މިއަދު ހުތުބާގައި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ވާހަކައެއް ނޯންނާނެކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ، މިއަދުގެ ހުތުބާއަށް ގިނަ ބައެއްގެ ޝައުގުވެރިވެއްކަމާއި އެ ހުތުބާ އަޑުއަހާކަން މިއަދު އެނގިއްޖެ ކަމަށެވެ. އަދި އެކަމާއި ވަރަށް ބޮޑަށް އުފާވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ކުރިން އަޅުގަނޑުމެންނަށް މި އިވެނީ ހުތުބާގައި އާއްމުކޮށް އެއް ވާހަކައެއް. މިސްކިތު ކުޅުޖަހާ ވާހަކައާއި މިސްކުތުން ހަތިމު ވަގަށް ގެންދާ ވާހަކަ. އެހެން ނަމަވެސް މިއަދު ހުތުބާ ތަފާތުވީ. އަސްލު ހުތުބާއި އެއްގޮތްވާގޮތުގެ މަތިން މިއަދު ދޭން ފެށީ". މިނިސްޓަރު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، މިއަދު ހުތުބާއަކީ ހަދައިގެން ދެއްކި ވާހަކައެއް ނޫން ކަމަށެވެ. އެއީ ގުރުއާނާއި ރަސޫލު ސުންނަތުން ސާބިތުވާ އުސޫލުތަކުގައި މަތީގައި ތައްޔާރުކޮށްފައިވާ ހުތުބާއެއް ކަމަށެވެ. ޒިޔާދު ވިދާޅުވީ، އަހަރުމެން މުސްލިމުންނަށްވީތީ ވެރިންނަަށް ކިޔަމަންވާން އިނގެން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހަމައެކަނި އިނގެން ޖެހެނީކީ ހައިޟު ނިފާސް އާއި ދެން އަންބަށް ކައިވެނި ކުރުމެއް ނޫން. މިއީ އަޅުގަނޑުމެންގެ ތެރޭގައި ގިނަ އިލްމުވެރިން ދަންނަ ވާހަކައަކީ.". ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، އެކަން މިއަދު ހުތުބާގައި ބަޔާން ކުރަން ޖެހުނު އެއް ސަބަބަކީ އެއްވެސް ހަމައެއް ނެތި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލަން ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށެވެ.

ޒިޔާދު ވިދާޅުވީ ހުތުބާ ފާސްކުރާނީ، ދީނީ ފަސް އިލްމުވެރިންގެ ކޮމިޓީއަކުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢ

    ނިސާ 59،ބަގަރާ 11،12،މާއިދާ 33 ން ވެރިމީހާއާ ދެކޮޅަށް ނިކުންނަ މީހުންގެ ނުބައި ކަން އެގޭނެ

  2. ޢ

    ނިސާ 59،ބަގަރާ 11،12،މާއިދާ 33 ން

  3. އަން

    އިސްލާމީ ތާރީހް ދުއް އެއްމެ ޅަޒުވާން ޖެނެރަލް މުހައްމަދު ބުން ޤާސިމްގެ ތާރީޚުން އިބްރަތް ހޯދާށެވެ. ވެރިންނަށް ކިޔަމަން ގަތުމަކީ ޔޫރަޕް މީހުން ދަންނަ ކަމެއްނޫން. ސަބަކީ އާހިރަތްދުވަހު އިންސާފްވެރި ޝަރީއަތެއް ހިގާނެކަމަށް އެމީހު ގަބޫލެއް ނުކުރޭ. އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންވެސް ޤިޔާމަތްދުވަހާއި އެދުވަހުގެ އިންސާފާއި ވެރިންނަށް ކިޔަމަންގަތުން ގަބޫލު ނުކުރާނަމަ އެއީ ހާދަހާ ބޮޑު ފަސާދައެކެވެ. މުނާފިގު ކަމަކީ އިންސާނަކު ގަތުލުކުރުމަށްވުރެ ނުބައި ކަމެކެވެ.

  4. Same

    ޙުކުރަށް ނުގޮސް ހުއްޓާލީވެސް ތިކަހަލަ ސިޔާސީ ވާހަކަ ދައްކާ ޕޯޑިއަމް ތަކަކަށް ވާތީ.

  5. ސުންބުލި

    ކަލޯމެންގެ ދީނުގައި ހުކުރު ނަމާދު ސިޔާސީކޮށްލާނެ ފުރުސަތު އޮތުމަކީ އެކޮއިމެންގެ ދީނުގައި ހަރުދަނާ ކަމެއް ނެތްކަން ޔަގީންކޮށްދޭ ކަމެއް

  6. އ.ޖ.އ

    ކީ ހުތުބާއަށް ބުނާނެ އެއްޗެއް ނެތް.
    އެކަމަކު ފުރަތަމަ ހެދި ހުތުބާއިން ބައެއް އުނިކުރަން ޖެހުނު ސަބަބެއް އޮންނަން ވާނެ.
    އިސްލާމިކް މިނިސްޓަރ މިކަހަލަ އެއްޗެހި ކިޔާ ހިސާބަށް ދިޔައީމަ ބޮޑުވަރު ވީ..