ފުރަގަސް ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އއ. ހިމަންދޫއަށް އެރި މީހަކު ހައްޔަރު ކޮށްފިއެވެ.

ހިމަންދޫން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އުމުރުން 30 އަހަރުގެ އެފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ މީގެ ތިން ވަރަކަށް ދުވަސް ކުރިން ރަށުގެ އިރުވާ ކޮޅުން، ކުނި ކޮށި ސަރަހައްދަށް ޑިންގީ އަކުން އައުމުން ކަމަށެވެ.

އޭނާ އައިސްފައިވަނީ ކައިރި ރަށަކުން މަސްތުވާތަކެތި ހިފައިގެން ކަމަށް ފުލުހުންނަށް ޝައްކު ވެގެން އެތަނުން އޭނާ ބަލައި ފާސް ކުރިއިރު، އެއްވެސް އެއްޗެއް އަތުން ނުފެނުމުން، އިތުރަށް ބަލައި ފާސް ކުރުމަށް ރަސްދޫއަށް ގެންދިޔަ ކަމަށެވެ.

ފުރަގަސް ފަރާތުގައި އެތަކެތި ފޮރުވާފައިވާ ކަމަށް ފުލުހުންނަށް ޝައްކު ކުރެވުނު ނަމަވެސް ރަސްދޫން އެތަކެތި ނުނެގުމުން މާލެ ފޮނުވައިގެން އެތަކެތި ނެގި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެމީހާ ބުނީ، ހިމަންދޫ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހައްޔަރުކޮށް ބަލައި ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން މިއަދު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ހިމަންދޫން ވާހަކަ ދެއްކި މީހާ ބުނީ، މަސްތުވާތަކެތީގެ މައްސަލަ ރަށުގައި ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެތަކެތި ބޭނުން ކުރާ 6 ވަރަކަށް މީހުން ތިބޭއިރު، އެތަކެތި ވިއްކުން ވެސް ފުޅާ ދާއިރާއެއްގައި އޮންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިމަންނަ

    ތިޔަ ރަށުގެ ރައްޔަތުންނަށް ތިޔަ ރަށް ކޮންޓްރޯލް ކުރެވެން ޖެހޭނެ ...

    6
    2
  2. ސުން

    ހިމަންދުގަ އެކަނިތަ؟ރާއްޖޭގެ ހުރިހާ ރަށެއްގައިވެސްއޮވޭ ތިކަން.އަދި ރަށް ރަށުގައިތިބޭ ފުލުހުންގެ އެއްބާރުލުންވެސް ލިބޭ އެމީހުންނަށް.އެހެން ނޫންނަމަ އެމީހުންނާއެއްކޮށް ސިގިރެޓް ބޮއެ މަޖާނުކުރާނެ.އެރަށެއްގެފުލުހުން އެރަށެއްގައި ތިބުމަކީވެސް ދެރަކަމެއް.

    7
    1
  3. ޤާސިމް

    ހުރިހާ ރަށެއްގެވެސް ހާލަތު