ހުރިހާ ވިޔަފާރިތަކެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދެވޭނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށް އެކަނި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހާރު ވަނީ އެކަމުގެ އިއުލާނު އާއްމުކޮށްފައެވެ.

އެ އިއުލާނުގައި ވަނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ހުއްދައަށް އެދެންޖެހޭ ފަރާތްތައް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުން ހުއްދައަށް އެދި ހުށަހަޅާނެ ގޮތް ބަޔާންކޮށްފައެވެ. އެގޮތުން މި ފަރަތާތްތައް ހުއްދައަށް އެދި [email protected] އަށެވެ.

އެ މިނިސްޓްރީން ބުނީ، މިގޮތުން ހުއްދަ ދޫކުރެވޭނީ، ކަސްޓަމަރުންނަށް ހުޅުވާނުލައި، ހަމައެކަނި ވިޔަފާރިކުރާ ފަރާތުން ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގައި މަސައްކަތްކުރަން ބޭނުންވާ ބޭނުންވާ މުވައްޒަފުންނަށް ކަމަށެވެ.

އެގޮތުން މުވައްޒަފުންނަށް ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލުގައި ބުނެފައިވާގޮތުގައި، ހުރިހާ ވިޔަފާރިތަކެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނީ، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށް ކަަމަށާއި، އެފަދަ މުވައްޒަފެއް ނެތްނަމަ، ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެް ހުއްދަ ދޫކުރާނެ ކަމަށެވެ.

އަދި މިގޮތަށް ހުއްދަ ދޫކުރާއިރު، މުވައްޒަފުންގެ ޢަދަދު 10 އަށްވުރެ މަދު ނަމަ، ދޫކުރަނީ 2 މުވައްޒަފުންނަށްވާ ހުއްދައެވެ. އަދި މުވައްޒަފުންގެ ޢަދަދު 10 އާއި 30 އާ ދެމެދުގެ ޢަދަދެއްނަމަ، އެ މުވައްޒަފުންނަށް ކަމަށާއި، އެ މުވައްޒަފުންގެ ޢަދަދު 30 އަށްވުރެ މަތިނަމަ، ހުއްދަ ދޫކުރާނީ %20 މުވައްޒަފުންނަށް ކަމަށް ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުން މުވައްޒަފުންގެ ޖުމްލަ ޢަދަދު ކަނޑައެޅުމުގައި ބަލާނީ، ޕެންޝަން އޮފީހަށް ހުށަހަޅާފައިވާ މުވައްޒަފުންގެ މަޢުލޫމާތު އަދި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސަމިި

    ބަލަ ފަންޑުގަ ބައިވެރިވުމާ މަސައްކަތް ކުކުރުމާ ކޮން ގުޅުމެއް އޮތީ ކިހާބޮޑު ވެއްޖެކަމެއް މީ. މިވަގުތު ފައިސާ އެއް ނެތް އެތައް ދިވެހުންނެއް އެބއުޅޭ މަސައްކތެއް ނެތި އެމީހުން ނަށް މި ފު ރުޞަތު ގަވެސް އެއްޗެއް ލިބި ދި ރި އުޅުމަށް ލުޔެއް ލިބިދާނެ ތީ ކު ރާ އުނދަގުލެއްތަ ތީ. ގޮތް ކުޑަ

    31
  2. އަލީ

    ބިދޭސީން ވެސް ތަ؟

    10
  3. އާސިޔާ

    މާލޭ ސިޓީ ކައުންސިލްގައި ޑރ ނާޝިދު ( އަންނި ބޭބެ ) ކީއްތަ އެކުރަނީ އެއީ އެތާ މުވައްޒިފެއް ވެސް ނޫން، މުވައްޒަފުންނަށް ފޯނުން ގުޅައިގެން ކުރަން ޖެހޭ ކަންކަން ވެސް ކުރަނީ އޭނަ.
    މިއީ ކިހިނެތް ހިނގާކަމެއްތޯ ސުވާލުކޮށްލަ ބަލަ ނޫސްވެރިން. އެއީ ޕެންސަން އޮފީހުގައި ރަޖިސްޓްރީ ވެފައިވާ މުވައްޒަފެއްތަ

    19
    1
  4. ސާބަސް

    ޕެންސަން ފަންޑުގަ ރަޖިސްތިރީނުވެ މަސައްކަތެއް ނުކުރެވޭނެ ދެއްތޯ. އެމީހުންގެ ބަނޑު ހައެއްނުވާނެ. ދަރިންނެއް ނުތިބޭނެ. ލާރިއެއް ބޭނުމެއް ނުވާނެ. ސަރުކާރުގެ އަތް ދަށުން ދޫވެގެން ގޮއްސަ ހުރި ހުރިހާ ކަމެއް ކޮވިޑޭ ކިޔައިގެން ރަނގަޅެއް ނުކުރެވޭނެ. މީއެވަގުތެއްނޫން. މާލޭ އެންމެން ގޭބަންދު ކޮށްގެން ތިކުރަނީ ކީއް. މިހާރު ތިއުޅެނީ ކޮވިޑެއް ނޫނެއްނު. އަނިޔާވެރިވާން ތިއުލެނީ. ރައްޔިތުންނަށް އަނިޔާވެރި ވާން ތިއުޅެނީ. އެމްޑީޕީ ސަރުކަރުން ރައްޔިތުންނަށް އަނިޔާކުރަން ތިއުޅުއްވަނީ. އަނިޔާއަށް ބޮލެއް ނުލަނބާނަން.

    31
    1
  5. ބޮއްބެ

    ސިދާ އަނިޔާވެރިކަން ތި އިސްކުރަނީ. މި ވަގުތު ރައްޔިތުން ތިބީ ވަރަށް ދަތި ހާލުގަ. ރައްޔިތުން ސަލާމަތް ކޮށްދެވޭތޯ އުޅުން މިވަގުތު ސަރުކާރުގެ މައިގަނޑު ވިސްނުމަކަށް ވާން ވާނި. މިހާރުގެ ރައީސް ކިތޭފަހަރަކު ވިދާޅުވީތީ އަޑުއެހިން "އަނިޔާވެރި އެއްނުވާނަމޭ." މިހާރު ތީ ކޮން ކަމެއްތޯ ވިދާޅުވެ ދެއްވަ ބަލަ. މިހާ ދަތީގަ ނިކަމެތިވީ ވަގުތު ތުންފަތުގަ ކުލަލާފަ ޓީވީ އަށް އަރާ އަނިޔާވެރިވާން ތިގޮވަނީ. ސަރުކާރު ބަންދު ކިހިނެއް ބޭނުންވިޔަސް ތި ހުރިހާކަމެއް ހަމަކޮށް ރަނގަޅު ކުރާނީ.

    20
  6. ނ

    އެމްޑީޕިގެ މީހެއް މިއީ. އެކަމަކު އަނިޔާ އާދެކޮޅު. ވައްސަލާމް އެމްޑީޕީއަށް. ރައްޔިތުންނަށް އަނިޔާކުރަން ތިއުޅުއްވަނީ. ރައްޔިތުންދެކެ ލޯބިވާ ސަރުކާރަކުން ރައްޔިތުން އިނދަޖެހި ހަދާނެ ނަހަދާނެގޮތް ހުސްވަމުންދާ މިފަދަ ނާޒުކު ފައްތަރެއްގަ ތިކަހަލަ ހަޔާތް ކުޑަ ވާހަކައެއް ނުދައްކާނެ. ދެން މިޤައުމު ސަލާމަތް ކޮށް ދެވޭނީ އުމަރު ނަސީރު ކަހަލަ މީހަކަށް. އެނޫންމީހަކު ނުފެނެ. ދުވަހަކުވެސް އުމަރަށް ތާއީދެއް ނުމެކުރަންމެ. އެކަމަކު މިއަދު އުމަރަކީ ރައްޔިތުންގެ މީހާކަން ޤާބޫލު ކުރަން މަޖުބޫރު ވެއްޖެ.

    17
    2
  7. އަލިބެ

    ދިވެހިރާއްޖޭގަ ތިބި ހުރިހާ ސިޔާސީ ޕާޓީއަކުން އެމްޑީޕީގެ އަނިޔާއިން ދިވެހިން ސަލާމަތް ކޮށްދެއްވުމަށް ނިކުމެ ދެއްވާ. ވަރަށް އަދޭހާއެކު މިދެންނެވީ. މިދާ އެސޫލުން ދިވެހިރާއްޖެ ދަންޔާ ދިވެހިން ސަލާމަތެއް ނުވާނެ. ޤަވާއިދުގެ މައްޗަށް ޤަވާއިދު. އިއުލާނިގެ މައްޗަށް އިއުލާނު. މަނާ މަނާ ހުސް މަނާ ކަންތަށް. އެމްޑީޕީން އަނިޔާވެރިކަން އިސްކޮށްފި.

    24
  8. ހުންމާން

    އަޅުގަނޑު ހިތައް އަރާ ސުވާލަކީ އިކޮނޮމިކް މިނިސްޓުރީގެ ޚަބަރު އަންނައިރު ކީއްވެގެންތޯއޭ އަބަދު ރަޖިސްޓުރާ އޮފް ކަމްޕެނީސްގެ ފޮޓޯ މިޖަހަނީ. އޭނާއަކީ އެމިނިސްޓުރީގެ މީޑިޔާ މީހާތޯ ނުވަތަ ސުޕޯކުސްޕާސަންތޯއެވެ. ސުޕޯކުސްޕާސަނެއް އެމިނިސްޓަރީގައި ހުންނަކަމެއް ނުވެސް ދެނެހުރިން. ދެން އެހެން ނޫނަސް ބޭރު ދުނިޔޭގައި ކަންކަން ހިނގާ ގޮތް ބަލާށެވެ. ބޭރުގައުމުތަކުގައި މިނިސްޓުރީއެއް ތަމްސީލުކޮއް އަދި ޚާއްސަކޮއް މިކަހަލަ ދަނޑިވަޅުތަކުގައި އަބަދުވެސް ޕަބްލިކައް ފޭސް ކުރާނީ މިނިސްޓަރު ނޫނީ މިބިސްޓުރީގެ ސުޕޯކުސަޕާސަންގެ މަގާމުގަ ހުންނަމީހަކު ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް.. އެހެން އަމަލު ކުރަނީ އެ ވުޒާރާއެއްގެ އަސްލު ޑިސިޝަން މޭކާރ ގެ ވިޒިބިލިޓީގެ ސަބަބުން ރައްޔިތުންނައް ވުޒާރާގެ މަސައްކަތްތަކާއި ދޭތެރޭ އިތުބާރު އުފެއްދުމައްޓަކައެވެ. އެއީ މިފަދަ ހާލަތްތަކައް ވަރައްވެސް މުހިންމު ކަމެއް.

    16
  9. ޖޯން

    މަންޖެއިނދޭ ޕެންޝަންއޮފީހުގައި ރަޖިސްޓްރީވެގެން . އަހަރުމެންބަލާނަށް ކިހާދުވަހަކު ތަންތަނުގާ ތަޅުއަޅުވައިގެން ތިބެވޭތޯ. އަދި 1 މަސްވާއިރު ދައުލަތުގާ ވަކިލާރިއެއްވެސް ނޯންނާނެ، ރަތްޔިތުން ބަނޑަށްޖެހިގެން މަގުތަކަށްގިނަވާތަންބަލަން ތިބޭ. ދެންޖެހޭނީ ދެއުޅިއެއްނުވާ ފުލުހުންލައްވާ ދިވެހިރަތްޔިތުންގެގަޔަށް ކަރަންޓްއުންޑަޖަހަން.

    23
  10. ޓ

    މޫނުމަތިންވެސް އަނިޔާވެރިކަމާ ހަހަރުކަށިކަން އެބަފެނޭ

    21
  11. ތާކިހާ

    ވޯޓުން ސަރުކާރެއް ބަދަލުކޮށްލުމުގެ ބާރު ނުވަތަ މެޖޯރިތީ މިރާއްޖޭގެ އަމިއްލަ މަސައްކަތުން އުޅޭ ނިކަމެތި ރައްޔިތުންގެ އާބާދީގެ އަތުގައި އޮންނާނެ. ސަރުކާރެއްގެ ފޮނިމީރުކަން ލިބެންޖެހޭނީ ހަމައެކަނި ސަރުކާރުން މުސާރަދޭ މުވައްޒަފުންނަށްނޫން. ރައްޔިތުން އަޒުމުކަނޑައަޅާ މިފަހަރު ތިޔަ ރައްޔިތުންނަށް އެހީ ނުވެއްޖެނަމަ ވޯޓުން ބަދަލު ހޯދުމަށް ތައްޔާރުވޭ. ކޮބާތޯ ނިކަމެތީންގެ ރައީސޭ ބުނާ ރައީސްނަޝީދު. ކޮބާތޯ އޯގާތެރި ރައީސް ސޯލިޙް ކޮބާތޯ ތިޔަ ރައްޔިތުންގެ ހައްޤުގައި ބަސްބުނަންތިބި މަޖިލީސް މެންބަރުން. ކޮބާތޯ ވޯޓު ހޯދަން ހިނގި ފައިތަކާއި ލޯތައް . ކޮބާތޯ ހިނިތުންވެ ސަލާމް ކޮށްލުމަށްދިއްކޮށްލި އަތްތަކާއި މޫނުތައް. ރައްހިތުން މިއީ ވިލާވަޅެއްކަމަށް ޤަބޫލުކުރައްވާ. މިކޮމަންޓަށްފަހު އަހަރެން ހައްޔަރުވެސް ވެދާނެ. އަހަރެން ނެތަސް ތިޔަ ރައްޔިތުން ވޯޓުން ބަދަލުހިފާތި. މި ދުވަސް ހަދާންތައްތާނުލާތި #. ސަލާމް ރައްޔިތުން

  12. ޕެންޝަނަރު

    ކޮވިޑް 19 އަށް ބޭހެއް ނުފެނިގެން އުޅެނިކޮށް މޮޅު ބޭހެއް ފެނުނީ. ޕެންޝަން ފަންޑުގައި ބައިވެރިވީމާ ކޮވިޑް ނުޖެހޭނެ. ފައްކާ މޮޅު ބޭހެއް ނޫންތަ.

  13. ހިޔާލު1

    ދިރިހުރުމުގެ ހައްގާއި ދިރިއުޅުމަށް މަސައްކަތްކުރުމަކީ ގާނޫންއަސާސީން އެންމެނަށް ލިބިދީފައިވާ އަސާސީ ހައްގެއް އެ ހައްގު ވަކިބަޔަކަށް ލިބިދިނުމަކީ ގާނޫންއަސާސީގެ ހަމަހަމަ ކަމުގެ ހައްގު ނިގުޅައިގަތުން އެހެންކަމުން ކުންފުންޏެއްނެތްބަޔަކަށާއި ޕެންޝަން ފަންޑުގައި ބައިވެރިވެފައި ނުވިއަސް މި ހާލަތުގައި ތަފާތުކުރުމަކީ ހެއުވާނެކަމެއްނޫން ދުރާލާރޭވިގެން ވަގުތު ދެވިގެން ނިޒާމުތައް ކަޑައަޅަށްވާނީ ރައްޔިތުންނަށް އުފުލޭވަރަށް ބަލައިގެން ސަރުކާރަށް މަތިކުރެވިފައިވާ ޒިންމާތަށްވެސް ފުރިހަމައަށް އަދާ ނުކުރެވިވާކަށް މަސްއޫލުވެރިން ވިސްނަންޖެހޭނެ.

  14. ދަވާލި19

    ލާރިރި ކޮޅެއް ހަދާލަން ރަނގަޅު ވިސްނުމެއް

  15. ައަހުމަދު

    ﷲ އިރާދަކުރެއްވިއްޔާމުން ދެން މިމީހުން ވެރިކަމަކަށް ނުހޮވޭނެ ރައްޔިތުންނަށް މިވަރަށް ޖެއްސުން ކުރަންޏާމުން.

  16. ޒާ

    ތިއުޅެނީ ކިހާ ދުވަހަކު ރައްޔިތުން ބަނދެގެން އުޅޭނަމޭހިތާތޯ؟

  17. އަބްސީ

    ޖީއެސްޓީ އާއު އިންކަމް ޓެކްސް ޕޭކުރަން ދިޔާމަ ނާހާ ޕެންސަން ފަންޑުގަ މުވައްޒަފުން ރެޖިސްޓްރީ ކޮއްފަ ހުރިތަނެއްހޭ ތީ؟ މީ ކިހާބޮޑު ވެއްޖެ ކަމެއްދުން ރައްޔިތުން ނަށް ޖެއްސުން ކުރުން ނޫން ކަމެއް ނުކުރޭ މިކަހަލަ ދަޑި ވަޅެއްގަ ވެސް. ޔާ ﷲ މި ވަބާއިން ރާއްޖެ ސަލާމަތް ކޮއްދެއްވާ ދޭވެ! އާމީން

  18. ޞާރީ

    ފައިސާ ފައިިސާ އަކީ ޔާމީނު ނުންކަން އެބަ ފެނޭ......ޕެންޝަން ފައިސާ

  19. ކުބޭ

    ޕެންސަނުގައި ރަޖިސްޓްރީ ކުރެވެން ގާނޫނުގަ އިންނަނީ މުވައްޒަފުގެ އިހްތިޔާރަށް ދޫކޮށްފަ. އަޅުގަނޑު މިދިޔައަހަރު ގެންގުޅުނު 6 ޕާޓްޓައިމް މުވައްޒަފުން ޕެންސަން އާގުޅެން ވާހަކަދެއްކުމުން ބުނީ ތިމަންމެންމީ ޕާޓްޓައިމްގަ ކުރާ މަސައްކަތޭ. ނަމަވެސް ޕެންސަން އޮފީހުން މަޖްބޫރުކުރީ އެމީހުން ރަޖިސްޓްރީ ކުރަން. ޕޮއިންޓަކީ މި މުވައްޒަފު ދޭންޖެހުނު ލާރިއާ ވަޒީފާދިންފަރާތުން ދޭ ފައިސާވެސް ދޭންޖެހުނީ އަޅުގަނޑުކަން. އަދި ކޮބާ މަހަކު މުވައްޒަފަކު ކެނޑެމުން އަލުން މުވައްޒަފުން ލަމުން ކިރިޔާ އަޅުގަނޑަށް ކުރެވުނީ މުވައްޒަފުން ރަޖިސްޓްރީ. ސޯ މިގޮތަށް ކުދިވިޔަފާރިތަކުން މިކަންނުކުރެވޭނެ. މިއީ ދައުރުވާފައިސާމަދު ނަމަވެސް އިގްތިސޯދީގޮތުން އެމެރިކާގެ ސްޓްރެޓެޖީތައް ގާއިމްކުރާގައުމެއް.