ކްރިމިނަލް ކޯޓުެގެ ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފަށައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ، އެ ކޮމިޝަންގެ ބައްދަލުވުމުގައި ބަލަން ނިންމާފައިވާ އެއް މައްސަލައެއްގެ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ. އެ މައްސަލައަކީ ގާޒީ އިބްރާހިމް އަލީގެ މައްސަލައެވެ.
ގާޒީ އިބްރާހިމް އަލީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައަކީ،ކޯޓު އަމުރު ނެރުމުގައި ގާނޫނުއަސާސީ އާއި ހިލާފަށް އޭނާ އަމަލުކޮށްފައިވާ ކަަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ހާއްސަ ކޮމެޓީއެއް، އެކުލަވާލި ނަމަވެސް އެ ކޮމެޓީގައި ތިއްބަވާ މެންބަރުން ހާމަކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް ޖޭއެސްސީން ދަނީ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުން މައްސަލަތައް ބަލަމުންނެވެ. އަދި ބައެއް ފަނޑިޔާރުން މަގާމުން ސަސްޕެންޑްކޮށް، ބައެއް ފަނޑިޔާރުން މަގާމުން ވަކިވެސް ކޮށްފައި ވެއެެވެ.
ބަލަ ތިޔައީ ބައިކޮޅަށް ނިއްްމާ މީހެއް ކަން އެގިލައްވާ ނޫންތޯ؟ 2 ވަނަ އަލީރަޝީދު ..