ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް، ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އިސް ބޭފުޅުންގެ ވަފުދެއް ޗައިނާ އަށް ފުރައިވަޑައިގެންފިއެވެ.
ޕީޕީއެމްގެ ޑެެޕިއުޓީ ސެކިއުރިޓީ ޖެނެރަލް އިގުބާލް އާދަމް ވިދާޅުވީ ޗައިނާ އަށް ވަޑައިގެންނެވި ޕީޕީއެމްގެ ވަފުދުގައި 18 ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއެވެ. ވަފުދުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
އިޤުބާލް ވިދާޅުވީ މިއީ ކޮންމެ އަހަރަކު ވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ޕީޕީއެމަށް ދޭ ދައުވަތެކެވެ. މި ފަހަރުގެ ޒިޔާރަތުގައި، ދެ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ބައެއް ތަޖުރިބާތައް ހިއްސާކޮށް އަދި އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ޕީޕީއެމް އިން ވިދާޅުވިއެވެ. ޓޫރިޒަމާއި ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާ އިން ޗައިނާގެ އެހީތެރިކަން ރާއްޖެ އަށް ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުންނާއި ދެ ގައުމުގެ ތަޖުރިބާ އެ ދާއިރާތަކުން ހިއްސާ ކުރާނެ ކަމަށް ޕީޕީއެމުން މައުލޫމާތު ދެއެވެ.
ޗައިނާ އަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ގައުމެވެ. ޗައިނާ ސަރުކާރުން ރާއްޖެ އަށް ދޭ ހިލޭ އެހީ އާއި ލޯން އެހީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ޗައިނާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުން ވެސް ވަނީ އިތުރުވެފައެވެ.
ސާބަހޭ2018 ރައީސްޔާމިން އިންޝާﷲ
އާމީން...
ޢާމީން
އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ ބަޔަކަށް މާތްﷲ އެބައެއްގެ މަސައްކަތުގައި ބަރަކާތްލައްވާ ކާމިޔާބު ދެއްވާނެ.
އިސްވަފުދޭ ކިޔާއިރު ސަރުކާރު ދިފާޢުކޮށް ދަމަހައްޓަން މިމީހުން ކުރަނީ ކީއްބާއޭ ހިތައް އަރާ. ސަރުކާރުން މޮޅުތަށް ހޯދައިގެންތިބެންޏާ ސަރުކާރު ދިފާޢުކޮށް ދަމަހައްޓާ، ސަރުކާރަށް ތާއީދު އިތުރުކުރަން މަސައްކަތް ކުރަން ޖެހޭނެ. މިއިންކޮންމެމީހަކު އަތްތިލައެއްވަރުގެ ފޯނެއް ގެންގުޅޭއިރުވެސް ސަރުކާރާ އެއްކޮޅަށް ނޫސްތަކުގައި ކޮމެންޓެއް ކޮށްލަން ނުކެރޭތާ އެއިންކޮމެންޓަކަށް ލައިކްދޭންވެސް ނުކެރޭ. ސަރުކާރާ އެއްކޮޅަށް ދޭ ކޮމެންޓްތަކަށް އިދިކޮޅުމީހުން ސަތޭކައިން ދުއިސައްތައިން ޑިސްލައިކް ދޭއިރު މިމީހުނަށް ހަމަފެންނަކަމަށްވެސް ނުވޭ އެކަމަކު އިިސްބޭފުޅުންނޯ. ލަދުން ބޯހަލާކު......؟؟؟؟
ވަރަށް އުފާވެއްޖެ އެއްލަކިން ރައީސް ޔާމިން