ފުރަބަންދުގެ ހާލަތުގައި ނޫސްވެރިންނާއި މީޑިއާތަކަށް ބޭނުންވާ ހުއްދަތަކާއި ފާސްތަކުގެ އިންތިޒާމްތައް ހަމަޖައްސަމުން ދާނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެމްއެމްސީން މިގޮތަށް ވިދާޅުވެފައި މިވަނީ، މީޑިއާތަކަށް ބޭނުންވާ ހުރިހާ ހުއްދައެއް ހޯދަން ދެން ހުށަހަޅަން ޖެހޭނީ އިކޮނަމިކް މިނިސްޓްރީއަށް ކަމަށް، ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އިޒްމިއާ ޒާހިރު، އޭނާގެ "ވަޓްސްއެޕް" ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނިކޮށެވެ.

ތަރުޖަމާނު ވިދާޅުވެފައި ވަނީ، ފުލުހުންގެ ދައުރަކީ މިހާރު އިކޮނަމިކް މިނިސްޓްރީން ހުއްދަ ފޮނުވުމުން އެޕްރޫވް ކުރުން ކަމަށެވެ.

މިކަމާއި ގުޅިގެން އެމްއެމްސީގެ މެމްބަރަކު ވިދާޅުވީ، ފުލުހުންނަށް އެގޮތަށް ވިދާޅުވެވުނީ އޮޅިގެން ކަމަށާއި، ފާސްތައް ދޫކުރުމުގައި އިކޮނޮމިކް މިނިސްޓްރީގެ ދައުރެއް ނެތް ކަމަށެވެ.

އެއެމްސީން ވިދާޅުވެފައި ވަނީ، ނޫސްވެރިންނާއި މީޑިއާތަކަށް ބޭނުންވާ ފާސްތައް ދިނުމުގެ އިންތިޒާމް އެ އިދާރާއިން ކުރަމުން ދަނީ އެކަމާއި ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ކަމަށެވެ. އަދި މިހާރު ދޫކޮށްފައިވާ ފާސްތަކާއި ވެހިކަލް ސްޓިކާތައް ވަކި އެހެން ގޮތެއް އަންގަންދެން ބޭނުންކުރެވޭނެ ކަމަށް ވެސް އެމްއެމްސީން ވިދާޅުވިއެވެ.

މީގެ ކުރިން ކޮންމެ މީޑިއާއަކަށް ވެސް އެމްއެމްސީ އާއި އެމްބީސީ އިން ފަސް ފާހެއް ދޫކޮށްފައި ވެއެވެ. އޭގެ އިތުރުން ވެހިކަލްތަކަށް ވެސް ކަނޑައެޅިފައިވާ އުސޫލުން ހުއްދަ ދޫކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލަމްހާ

    ހަހާ... ވަރަށް ނޭގޭ ތަރުޖަމާނެތް ?

    3
    1
  2. ޢަލީ

    މިފަހަރު "އިޒްކޮ" ވަގުތު ނޫހާއި ހާޑު ވާނެވަރު ހިތައް އަރާފަ ހެވެނީ

    5
    1
  3. އުސައިދު

    އޮޅިފަ ތިބޭ ބައެއް..

    7
    1
  4. Anonymous

    އޮޅުވާލާއި ގެން ވެރިކަމަށް އައީވެސް ދެންވެސް އޮތީ އޮޅުން ނިމިގެން ދާނީވެސް އޮޅިގެން

    • ޜާަބރ

      ޢޮޅުވާލި ބަޔަކު އެބައެގޭދޯ.. ޔާމީނު ބުނަނީ އަދީބޭ. ޢަދީބު ބުނަނީ ޔާމީނޭ. ސައީދު ބުނަނީ ފިނިފެން މަލެކޭ. ޢާދަނު ބުނަނީ ދަތްދޮޅިއޭ.....

      1
      3
  5. ާައަހުމަދު

    އަބަދު އޮޅިފަ ތިބޭ ބައެއްދޯ؟

  6. ހަލްޗަލަ

    އޮޅުނިއްޔޭ؟؟؟؟ ސަނގަލާ ޖެހިފަ ތިބެނީ