އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށްލައިގެންމާ ބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން މަޖިލިހުގެ ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިން ރޭ ސުވާލު އުފައްދަވައިފިއެވެ.

ޔާމީންގެ 61 ވަނަ އުފަން ދުވަހާ ގުޅިގެން އެ މަނިކުފާނަށް ތައުރީފު ކުރައްވައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ޓްވީޓްތަކެއް ނަޝީދު ރީޓުވީޓް ކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދުނެވެ. ނަޝީދަކީ އާންމުކޮށް، އެކިއެކި ބޭފުޅުން ކުރައްވާ ޓުވީޓުތައް ރީޓުވީޓް ކުރައްވާ ބޭފުޅެއް ނޫނެވެ.

ނަޝީދު ދެ ޓުވީޓެއް، ރީޓުވީޓް ކުރެއްވުމާ ގުޅިގެން އެކަން ސާފުކޮށް ދެއްވަމުން، އެމްޑީޕީގެ މެމްބަރުންނަށް ފޮނުއްވި ނޯޓެއްގައި ވަނީ ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އެކަމަކު، މްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަކަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން ސައުދު ކުރެއްވި ޓުވީޓެއްގައި ވަނީ ގޮތްނޭގޭ މަރުތަކާއި ކޮރަޕްޝަން މައްސަލަތަކުގެ ވާހަކަ ދައްކާއިރު ކުރީ ސަރުކާރުން ނުހައްގުން ވަޒީފާތަކުން ވަކިކުރުމުން އިއާދަކުރުމަށް ވައުދުވި ވަޒީފާތައް އިޔާދަ ނުކުރެވި އެތައް ބަޔަކު ހާލުގައި އުޅޭއިރު އެ ވާހަކަތައް ނުދައްކަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.

"ގޮތްނޭގޭ މަރާއި ކޮރަޕްޝަން މައްސަލަތަކުގެ ވާހަކަ ދައްކާއިރު ކުރީ ސަރުކާރުން ނުހައްގުން ވަޒީފާތަކުން ވަކިކުރުމުން އިޔާދަކުރުމަށް ވަޢުދުވި ވަޒީފާތައް އިޔާދަ ނުކުރެވި އެތައްބަޔަކު ހާލުގައި އެބައުޅޭ، މިވާހަކަ ނުދައްކަވަނީ ކީއްވެތޯ؟ އަނެއްކާ ބަހަނާދައްކާ ޑީލް ހައްދަވަނީތޯ؟." ނަޝީދު ޓެގް ކުރައްވައި ސައުދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނަޝީދުގެ ނޯޓުގައި ވަނީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތުން ވެސް އިންސާފަށް ވާސިލް ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މި ސަރުކާރު ވެރިކަމަށް އައުމުގައި އެއީ ވައުދަކަށް ވާއިރު، ކުރާނެ ކަމަށް ބުނި ކަންކަން ކުރަން ޖެހޭ ކަމަށް ވެސް ނަޝީދުގެ ނޯޓުގައި ވިދާޅުވިއެވެ.

ނަޝީދާއި ޔާމީނަކީ މިހާރު ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ވާދަވެރި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވައި ހައްދަވައެވެ. ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ނަޝީދު ރިޔާސީ އިންތިހާބުގައި ބަލި ކުރައްވައިފައެވެ.

އޭގެ ފަހުން، ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް އައީ 13 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވީ، ޔާމީންގެ ވެރިކަން ނިމުމަކާ ހަމައަށް އައި ތަނުންނެވެ. އޭގެ ފަހުން، ރައީސް ޔާމީނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި ހުންނަ ހާއްސަ ޔުނިޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކާފަބޭ2020

    ޑީލުހަދާމީހުނަށްހީވާނީތިޔަހެންދޯ ؟ އެހެންވެ މީހުންކިޔާއުޅެނީ ފުޅަށްބުޑުންދަންޏާހަސަންބެއަށްހީވާނޭކެޔޮގަނޑުކަނޑާހެން ތިޔަވީއެހެންތޯ؟ ދެންއުސްތާޒް މައުމޫނަށްސަލާމްބުނެލާ!

    28
    4
    • ސައުދޭ

      ސައުދު އެބައުޅޭ ދޯ؟؟ އަޑިއަޑިން ޑީލުހަދާ އާއިލާ މީހުންނަށް ވަޒީފާ ހޯދަދޭން އުޅޭ ކަޗޯރުންނަށް ހީވާނީ ދެންތިބި އެންމެންވެސް ޑީލު ހަދަނީއޭ.. އޯކޭ ކެނެރީ ބުއްޅަބޭ ނަޝީދަކީ މަ ތާއީދުކުރާ މީހެއް ނޫން އެކަމަކު އެއީ ސައުދަށްވުރެެއް ސިޔާސީ ބުރަދަންހުރި ސިޔާސީ ވިސްނުންވެސް ތަނަވަސް މީހެއް ނަޝީދަކީ.. ސައުދުމެން އަދި 100 އަހަރު ނަގާނެ ނަޝީދާ ހަމައަށް އަންނަން..

      6
      2
    • ޒަކް

      މި ބުރާންޗަށް ނޭނގޭ ދޯ ނަޝީދާ ރައީސް ޔާމީނާ ޑީލުހަދައިގެން އެއްގަލަށް އެރީމަ މިޤައުމުގެ ދެން ތިބި ސިޔާސީ މާބޮޑެތި ލީޑަރުމްކަމަށް ބުނާމީހުންނަށް ޖާގަލިބޭނީ ގޮނޑުންކަމެއް... ސިޔާސީ ޕާޓީތައް ޖެހޭނީ ހުއްޓާލަން އޭރުން ނޫނީ ބުރުމާ ހިންގާހެން ހިންގިދާނެ.. އަދިވެސް އެ ފެބޭފުޅުން ތިބީ ސިޔާސީ ލީޑަރުންނޭ. ބުނާވަރުގެ.. ދެން ތިޔަ ތިބީ ހައްޕުނޑު

      6
      3
    • ޙައްގުބަސް

      ރަގަނޅު ވާހަކައެއް!! މީނައަކީވެސް މީ އެމްއެމްޕީއާރުސީގެ ފައިސާއިން ބައި އަޅާފައިވަ މީހެއްކަމަށް ގިނަބަޔަކު ބުނާތީ އަޑުއިވޭ!! ޔާމީނުގެ ސަރުކާރުގައި ޕީޕީއެމްގެ މަޖްލިސް މެމްބަރަކަށް ހުރެ ވިޔާނުދާ ކަންތައްތަކެއް މައުމޫނާ ޑީލް ހަދައިގެން ކުރަން އުޅުނު 12 މެމްބަރުންގެތެރެއިން އެކަކު މިއީ!! ދެން މީނާދޯ އެންމެ ތާހިރުވާނީ ޑީލް ހަދާ ވާހަކަ ދައްކަން!! ލަދެއް ހަޔާތެއްގެ ކަންފުޅެއްވެސް ނުހުރޭ މިއިން މީހެއްގެ އަނގަ ފުޅާކުރާއިރު!! މައުމޫނާ ގާސިމާ އިމްރާނާ ކަލޭމެންގެ 12 މެމްބަރުން އެމްޑީޕީއާއެކު ޑީލް ހަދައިގެން ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައީ 2018 ވަނަ އަހަރު!! އެޑީލް ވަކިކުޑަތަ؟ ޑީލް ހެދިލެއް ބޮޑުކަމުން ގިނަ މީހުން ތުހުމަތުކުރޭ އިލެކްޝަންތެރެއިން ރިޔާސީ އިންތިޚާބު ވަގަށް ނެގީކަމަށްވެސް ކަލޭމެން!! ދެން ކޯޗެކޭ މީނަ މިކިޔަނީ!! ހަމަ އެޅިހާބަތަކަށް ރިހަ!! ގިނައިން ދޭ ކޮޅަކަށް މިހާރުވެސް ދީލާލާނެ! ސިޔާސީ މީހުނޭ ކިޔަން ހަމަލަދުގަނޭ ކަލޭމެނާ ދިމާލަށް!! ޔާމީންގެ ވެރިކަން ނިމި އޭނާ މިއަދު ޖަލުގައި އޮތްއިރު އޭނާގެ ވެރިކަމުން ފެށިގެން މިއަދާ ހަމަޔަށް އޭނަ ކައިރީ ދެގޮތެއްނުވެ މިއަދުވެސް އެތިބަ އިސް މީހުނާ އެޕާޓީގެ މެމްބަރުންނަނީ ޙަގީގަތުގައި ޔާމީނަށް އިޚްލާސްތެރި މީހުންނަކީ!! ޔާމީން ކައިރީ ތިބެ ހުރިހާ ފޮނި މީރުކަމެއް ލިބި ފައިދާތައް ނަގައިގެން އޭނާއަށް މިއަދު އެންމެ އެހީތެރިކަން ބޭނުންވި ވަގުތު ފިލާ ރައްކާވީ މީހުން އެތިބީ ނޫންތޯ ގާސިމް ކައިރީގަ!! އަދި އެކައްޗެކޭވެސް ނުބުނެ ދުރުގަ ބަލަންވެސް ބަޔަކު އެބަތިބި!! މިއަދުވެސް ޔާމީންއަށް ނުވަތަ އެޕާޓީއަށް ހަމަ ބާރު ލިބޭއިރަށް މިދެންނެވި މީހުން އައިސް މޮޅު ވާހަކަ ދައްކާ ޕޯޑިއަމްތަކަށް އަރާ ޕޯޑިއަމްތައް ފަޅަން މަސައްކަތްކުރެވޭތޯ އުޅޭނެ!! ވިސްނާ ބަޔަކަށް އިބުރަތް ޙާސިލްވާނެ!!

      9
      1
  2. އެކްޓަރ

    ހަލޯ ސައުދު؛ ވަޒީފާތަކުން ކެޑި މީހުންގެ ލިސްޓް މީޑިއާގައި ހާމަކޮށްބަލަ؛ ތިއީ ކައިރީގަ ތިއުޅޭ ކުދިންކޮޅު ރ މައުމޫނު މާ ވިލިގިލީ މީހެކޭ ކިޔާފަ.. ކެކުނަސް ފުއްޕިޔަސް ނެށިޔަސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ފިޔަޖަހާ 2 ސިޔާސީ ބޭފުޅުންނަކީ ރ.ޔާމިން، އަދި ރ.ނަޝީދު. ބަލަ އެމް.އެމް.ޕީ އާރސީގެ ފައިސާ އިން ސައުދު ސާފުތޯ...
    އެފައިސާ މިފައިސާއިން 20000 ޑޮލަރ މީހަކަށް ލިބުނަސް އެއީ ހަމަ އެފައިސާ..އަދަދު އެއީ 1 ޑޮލަރ ކަމަށްވިޔަސް... ރ.މައުމޫން ބުނެގެން ފުއޕާނެ ކަމެއްނެތް..

    21
    3
  3. ވަޒީފާ

    ތިޔަ ބުނާ ވަޒީފާއިން ވަކިކުރީ ސިޔާސީ ގޮތުންނޭ ބުނާ ގިނަ މީހުންނަކީ ފަރުވާކުޑަކަމުންނާއި ކަމަށް ކަމޭ ނުހިތުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ މީހުން. ބައެއް މީހުންނަށް ސިޔާސީ ފިއްތުން ކުރިމަތިވިޔަސް ގިނައިން ތިބީ އެމީހާގެ ކުށްތައް ގިނަވެގެންގޮސް ވަޒީފާއިން ވަކިކޮށްފައި ތިބި މީހުން.

    18
    1
  4. ބޭޗާރާ

    ރައްޔިތުންގެ މެދުގައި ދެކޮޅުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއްނޫން. އެކަމަކު ތިޔަ ބޭފުޅުން މިހާރު ކިތައް ފަހަރު މަޖިލީހުގައި ރައްޔިތުން ބައިބައިކުރުވާ ވާހަކަދައްކައިފިންތަ. ކިތައް ފަހަރު ރާއްޖޭގެ އަމިއްލަވަންތަކަމާއި އިސްތިޤްތިޤްލާލާއި މިނިވަންކަމަށް ބުރޫއަރާގޮތަށް ޖަޒުބާތުގައި ތިބެގެން ވާހަކަ ދައްކައިފިންތަ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިވެސް ގާނޫނު އަސާސީއާ ޚިލާފު ވާހަކަ ނުދެއްކޭނެ. މި މައްސަލަވެސް ބަލަން ގޮވާލަންވީނު.

    16
    2
  5. ބެއްޔާ

    ޔާމިނަށް ކެހިދީ ގައުމަށް ޣައްދާރުވި 12 އިންގެ 70މިލިޔަނުގެ ތެރެއިން އެކަކު. ޔާމީނަށް ހެޔޮގޮތެއްވާން ނޭދޭނެ.

    24
    2
  6. ބޯހަލާކު

    ކަލޭވެސް ރ.ޔާމީނާ ބަގާވަތްކޮއްފަ މޯމޮޅުމީހަކައްވެ މިއަދު މިގައުމު މިލާދީނީ ބައިގަނޑާހަވާލްކުރީވެސް (ކޮން ޑީލެއްބާހެދީ) ބޯނެބޮނޑިބުއިމަ ދެންއަރާގުދޯގުދޯ ނުގޮވަބަލަ..ކަލޭއާއެކު ކުރިންބަގާވައިކުރިކުދިންކޮޅަށް ވަޒީފާހޯދާދޭންތޯތިޔައެޅެނީ..ރޔާމީން ގއ.ވިލިންގިލި ތަރައްގީކޮއްދިނީ ރ.ޔާމީން..ގަބޫކުރިޔަސް ނުކުރިޔަސް..

    23
    1
  7. މާމީ

    މިސަރުކާރުން ހަމައެއް ލަމައެއްނެތި ވަޒީފާއިން ވަކިކުރި މީހުން ކަލޭ ލޮލައްމިރުސް އެޅިފަ ހުރީމަ ނުފެންނަނީ ދޯ؟؟ މިހާރު ކަލޭގެ ދާއިރާ މީހުނަށް ވީ ވައުދު ކޮބާ؟

    27
    1
  8. އަސޭލާ

    ރައީސް ޔާމީން އެކަނިތަ ޖަލުގަހުންނަންވީ އެމްއެމްފީއާރުސީ ޚިޔާނާތުގެ ހުރިހާއެންމެން ޖަލަށް ލާންޖެހޭނެ.

    32
  9. ާއަލީ

    މިކަލޭ މިފުއްޕަނީ މައުމޫނޭ ކިއާ 30 އަހަރު ވަންދެން ގައުމު ހަލާކުކޮއް އެވަރުން ނުވެގެން މިހާރު ގައުމު މިހާލައްވައްޓާލަން ރާވާ ހިންގި އެއް ޕޮރޮފެސަރު ބުނެގެން.

    19
  10. ޙަަަސަނު

    މި ސަރުކާރުން މީހުންތައް ވަޒީފާތަކުން ވަކި ކުރި ތަން ކަލެއަށް ނުފެނޭތަ

    20
  11. ރައިޔަތު އަހުމަދު

    އަބަދުވެސް މީހުންގެ ރިހޭފަޔާ ބެހޭ ގޮލައެއް ތީ.. އޭރުން ދޯ ނޫސްތަކުގެ ހެޑްލައިން ލިބޭނީ..

    ކޮހުންގެ ރާޖާގެ މަޖިލީހުގައި ގާނޫނު ހަދަން ތިބިމީހުންގެ ފެންވަރު ގްރޭޑް 7 ގެ ލެވެލް ގެ މެޖޯރިޓީ..

    މިފަދަ މީހުން އަރާ މިތިބެނީ ޑރ. ނާއި ޕްރޮފެސަރުން އަދި ޢާލިމުނާއި މުފައްކިރުން، މާހިރުންނާއި ހުނަރުވެރިން އަދި ހިކްމަތް ތެރިންނާއި އިލްމީ މީހުން އުޅޭނެ ގޮތުގެ ޤާނޫނު ހަދަން.. ދެންވިސްނަވާ މިފަދަ ތަނެއްދޮރެއްނުދަންނަ މީހުން ހަދާ ގާނޫނުގައި ހުންނާނެ އޮށްޓަރާޢި ފެންވަރު..

    އެހެންވެ ކޮސްގޮވާތަނަކަށް އެތަންވެފައިވަނީ.. މުސާރަ 100ހާސް މަހަކުނަގާ..؟ ދިވެހީން ހަމަ ބަލަންތިބެނީ؟

  12. މުހަންމަދުﷲ

    ވައްކަން ކު ރި މީހަކަށް އަދަބު ނުލިބި ހު ރިނަމަ އޭނާ އަށް އެހެ ރީ އިންސާފު ނުލިބި. ޥައްކަން ކުރި މީހާ ޖަލުގައި އިނީ އިންސާފުން.

    2
    9
  13. ކޯޅުން

    ސައުދުގެ ޓުއިޓުން އެއްބަސްވެވިއްޖެ މި ސަރުކާރުން ވެރިކަމަށް އައީ ވަޢުދުތަކެއް ވެގެންކަން ނަމަވެސް އެ ވަޢުދުތަކެއް ނުފުއްދާ ކަމެވެ ވަޢުދާ ޚިލާފުވުމުގައި ހުރި ނުބައިކަމާއެވެ! ޔާމީނުއަކީ ޚީޔާނަތްތެރިއެއްނޫން ވަފާތެރިއެއް، އިޚްލާޞްތެރިއެއް އޯގާވެރި ވެރިއެއް

    3
    1
  14. ފާރޫގް

    ސައުދަކީ ވބ ގައްދާރެއް، މިގައުމް ހަލާކު ކުރި އެކަކު ތިޔައީ...
    އާއިލީ މީހުންނަށް ވަޒީފާ ހޯދަން މިހާރު ތި ތެޅެނީ ކުރީ ސަރުކާރޭ ކިޔާފަ.
    އެމް އެމް ޕީއާރުސިގެ ޙިޔާނާތުގައިވެސް ސައުދު ހިމެނޭ... ބުރޯގެންނަށް ހޭބަލިވި މީހެއް ކަލޭތިޔައީ.... ބޮނޑު ޙާއިނެއް... މަޝްހޫރުވާން މިހާރު ތިޔަ ތެޅެނީ...
    އެމްޑިޕީ ވިސްނާތި ،،، ތީނަގެ މަކަރާއި ހީލަތުން ވިލިނގިލި ދާއިރާ އެމްޑީޕީ ފުޑާލާފަ ގޮޑިހޯދާއިގެން ތިޔަ ތެޅެނީ ތިމާގެ ކުދިންގެ ވަޒީފާތައް އޯކޭނުވެގެން. ތީނަ ކޮސް ގޮވިޔަކަސް އަޅާލާ އެއްޗެން ނޫން...