ކައުންސިލްތަކުގައި އިންތިގާލީ މަރުހަލާ ކުރިން ތަޖުރިބާކޮށްފައިވާ ކަމަށާއި އަލުން އެ ގޮތް ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިޔާން "ވަގުތަށް" މިއަދު ވިދާޅުވީ، މިއީ އޭނާ ކައުންސިލަރުކަމުގައި ހުންނެވި ދެވަނަ ދައުރު ކަމަށްވާއިރު، އިންތިގާލީ މަރުހަލާއަކީ ކައުންސިލަރުންނަށް އެއްވެސް ބާރެއް ނެތި، ނަމެއްގައި މަޤާމެއްގައި ތިބެން މަޖުބޫރުވާ މަރުހަލާއެއް ކަމަށެވެ. ނަމެއްގައި މުސާރަ ނަގައިގެން ހިންގުމަކީ ޒަމީރު ޤަބޫލުކުރާ ކަމެއް ނޫން ކަމަށާއި އިންތިޤާލީ ގޮތަށް ކައުންސިލަރުން މަޤާމުގައި ބޭތިއްބުމަށް ވާހަކަދެކެވޭތީ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ އަމިއްލަ މެމްބަރެއް. އިތުބާރު ކުރައްވާފައި މަޤާމު ރައްޔިތުން ދެއްވީ. ތި އިންތިޤާލީ މަރުހަލާ އަޅުގަނޑު ތަޖުރިބާކޮށްފިން. ކުޑަމިނުން ބިމެއް ވެސް ދޫކޮށް ނުލެވޭނެ. ހަމަ ދެން ނަމެއްގައި ތިބޭނީ. ރައްޔިތުން ކަމަކު ކީމަ ބުނަން ޖެހޭނީ ކީއްހޭ ކުރާނީ ތިއަކު ނެތޭ ކޮށްދެވޭނެ ކަމެއް. އެހެންވީމަ އެހެން މަޤާމުގައި ހުންނާކަށް ހަމަގައިމުވެސް އަޅުގަނޑު ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވިއެވެ

ޝިޔާން ވަނީ ކައުންސިލަރުންގެ ދައުރު އިންތިގާލީ އުސޫލުން ދިގުކުރުމާއި ދެކޮޅަށް ފޭސްބުކްގައި ވެސް އަޑު އުފުއްލަވާފައެވެ. އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އިންތިގާލީ ގޮތެއްގައި ކައުންސިލްތަކުގެ ދައުރު ދިގުކުރަން ފާސްކޮށްފި ނަމަ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލް ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި އެ ނިންމުމަށް ރައްޔިތުން ތާއީދު ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލަރުންގެ ދައުރު އިތުރުކުރުމާއި މެދު އާއްމުންގެ ޚިޔާލު ހޯދަން މަޖިލީހުން ހުޅުވާލުމުން، މަޖިލީހަށް އޭނާ ވަނީ ސިޓީއެއްވެސް ހުށަހަޅުއްވާފައެވެ. އެ ސިޓީގައި ކައުންސިލްތަކުގެ ދައުރު އިންތިޤާލީ އުސޫލުން އިތުރު ކުރުމާއި މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މީގެ އިތުރުން އޭނާގެ ކަންބޮޑުވުން ދާއިރާގެ މެމްބަރު އަހުމަދު ސައީދާއި ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަހުމަދު ސައީދުގެ ވޯޓު ދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް މަޖިލީހަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އަދި ރޭ ބޭއްވި މަޖިލިސް ޖަލްސާގައި އެ ބިލު ބަލައިގަތުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މި ހާލަތުގައި [ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި] ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަކީ ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް ދިމާވާނެ ކަމެއްތޯ ބެލުމަށް ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް ވެސް އެދުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޒަކް

  ކޮން އިންތިގާލީއެއް ދާއިމީއެއް ދައުރު ހަމަވީމަ ކަލޭމެން ގެއަށްދޭ.. ކައުންސިލު ހިނގާނެ ކަލޭމެން ނެތަސް އިދާރީ މުވައްޒަފުން އެކަން ކުރާނެ ތި ބޭކާރު ބޯތަކެއް..

  12
  2
  • ******

   ނެނގޭ ވާހަކަ ނުދެއްކުން ވ މުހިއްމު، މީ ނަމޫނާ ރައީސެއް! ހުރިހާ އެއްމެނާވެސް ގުޅޭ ރައީސެއް! ގެމަނަފުށީގެ ތަރައްގީގެ މުހިއްމު ރޯލެށް އަދާކުރެއްވި ރައީސެއް!!

 2. ކިނބޫ

  އިންތިގާލީ އޭ ކިޔައިގެން މިހާރު އެ އުޅެނީ ޕާރޓީ ކުދިންނަށް މަޤާމް ދޭން ވެގެން.

  10
  1
 3. ރައްޔިތުމީހާ

  ސަތޭކަ.

 4. ނެތީމޭ

  މީ މަމެން ހީކުރީ އިންޑިއާ ތަމަޅަ މީހެއް ކަމަށޭ މަމެން ބުނަން ނެތީމޭ...

 5. ތާކިހާ

  ލާމަރުކަޒީއޭ ރައްޔިތުންނާއި ގާތުންނޭ ކަނާއަތުންނާއި ވާއަތުންނޭ ވަގުންނޭ ވާޢިޒުންނޭ ވާރިސުންނޭ ކިޔާ ހަޅޭއްލަވަމުން އައިސް ، ސަރުކާރެއްލިބި އަދި މަޖިލީސް ވެސް ލިބިފައި ވާހިނދު ، ސުވާލަކީ އެމްޑީ ޕީ ކައުންސިލް މެންބަރުން ޤަބޫލުކުރައްވަމުތޯ މިހާރު ގެ އެމްޑީޕީ ސަރުކާރުން އެކުރާކަމަކީ ޑިމޮކްރަސީން ހަންދެމުންކަމަށް. ހަންދެމުމުގައި ބައިވެރި ނުވުމަށް ގޮވާލަން . ރައްޔިތުންނަށް ޚިދދުމަތް ނުކެވޭ މަޤާމުތަކުން އިސްތިއުފާދެއްވާ ، ގެމަނަފުށީ ކައުންސިލް ރައީސް ފަދަ އިން މިސާލު ދައްކަވާނެ ކަމަށް އުންމީދުކުރަން

 6. ހުހާ

  ކައުންސިލަރުންގެ މުއްދަތް ހަމަވީމާ ދާންވީ ގެއަށް އެއީ ދެން ޖިހޭނީ ވޯޓްލާން އެތަނުގައި ތިބޭނެ އިދާރީބޭފުޅުން ކައުންސިލަރުން އަންނަންދެން ރައްޔިތުން ބަލާނެ އެގޮތްމާރަނގަޅުވާނެ