އދ. އަތުރުގާ ރިސޯޓުގައި ހިންގާ ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް، އއ. ހިމަންދޫ ކަނބަލުންގެ ފަރާތުން ރޯދަވީއްލުމެއް ދީފިއެވެ.
ހިމަންދޫ ކަނބަލުންގެ އިސްނެގުމުގެ މަތީން މި ރޯދަވީއްލުން ތައްޔާރުކޮށްފައި ވަނީ، އެރަށު ހުރިހާ އަންހެނުންނަށް ބަހާލައިގެން ތަކެތި ތައްޔާރުކޮށްގެންނެވެ. އެގޮތުން އަތުރުގާ ގައި ތިބި 105 މީހަކަށް އެރަށުން ރޯދަވީއްލުން ފޯރުކޮށްދީފައި ވެއެވެ.
މި ރޯދަވީއްލުން ފޯރުކޮށްދީފައި ވާތީ، އަތުރުގާ ކަރަންޓީނުގައި ތިބި ފަރާތްތަކުން ވަނީ ހިމަންދޫން މި މަސައްކަތުގައި ބައިވެރިވި ކަނބަލުންނަށް ޝުކުރު އަދާކޮށް ތައުރީފުކޮށްފައެވެ.
ހިމަނދޫއަކީ މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ރައްޔިތުންތަކެއް އުޅޭ ރަށެކެވެ. އަދި ގުޅިގެން މިފަދަ ހަރަކާތްތައް އެރަށު ރައްޔިތުން ކުރިންވެސް ކޮށް، ހިތްހެޔޮކަމުގެ ނަމޫނާ ދައްކައިދީފައި ވެއެވެ.
ހިމަނދޫން އަތުރުގާ ކަރަންޓީނު ފެސިލިޓީއަށް ފޮނުވި މި ރޯދަވީއްލުމާއި ގުޅިގެން އެ ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް ވަނީ ހަރަކާތާއި މެދު ހިތްހަމަޖެހޭކަން ފާޅުކޮށް، ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ އެހީތެރިކަމުގެ މިސާލު ދައްކައިދޭން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.
އަތުރުގާގައި ރާއްޖޭގެ އެކި އަތޮޅުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީނުގައި ތިބިއިރު، މިއަދުވެސް އިތުރު ބަޔަކު އެރަށަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ގިނަ އަދަދެއްގެ ރިސޯޓުތައް ކަރަންޓީނު ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލުކުރެވިފައި ވެއެވެ. މި ފެސިލިޓީތަކަށް މީގެ ކުރިންވެސް ރަށްތަކުން ރޯދަވީއްލުމާއި އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
ޒާހިރުގެ ހީވާގި ރިސާލާ. ވ ފުރިހަމަ ޓީމެއްމީ. ތެންކުސް
ރާއްޖޭގެ ކަނބަލުންނަކީ ވަރަށް ހިތް ހެޔޮ ދީލަތި ބައެއް
ތިއީ މަނާކޮށްފައި އޮތް ކަމެއްނޫންތަ؟ މިވެރިން އަޑެއް ނާހާނެ!!!!!!!