އައްޑޫ ސިޓީ ހިތަދޫގައި ޒުވާނަކަށް ކަތިވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

އެ ޒުވާނާއަށް ކަތިވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ މިރޭ 3:15 ހާއިރު ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ މޫނާއި އަތް ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އޭނާއަށް މިހާރު ހިތަދޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި މާރާމާރީގައި އިތުރު ބަޔަކަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިރޭ ހިނގި މި މާރާމާރީ އާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ.

މި މާރާމާރީ އާއި ގުޅިގެން އަދި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ގެރިމޯދީގެ ކަންޒުކަހަނބު

    އެޖެންޑާ 19 ތަފާތުވާނެ. ރައްޔިތުންނަށް ހުރިހާ ނިކަމެތިކަމެއް..

    56
    10
    • ސޭކު ހަސީނާ

      ބަލަ އެޖެންޑާ 19 ތަ މާރާމާރީ ހިންގަނީ؟ އެމްޑީޕީ ނޫނީ ޕީޕީއެމްތަ؟ ނޫނީ އެކަންކުރާ އާންމު ރައްޔިތުންގެ ނުބައި ނުލަފާ ކަމެއް ނޫންތަ؟؟ ކަމެއްވާއިރަށް ސިޔާސީ!!! ބޮޑުވަރު!!!

      4
      5
  2. ހާސަރު

    ކޮއްކޮމެން ހާރު ދަމު ނުކައި މާރާމާރީ ހިންގަނީ ދޯ. ދެރަ ވަރުގެ ކަންތައް

    76
    1
  3. Anonymous

    ޒުަވާނުންނަށާ ހެއުވިސްނުން ދެއްވާން ދޭވެ.

  4. ފަހަލަ

    ޒުަވާނުންނަށާ ހެއުވިސްނުން ދެއްވާން ދޭވެ.

  5. ކިޔުންތެރިޔާ

    ކޮންމެވެސް މީހަކު ބަލާދީބަލަ ވެރިކަމުގައި ހުރީ ކާކުތޯ! އަނެއްކާވެސް ޔާމީން ގައުމާބހަވާލުވީތަ؟

    3
    2
  6. އައްޑޫ ލެއި

    ބަލަ ތިކަންތަށް ހައްލުކުރަން އެޖެންޑާ19 ހިފައިފައިގެން އައިމީހުންނަށް އެމީހުންގެ ކަންތައް އެކަނި ހަމަޖެއްސެނީ. ކޯޓްތައް އިސްލާހު ކުރަންށޭ ގައުމު ހަމަމަގަށް އަޅުވަންށޭ މިކަންތައް ހައްލުވާނީ މަޖިލީހުގެ ގިނަ ގޮނޑިތައް ތިމަންނަމެންނައް ލިބިގެންނޭ ކިޔާފަ އައިމީހުން މަޖިލީހުގަ ކުރަނީ އެހެންކަމެއް. އަދި އިތުރު ތިންދައުރު ދިނަސް މިމީހުންނައް މިކަމެއް ނުވާނެކަން މިވެރިންގެ ޢަމަލުން ވަރައްސާފު

  7. ސުނިލް

    27 ކަމަށް ދޯ ހީކުރީ. އަދި މީ 27 އެއް ނޫން.

  8. ލުލް

    މިޔޮއްކުޑަ ގައުމުގަ ގޭންގް ހަދައިގެން ކޯޗެއްހޯދަންތަ؟ ހީވާކަހަލަމީމެކްސިކޯއޭ

  9. މުހައްމަދު

    ފަހު ދިހައިގެ ބޭނުން ފައިދާހުރިގޮތުގައި ހިފަނީ.

  10. އައްޑޫ މޮޔައިން

    އައްޑޫ އަކީ ވަރަށް ނުބައިމީހުން ގިނަ ތަނެއް. މާލެއި ގަ ވެސް މާރާމާރީ ހިންގަނީ ހަމަ މި ވެރިން.

  11. ރީނދޫ

    ރީނދޫ ބައިގަނޑު ގިނަ ކޮންމެ ތަނަކީ ފަސާދަ ވެފައިވާ ތަނެއް.

  12. ޢާސީ

    ޢައްޑޫ އަކީ ނުލަފާ މީހުންގިނަ ރަށެއް އަދި ހާއްސަކޮށް އައްޑޫ ހިތަދޫ މީހުނަކީ އަމިއްލަ އެދުންބޮޑު ނުލަފާބައެއް..ނޫންކަމައް ހެދިގެން އެއްޗެއްގެ ބޭނުމުގަ ރަނގަޅުވެލައިގެން އުޅެދާނެ އެކަމަކު ހަސީލަތް ނުވާނެ ބަދަލެއް..މީ ތަރައްގީ ދުވަހަކު ހަކުވެސް ވާނެ ތަނެއްހިޔެއް ހިޔެއްނުވޭ ...

    6
    1
  13. ޢާސީ

    ހަކު ހަކުވެސް ވާނެ ތަނެއްހިޔެއް ހިޔެއްނުވޭ ...

  14. އާއްކޮ

    އައްޑޫގަ އުޅެނީ ހުސް ގަމާރުން، މި މާތް މައްސަރު ގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ބަދަލުގައި ބޮޑެތި ފާފަތަކައް ނާރަ ތިޔަ ބައިމީހުން އަޅުކަމާގެން އުޅެބަ، މަހަމަ ކޮސް ވެއްޖެ،