އުތުރުގެ ބައެއް އަތޮޅުތަކަށް އޮރެންޖް ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެެރެފައި ވަނީ, ހއ އަތޮޅުން ފެށިގެން ށ އަތޮޅާއި ހަމައަށެވެ.

މި ސަމާލުގައި ބުނެފައި ވަނީ، މި ސަރަަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ފެންބޮޑު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ނެރުނު އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 20:00 އަށެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ނެރުނު ދެ ވަނަ އޮރެންޖް ސަމާލެވެ.

މީގެ ކުރިން މެއި 15 ވަނަ ދުވަހު ރާއްޖޭގެ މެދު ތެރެއާ އުތުރުގެ ހަތް އަތޮޅަކަށް އޮރެންޖް ސަމާލު ނެރުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލި ރަސްގެފާނު

    މީގަ މިއޮތް ގަޑިއަށް ވިއްސާރަ ވެހުން ވަނީ ހުއްޓިފައި. ކުޅަދުންވަނތަކަން...