެ! ދިވެހިރާއްޖޭން ލޯނެއްޗައިނާއިން ނަގައިފިނަމަ އެއީދަރަނިދަންތުރަކަމަށްބުނާއިރު ހަމައެޗައިނާއިން ލޯނެއްއިންޑިއާއިންނެގީމަ އެއީދަރަނިދަންތުރަ އަކަށްއިންޑިއާއިން ނުދެކޭ އަހަރުމެންފަގީރުމީހުންގިނަވެފަ އެލޯނުތައްދެއްކޭނެހާވަރުވެސްނެތީބާ؟ ޗައިނާއިންނަގާލޯނު ދަންތުރައަކަށްވަނީ ކީއްވެބާ؟ ހަމަގައިމުވެސް މިދެއަހަރުތެރޭ ނެގިލޯނެއްމަދެއްނޫން ވީމާ ދަންތުރަވީކިހާހިސާބެއްގަތޯ؟

    41
  3. ޙައްގުބަސް

    ފުރޭތަ!! ހޮނޑައިދޫ ބީޗް!

    7
    19
    • ކިނބޫ

      މިހާރު ލ.ހުޅިމެންދޫ ބީޗު

  4. އަސްލަމް

    ތިކަން ކޮށްފިނަމަ ރަށްޔިތުން ބަނޑަށް ނުޖެހޭނެ އިރާދަކުރެއްވިއްޔާ.. އެކަމް ކީއްކުރާނީ ތިޔަކަމުގައި އިންޑިއާގެ ޕްރެޝަރު އިބޫ ސޯލިހުއަށް އަންނާނެ ވަރަށް ބޮޑުކޮށް.. އިންޑިއާ ބޭނުންވަނީ ކުދި އަނިޔާކޮށް ރާއްޖެ ނައްތާލަން.. ނޫނީ އެމީހުންގެ ގައުމުގެ ބަޔަކަށް މިތަން ހަދަން.

    57
    2
  5. ހުޅުލޭ ބޮޑުމީހާ

    އަންނިގެ ތިއްތިދޮންބެ މިބުނީ މޯދީ ރުޅިއަރާނެ. އެހެންވީމަ ތިކަމެއް ނުވާނެ.

  6. ނިޔާޒު

    ޛޖާބިރޫ ތިޔަކަހަ މީހުން އިސްލާހު ވާންވީ ވަގުތު

  7. ބޮޑު ފަރަންޖީ

    ޖާބިރު ވިޔަސް ރަނގަޅު ވާހަކައެއް ވެއްޖެއިޔާ ވާނީ ރަނގަޅު................

  8. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ޗައިނާއަށް ގައުމުވިއްކާފައި ފެންބޮއިގެންތިބެ އަދިވެސް މިކިއަނީ ދިވެ ހިންގަނަތަޅުވަން އެއްގޮތަކަށްވެސް އަޑުނާ ހާތި މި ހާރުވެސް ބޮޑެތިއަދަދު ތަކުން މިއޮތީދަރައި ސަލާމަތެއްނެ 5އަ ހަރުން ވީއެއްކަމެނެ ކޮންކަމެއް އޮތީ ދިވެ ހިރައްޔަތުންނައް ކޮއްދީފަ ހުރި ހާ ބުރައެއްމިއޮތީ އެމްޑީޕީސަރިކާރަށް އުފުލަންޖައްސާފަ އިންޑިއާބުނާގޮތަށް ހަދައިގެން ދެންވެސް ކުރިއަށްދެވެން އޮތީ އެއީއޯގާތެރި އި ހހުލާސްތެރި ބަޔަކީ އެއީމިގައުމުގެ ބަލަދުުވެރިފަރާއްތަކީ ޗައިނާއާއެއްގޮތަކަށްވެސް ގުޅުންބާއްވާކަނުފެނޭ މި ހިސާބުން ސިއާސީގުޅުންކަނޑާލަންފެނޭ އެއީއެންމެ ރަގަޅުގޮތް

  9. ސުވަދީބު

    ސޯލިހުގެ ބުއްދިފިލައިފި ހެޔޮނުވާނެ ރައްޔަތުންތިހާ ޕުރެސަރު ނުކޮށްބަލަ ގައުމު މިހާރު މިވަނީ އިންޑިއާ އަށް ވިއްކާލާފަ މިކަމުގެ ބޮޑުމަންޒަރު އެހުރީ އަށްޑޫގަ ފެންނަން.

  10. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއް ކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވި ޑީއާރްޕީގެ މިހާރުގެ ލީޑަރ އޮނަރަބަލް ޢަބްދުﷲ ޖާބިރަށް ވެދުމާއި ސަލާމެވެ. މަނިކުފާނުގެ ކޭބަލް ކާރު ޕްރޮޖެކްޓާއި ކާށިދޫގައި އަޅުއްވާ ޖާބިރު ޔުނިވަރސިޓީގެ އިފްތިތާޙް ކުރުން އޮތީ ކޮންއިރަކުންތޯއެވެ؟ މަނިކުފާނަކީ މަޖިލިސްގައި އެނބުރޭ ވަހުތާނެއް ފަދަ ބޭފުޅެކެވެ. ވަކިމީހަކު ބުނާ ގޮތަށް އުނބަށް ޖައްސަވާ ބޭފުޅެކެވެ. ފުރަތަމަ މުވައްޒިފުންނަށް ދޭންވާ މުސާރަކޮޅާއި މީހުންނަށް ދަރާފައިވާ ދަރަނިތަކުން ސަލާމަތްވާން ވީނޫންތޯއެވެ.
    ހޮނޑައިދޫ ބީޗްގައި އިރުއަރާ މަންޒަރު ބައްލަވަން އިންނަވަނިކޮށް ފުލުހުންގެ ބޭކަލުން ހިފާ ހައްޔަރު ކުރެއްވި ޢަބްދުﷲ ޖާބިރު، ހ. ތިމާވެށި ނުވަތަ ޝައިޚް ޖާބިރު ކަމަށް ރައްޔިތުންގެ މަޖިލިސްގައި ވިދާޅުވީ ކޮންބޭފުޅެއްތޯ؟ އާދެ! ޝައްކެތް ވަސްވާހެއް ނެތް ގޮތުގައި؛
    ދެންފަހެ، ޖާބިރަކީ މިހާރު ޝެއިޚެއް ކަމަށް ވިދާޅުވެ އެކަން މަޝްހޫރު ކުރެއްވީ އެއިރު މަޖިލިސްތެރެއިން، ކުރީގެ މަޖިލިސް މެންބަރު މިހާރުގެ ޓޫރިޒަމް މިނިސްޓަރ އޮނަރަބަލް ޢަލީ ވަޙީދު ނޫންތޯ؟