މާލޭ ސިޓީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މާލޭ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

މިކަން ހާމަކޮށް މާލެއަށް ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ސްޓެލްކޯ އިން ބުނެފައި ވަނީ، ކަރަންޓު ކެނޑުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ޙައްލުކޮށް ކަރަންޓު ކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

އެ ކުންފުނިން ވަނީ މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

މަޢުލޫމާތު ލިބޭގޮތުން މައްޗަންގޮޅީގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އަދި ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުމަށްފަހު ޚިދުމަތް އަލުން ލިބިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.