މިރޭ ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ ހަޤީޤީ ބާރު ފެނިގެން ހިނގައްޖެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝާހިދު މިގޮތަށް ވިދާޅުވެފައި ވަނީ، ކައުންސިލަރުންގެ ދައުރު ދިގުދަންމާލުމަށް ޤާނޫނު އަސާސީ އަށް އިސްލާޙު ގެނައުމާއިމެދު ގޮތެއް ނިންމުމަށް މިރޭ މަޖިލީހުގައި ބޭއްވި ޖަލްސާ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ ޝާހިދުގެ ޓްވީޓުގައި ވަނީ، މިރޭގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ކުރެއްވި ހިއްވަރު ފާހަގަކުރައްވައި އެބޭފުޅުންނަށް ތަޢުރީފު ކުރައްވާފައެވެ. އަދި މިރޭ މަޖިލީހުގައި ކުރެވުނު މުޙިންމު މަސައްކަތާއި ގުޅިގެން މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ މެޖޯރިޓީ ލީޑަރ، އަލީ އާޒިން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭގޮތް ނުވުމުން، މިހާރު މަޤާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގުދަންމާލައި ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފައި ވަނީ، މިރޭ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާޤުންނެވެ.
މަޖިލީހުން މިރޭ ފާސްކޮށް ޤާނޫނު އަސާސީގައި އިތުރުކުރި އެ އިންތިގާލީ މާއްދާގައި ބުނަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އޭޕްރީލް މަހުގެ ތެރޭގައި ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު ވަނީ ފަސްކޮށްފައެވެ. އެކަމާއި ގުޅިގެން އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވާފައިވަނީ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ.
ރައްޔިތުންނެއްނޫން. ގުންޑާއިންގެ.
ވަލު ޖަނަވާރުންގެ އުސޫލު ތޯ ހަގީގީ ބާރަކީ ހާދަ ބާރު ގަދައޭދޯ ހަމަ ސީދާ ރަނުން ޖަވާހިރަށް އަތްޖަހަމާ ދެން ކޮބައިތޯ މަނިކުފާނު މެން ކާލިހައި ފައިސާގެ ބަދަލުހޯ ދަންވެސް ޖެހޭނެ ނޫންތޯ އެދުވަހުން ބުނާނީވެސް ހަމަ ރައްޔިތުންގެ ބާރުގަދަ ކަމޭތޯ؟ހައްހައް ހާ
ވަރަށް ދެރަވެއްޖެ ރާއްޖޭގެ މިނިސްޓަރަކު ތިހެން ބުނީމަ. ރައްޔިތުންގެ ބާރު ދައްކަންޖެހެނީ މީހުންގައިގައި ތަޅާ އަނިޔާކޮށްގެންނެއްނޫން. އަހަރެމެންގެ ޅަ ދަރިންނަށް ނަމޫނާއެއްގެ ގޮތުގައި ފެންނަން މިހާރު ތިބީ ހަޔާތްކުޑަ ގުނބޯތަކެއް.
އެހެން ތޯ ވަލުޖަނަ ވާރުންގެ އުސޫލު ތޯ ހަޤީޤީ ބާރަކީ މަޖިލިސްގެ މާޒީއަށް ބަލާލީމަ ފެންނާނެ އިންސާނުން ނާއި ޖަނަވާރުންގެ ހުރި ތަފާތު އެންމެހައި ނުބައި އަމަލުތަކަކީ ހަޤީޤީ ބާރަށްވީ ކީއް ވެގެންތޯ ބުނެދެއްވަ ފާނަންތޯ ދީނީގޮތުން:
އޮޅުވާލަން އުޅޭނެ ކަމެއްނެތް ކާޕެޓު ގެންދިޔައީ ކީއްވެ!
އަނގަ އޮތިއްޔަކާ ކާޅެއް ނުކާނެ!
ކަލޭ ކޮން އަނގައެއް ލާކަށް ކާޕެޓް.
މީ އަނެއް ގަމާރު. ކުޑަކުޑަ ބޮކެކޭ މީ ބެހޭކަށް.
ކަލޭމެންގެ ތި ބައިގަނޑު ބޭނުންވަނީ މިސްޓަރ ދިވެހިދައްޖާލު ޑރ.ބުއްޅަ ބުނާގޮތަށް މަޖިލިސް ލޭއޮހޮރުވުމާއި ފިތުނަ އުފައްދާން ދޯ. ޝާހިދަކީ ކިނބޫގެ ޓެޑީ ބެއަރ އެއް
ކަލެއަށް އަދި އެއްޗެއް ނުފެނެއެއްނު. ފައްކާ އެއްޗެއް ފެނިއްޖިއްޔާ ކަލޭ މޮޔަވާނެތާ.
ހަގީގީ ބާރު މާރަނގަޅަށްވެސް ރޭގަ ފެނިއްޖެ ކަލޭ ނުބުންޏަސް. އަހަރުމެންނައް ވެސް ދުވަހެއް އަންނާނެ ކަލޭމެންނަށް ކުޅި ދަށްކާލާނަން ހުރޭ މިސްޓަ ޕްރިޕެއިޑާ
ރައްޔިތުންގެ ހަޤީޤީ ބާރު ފެނިގެން ދިޔައީ އަނިޔާވެރިކަމުންތޯ؟
މަޖިލީހުގައި ތިބި ގުންޑާއިންގެ ބާރު ފެނިގެން ހިނގައްޖެ. ރައްޔިތުން ވެރިކަން ޙަވާޅުކުރި ލާދީނީ ގުންޑާއިންގެ ނުބައި ނުލަފާކަން ދައްކާލައިފި. އެޖެންޑާ 19 ވަރަށް ތަފާތު.
ލާދީނީ އެމްޑީޕީއަށް ވޯޓުދީ، ސުޕަރ މެޖޯރިޓީ ދިން މީހުން ދެން ބާރަށް އަތްޖަހާ.
އަދި ކަލޭމެންގެ އާއިލާމީހުން ފުނޑާލާތަންވެސް ފެންނާނެ.
ދީންމުގުރާތީ ނިޒާމް ހަރުދަނާވަނީ މިއޮތްގެން.
އެންމެ ބަާރުގަދަ ފަރާތަކީ މާތްﷲ. ﷲގެ ބާރު ކަލެޔަށް ރީތި ގޮތަކަށް ދަޢްކަވާނެ. އިންޝާﷲ
އިންޑިއާއިން މިރާއްޖެ ހިފުމަށް ގޮވާލި ޣައްދާރެއް ތިހެންބުނުމަކީ ހައިރާންވާވަރުކަމެއްނޫން
ކާޕެޓްވަގަށް ގެންދިޔަ މައްސަލަ ބަލާނީ ދެންއަންނަ ދައުރެއްގަ. ބޮޑުވަޒީރުކަމަކަށް ޝާހިދަށް ނާދެވޭނެ
ރައްޔެތުން ވެބޫ ހައްދަނީ. “ޑިމޮކްރަސީ” އަކީ މަކަރެއް. ޢެއްބަޔަކައް ބާރުލިއްބައިދޭ ނިޒާމެއް. އެކަން މިއޮތީ ރީތިކޮއްފެނިފަ. ކޮންބާރެއް ރައްޔެތުންނައް ލިބުނީ؟ މުޅި ރައީސް އޮފީހާ މަޖްލިސް ގެ ވެރިކަމާ ޕޮލިސް އާ ކޯޓު ތައް އޮތީ އެއް އާއިލާއެއްގެ ދަށުގަ އެއްޕާޓީ އެއްގެ ދަށުގަ. ރައްޔެތުން ހަމަ ގުބޯހަދިފަ ބަލަހައްޓައިގެން ދަތްދޮޅިދަށައް އަތްކޮއްޕާ އިރުވެސް.
ޔާމީނުގެ ވެރިކަމުގައި ތިޔަމަޖްލީސް ހިންގީ ކިނެއްކަން ކިތައްމީހުން ހަދާން އެބަހުރިތަ ؟ މިނެދިން ނާޅިއަކުން މިނެދިނީމަ ރަގަޅުވާނެ ! އެހެންނޫނީ ތިޔަ އިދިކޮޅޭ ކިޔާ ބައިގަޑު މައިތިރިއެއް ނުވާނެ !
ކަލޭމެންނަށް ރީނދޫ ބައިގަނޑު ކޮންމެ ކަމެއް ކުރިއަސް ހަމަ އެއީ ރަނގަޅު ކަންތައްތައް. އެހެން ބަޔަކު ކޮށްފިއްޔާ ރަނގަޅުކަމެއްވެސް ނުވާނެ ރަނގަޅެއް. ކަލޭމެންގެ ބާރު އަބަދު ތިހެން އޮވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު
މިއީ ހާދަ ލަދު ހަޔާތްވެސް ކުޑަ މީހެކޭ ދޯ..މިތަ ރައްޔިތުން ބޭނުންވާ ގޮތަކީ. ... ޤާނޫނެއް ނެތް
މޑޕ ގަ ނުހުންނާނެ ލަދުހަޔާތުގެ ކަންފުޅެއް ހުރި ހަމަ އަކަކުވެސް އަންހެންވެސް ފިރިހެންވެސް.
ދެންވިސްނާ މިނިސްޓަރުންގެ ނަސޭހަތް ގައުމުހަލާކުކުރާ މަންޒަރުބަލަންތިބެ އަތްޖަހާ ކޮންމެމީހަކީ ގައުމުގެ ހާއިނުންނޫންތޯ
ރަޢިއްޔަތުންގެ ބާރުވެރިކަމަކީ މާރާ މާރީ ހިންގުމާއި ތަޅާފޮޅުން ތޯ؟ ދުލުގެ މިނިވަންކަމަކީ ނެތިނުބައިމޮށުންތޯ؟ ދީނީ މިނިވަންކަމަކީ ވައްކަމާއި މަސްތަކެތި ޢާއްމުވުމާއި ޒިނޭކުރުންތޯ؟ ޝާހިދު ތިމާނަކުރެއްވީ އެގޮތަށްކަމަށްވާނަމަ އެކަން އެބަފެނޭ
ކާޕެޓް ވަގަށް އަދި އަސްލު ރައްޔިތުންގެ ބާރު ނުފެންނަނީ ، އިންޝާﷲ މާގިނަ ދުވަހެއް ނުވެ އެދުވަސް ފެނިދާނެ ..
ބާރުހުރި ބައެއް އެނގޭދުވަހެއް ލަހެއްނުވެ ފެންނާނެ ގުންޑާ އިއްޒަތްތެރިން މެންބަރުންނަށް.
މިނިސްޓަރުގެ، ފެންވަރު.ދޯ
މީނަގެ ހުރިގޮތެއް ފޮތެއް ނެތްކަން ބަލާ ބަލަ ދައުލަތުގެ ހުރިއްޔާހުރި ފައިސާއިން މުޅިދުނިޔޭގަ އުދުހިފަ އައިސް ކާޕެޓް ކަޓުވާލައިގެން މީހުނަށް ދޭނުބައި ވަސް ވާސް މީއެއްޗެހީގެ ގޮތެއް ފޮތެއް ނެތްކަން ވަަށް ސާފުކޮށް އެނގިއްޖެ ! ގުންޑައިން ކިޔަނީ ހަމަ ކިޔަން ވެގެން ތީހައްތާވެސް ގުންޑައިން އެނޫމް އެއްޗެއް ތިތާކު ނެތް
ކަލޭމެން ވެރިކަމަ އަރާ ތިޖޫރީ ބޯޑުކުރަނީ. ޤައުމަށް ވަނީ ގެއްލުން
ރައްއަތުންގެ ބާރު ތި ދައްކަނީ ވަލުޖަނަވާރުންގެ އުސޫލު ރައްއަތުނގެ ބާރު ފެއްނާނެ ވަރައް އަވަހަށް
ރައްޔިތުންނޭ ކާޕެޓް ވަގަށްނެގީވެސް..ރައްޔިތުން ރައީސްއޮފީހުގެ ތަނބުތަ ކުން ދެއިންޗި ކާލީވެސް...ރައްޔިތުން ޕްރިޕެއިޑް ދަށުވީވެސް..ރައްޔިތުން ދިވެހި ގައުމު ހިފަން އިންޑިޔާއށް ދައުވަތުދިނީވެސް..ރައްޔިތުން ބޭރުގައުމުތަ ކުން ލިބޭ ހިލޭ އެހީ ކާލަނީވެސް...ރައްޔިތުން ލިފްޓް ވަގަށް ނެގީވެސް..ރައްޔިތުންގެ ގެއެއް އިބުރާހިމު މިސް ކިތް ކުރިމަތީގަ އެހުރީ ދިހަބުރިއަށް ނަގާފަވެސް..ސޯސަންމަގުގަ އެހުރި ގެއަ ކީ އަސްލުވެސް ރައްޔިތުންގެ ގެއެއް..އެއީ ކުރީގަ ސަރު ކާރުގެ ދިދަ ދަނޑިތައް ބަހައްޓާގެ..އެގެއަށް އޭރު ކިޔާއުޅުނު ކަމަށްވަނީ ދަނޑިގެ..
ރަހެއް، ވެރިއެއް، ކަލޭފާނެއްގެ ބާރެއް ނުމެހިނގާ ދުވަހެއް.
ލަހެއް ނުވެ އާދެޔޭ ކުރިމަތިވަމުން އެބަ ހައްގުވެރި ގޮތުގައި.
ރައްޔިތުން ނުކުމެ ތިބައިގަންޑުގެ އަލާފިލުވައިލާނެ
ކިހާދުވަހަކައް ރައްޔިތުންގެ ހަގީގީބާރެ ބުނަން ތިހެން ކޮޅައްހުރެވިދާނެތަ ؟
އިންސާފުގެދަރުބާރުގައިކޮއްޅައްހުންނަ
ވަގުތު،ކުރެވޭސުއާލައްފުރިހަމަޖަވާބުދޭން
ޖެހޭނެކަންދަންނާތި،
ކަދުރު ރުކަށް އަރާ ހިބަރުވަދު އުކާކަލަލޭގެ އަނިޔާވެރިކަމަށް ހިތްވަރު ދީފި
ހަމަހިނިއަންނަނީ
ޜައްޔަތުންގެ ބާރަ ކީ ރައްޔަތުން އަމިއްލަޔަށް ނި ކުމެ އިންސާފު ހޯދުންތަ؟ ކީއް ކުރާ ފަޑިޔާރުގެތަ ކެއް ؟ ކީއް ކުރާ ފުލުހުންގެ އިދާރާއެއް؟ ކީއް ކުރާ ލިޔެވިފަހުންނަށް އުސޫލުތަ ކާއި ހަމަތަކެއް؟ ވަރަށް ލަދުވެތި ހުތުރު ކަންބޮޑު ވާހަ ކައެއް ތިދެއް ކީ ޝާހިދު..
ހިކަނދި ޝާހިދު ކާޕެޓް ކޮބާހޭ
ކުއްލިއަކަށް ބޭރު ބިދޭސީން ސަލާމަތީ ބާރުތަކާ ކުރިމަތިލީ ސިޓިޒަންޝިޕް އިސްލާޙް ޖަސްޓިފައި ކުރަން ނޫންބާ؟