ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުން އޭރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީ އާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ވެސް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ނިންމިކަމަށާއި ނަމަވެސް އޭގެ ފަހުން ސައުދީ ނިންމީ ފުލުހުންގެ ވަޒީފާ އިން އިސްތިއުފާ ދޭން ކަން ހާމަވެއްޖެއެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުނު ރޭ އަރީފް ޕޮލިސް ކޮމިޝަނަރު ކަމުން ވަކިކުރުމަށް ފަހު ފުލުހުންގެ އިދާރާ ހިންގުން ރައީސް ޔާމީން ސައުދީ އާއި ހަވާލު ކުރިއެވެ. ނަމަވެސް ފެބްރުއަރީ 03 ވަނަ ދުވަހު ރައީސް ވަނީ ސައުދީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

ކޮމިޝަނަރު ކަމުގެ މަގާމުގައި އަރީފް ހުރިއިރު އޭނާގެ ޕާސަނަލް ސްޓާފް އޮފިސަރުގެ މަގާމު އަދާކުރި ޕޮލިސް ޗީފް ސްޓޭޝަން އިނިސްޕެކްޓަރ އަލީ ޝާޒްލީގެ ލީކްވެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުމުން ސައުދީ ކޮމިޝަނަރ ބިއުރޯ އަށް ހާޒިރުކޮށް އެތަނުގައި އަރީފް ސައުދީ އާއި ބައްދަލު ކުރިކަމަށެވެ.

"ސީޕީ އަރީފް، ޑީސީޕީ އަހްމަދު ސައުދީ ގާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް އައިސްފައި އެބައޮތޭ، މިއަމުރާއި މެދު ގޮތެއް ނިންމަން ޖެހޭނެ ނޫންހޭ، ބުނިއަޑު އަޅުގަނޑު އެހީމެވެ. ކަމިޝަނަރ އެގޮތައް ބުނުމުން އެއަމުރަކީ ތަންފީޒު ކުރަން ޖެހޭނެ އެއްޗެކޭ، ތިއަމުރަކީ ކޮންކަހަލަ އަމުރެއްތޯ ބަލާނީ ސްޓޭޓުންނޭ (ދައުލަތުންނޭ) އަޅުގަނޑުމެންގެ ކަމެއް ނޫނޭތީ ފުލުހުން ޖެހޭނެއޭ ފުރިހަމައަށް ތިއަމުރަށް ތަބާވާން، މިހެން ޑީސީޕީ އަހްމަދު ސައުދީ ބުނި އަޑު އަޅުގަނޑު އެހީމެވެ." ޝާޒްލީގެ ބަޔާނުގައި ވެއެވެ.

ޝާޒްލީގެ ބަޔާނުގައި ބުނީ އަމުރު ނެރުނު ފަހުން ޑިފެންސް މިނިސްޓަރުގެ ސެކެޓްރީ އޭނާ އަށް ގުޅާފައި ސީޕީ އާއި ޑީސީޕީ ބަންޑާރަ ކޮށްޓަށް އައުމަށް ރައީސް ވިދާޅުވި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި ކަމަށާއި އަދި އަންނަ އިރު ޔުނީފޯމް ލައިގެން އައުމަށް ވެސް ވިދާޅުވި ކަމަށެވެ. އެވާހަކަ ސީޕީ އާއި ޑީސީޕީ އަށް ދެންނެވުމުން މިހާލަތުގައި ޔުނީފޯމް ލައިގެން ނުދެވޭނެ ކަމަށް ޑީސީޕީ ސައުދީ ވިދާޅުވި ކަމަށް ޝާޒްލީގެ ބަޔާނުގައި ވެއެވެ.

ޝާޒްލީގެ ބަޔާނުގައި ބުނެފައި ވަނީ ދެބޭފުޅުން ލަސްވެގެން ދެވަނަ ފަހަރަށް ޑިފެންސް މިނިސްޓަރުގެ ސެކެޓްރީ ގުޅާ މިހާރުން މިހާރަށް ދެބޭފުޅުން ބަންޑާރަ ކޮށްޓަށް އައުމަށް ރައީސް ވިދާޅުވިކަމަށް ދެންނެވުމުން އެވާހަކަ އަނެއްކާވެސް ދެބޭފުޅުންނަށް ދެއްނެވި ކަމަށެވެ. ދެވަނަ ފަހަރަށް އެހެން ދެންނެވުމުން ސީޕީ އަރީފް، ޑީސީޕީ ސައުދީ ކައިރީގައި ކިހިނެއްހޭ ހަދަންވީ އެހި ކަމަށާއި އެހެން އެހުމުން މިވަގުތު މަސްލަހަތު ބޮޑު ގޮތަކީ ނުދިއުން ކަމަށް ޑީސީޕީ ސައުދީ ވިދާޅުވި ކަމަށް ސާޒްލީ ބުންޏެވެ.

ޝާޒްލީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރުގެ ސެކެޓްރީ ތިން ވަނަ ފަހަރަށް ވެސް ގުޅިއެވެ. ތިން ވަނަ ފަހަރަށް ޑިފެންސް މިނިސްޓަރުގެ ސެކެޓްރީ ގުޅުމުން ސީޕީ އަރިހުގައި އިންނަވާ ޑީސީޕީ ސައުދީ ވިދާޅުވީ މާލޭގެ ހާލަތު އޮތް ގޮތުން ފުލުހުންގެ އިދާރާ ދޫކޮށްލުމަށް ފަހު ދެވެން ނެތް ކަމަށެވެ.

އޭގެ ފަހުން ޑީސީޕީ ސައުދީ އާއި ސައިފް ހުސައިން ކޮމިޝަނަރ އޮފީހުގެ ތެރޭގައި ދެބަސްވި ކަމަށާއި އަދި ސައުދީ ނިކުމެގެން ދިޔަ ކަމަށް ޝާޒްލީގެ ބަޔާނުގައި ވެއެވެ.

"ޑީސީޕީ ސައުދީ ކަމިޝަނަރ ބިއުރޯ އިން ނިކުމެގެން ދިޔަތާ އިރުކޮޅެއް ފަހުން އަޅުގަނޑަށް ގުޅައި ކަމިޝަނަރ އަހްމަދު އަރީފް ގާތުގައި ބުނާށޭ ތިމަންނަ މިހާ ހިސާބުން ރިޓަޔަރ ވީއޭ މިހިސާބުން ތިމަންނަ ނުހުންނާނަމޭ މިސާވިސްގައި މިހެން ބުންޏެވެ." ޝާޒްލީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޑީސީޕީ ސައުދީ އެހެން ވިދާޅުވުން ތިއީ ހައްލެއް ނޫން ކަމަށް ޑީސީޕީ ސައުދީ އަށް ދެންނެވި ކަމަށާއި އަދި ޤާނޫނު ބުނާ ގޮތުން ޑީސީޕީ އިސްތިއުފާ ދެއްވާކަށް ދަންނަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް ބުނެފައި ވާނެ ކަމަށް ވެސް ޝާޒްލީގެ ބަޔާނުގައި ވެއެވެ.

ޝާޒްލީ ބުނީ ފޯން ކޯލަށް ފަހު އޭނާ ޑީސީޕީ ސައުދީ ހޯދަން ޝަހީދު ހުސައިން އާދަމް ބިލްޑިންގްގެ ތިރިއަށް ދިޔައިރު އެތަނުގައި ޑީސީޕީ ސައުދީ ހުރި ކަމަށެވެ. އޭނާ ފެނުމުން "ޝާޒް އަށް އެނގޭދޯ އޭ އަޅުގަނޑު ގެނައީ ހައްޔަރު ކުރަން ކަން." ޑީސީޕީ ސައުދީ ވިދާޅުވިކަމަށް ޝާޒްލީގެ ބަޔާނުގައި ވެއެވެ. ނަމަވެސް އެފަދަ ކަމެއް ކުރަން އުޅޭ ކަން ނޭނގޭ ކަމަށް ދެންނެވި ކަމަށް ޝާޒްލީ ބުންޏެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ވަަނަ ދުވަހުގެ ރޭ ނެރުނު އަމުރާއި ގުޅުން ހުރި މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ބަޔާން މީސް މީޑިއާގައި ވަނީ ލީކް ކޮށްލާފައެވެ. އެބަޔާންތައް ލީކް ކޮށްލާފައި ވަނީ މައްސަލައިގައި ހިމެނޭ ނުފޫޒު ގަދަ ބައެއްގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލިތަކުރު

    ވަރައް ހިތާމަ ހުރިކަމެއް. މިފަދަ ޤައުމީ ސަލާމަތައާ ގުޅުންހުރި ސިއްރު ލިއުންތައް ހާމަ ކުރުމަކީ އޭގެ ސަބަބުން ދުވަހަކުވެސް ފޫނުބެދޭ ވަރުގެ ގެއްލުން ލިބޭނެ ކަމެއް. މިކަމަކީ ވަކި ބަޔަކަށް ސިޔާސީ ކްރެޑިޓް ނެގޭ ވަރަށްވުރެން މާ ބޮޑެތި ކަންތައްތައް. ތިޔަ ކަންތައްތައް ކުރި ބަޔަކަށް ޤާނޫނުގަ އޮތް އެންމެ ބޮޑު އަދަބެއްދޭން ކަމާބެހޭ މުޢައްސަސާ ތަކަށް ގޮވާލަން

  2. ނުރަބޯ

    އެހެންވީމާ ސަޢުދީއަކީވެސް ސީޕީ ޢަރީފް ފަދައިން އުއްތަމަ ބާޣީމެންގެ ގްރޫޕް މީހަކަށްތާ މިވަނީ. އިޚްލާޞްތެރިކަން ހަމަ ނެތިއްޔޭދޯ.

    • ޕީޖޭ

      ފުލުހެއްވިޔާ ބުނާނީ ކޯޓުއަމުރެއް ތަންފީޒުކުރަން،، އެއަށްފަހު ސްޓޭޓުން އެކަމަށް އަވަހަށް އަޅަންޖެހޭ ފިޔަވަޅު އަޅާނީ، މާނައީ އެބަލާ ބެލުންތަކުގައި ބަލާނީ އެއްވެސް ނުފޫޒެއް އެފުލުހަކަށް އައިތޯ ނުވަތަ ކޮރަޕްޓްތޯ ދެން އެކަމަށް ފިޔަވަޅު އަޅާނީ..ކަމެއްދިމާވާއިރަށް އިސްތިއުފާ ދިނުން އެއީ ފިނޑިންގެ އަމަލެއް..އެމީހާ ސާފުކޮށް ވަކި ސިޔާސީ ޕާޓީއަކަށް ނުޖެހި ހުރިއްޔާ ނުޖެހޭ އިސްތިއުފާދޭން ކަމެއް ކުރެވިފައި އޮތީމަ ބުނާނީ ހައްޔަރުކުރަންށޭ ގެނައީ..ލޮޖިކް

  3. ހަސަން ތަކުރު

    ބަޔާންތަކުން އެނގޭ ގޮތުގައި ފުލުުހުންގެ އެގްޒެކެޓިވް ލެވެލްގެ އެއްވެސް ބޭފުޅަކަށް މިއަމުރު ނެރޭނެކަން ކުރިން އެނގޭކަށް ނެތް. އަދި ފުލުހުންވެސް މި ފަދަ އަމުރަކަށް ތައްޔާރުވެފަކާއެއްވެސް ނެތް. ފުލުހުންގެ ތެރެއިން ހިނގައި ދިޔަ ކަންކަމަށް ބަލާއިރު މިހާރުވެސް އިސްކޮށް ތިއްބެވި ފުލުހުންގެ ޓީމު އުޅުނީ އަމުރު ތަންފީޒުކުރުމާގުޅޭގޮތުން ކުރާނެ ކަމެއްގެ ފައިނަލް ޑިސިޝަނެއް ނަގަން ނުކެރި ލީޑަރޝިޕްގައި ކެއޯސްއަކަށް ގޮސްގެންކަން އެނގޭ. އަދި ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާކަން ވަރަށް ރަނގަޅަށް ހާމަވޭ. ފުލުހުންގެ ތެރެއިން މަޤާމު ގެއްލުނު ބޭކަލުންނަށް އެފަދަ ގޮތަަކަށް މެދުވެރިވީ އަދި ތުހުމަތުކުރެވެނީ މިސްއަންޑަރސްޓޭންޑިންއެއްގެ ތެރެއިންކަން ފާގަހަކުރެވޭ. ބޮޑަށް ބެލެވޭގޮތުގައި އެ ސިޗުއޭޝަނުގެ ނާޖާއިޒް ފައިދާ ނަގައި ބަޔަކު ފުލުހުންނާ ފުލުހުން ޖައްސަން މަސައްކަތް ކޮށްފަ އޮތްކަން ހާމަވޭ.. އުންމީދަކީ ހައްޔަރުކުރެވުނު ހުރިހާ ކުދިން މިނިވަންވުން.. ފުލުހުންގެ ފްރޮފެޝަނަލިޒަމް ހާމަވެއްޖެ.

    • ޖޮއްބެ

      ފުލުހުންނާ ސިފައިންގެ ވެރިޔާ ފޯނު ކޮށްފައި އަންނަން އެންގީމަ ނައީ ކީއްވެބާ.....؟؟؟ ނޫނޭ ސަޢުދީވެސް ހީކުރީ އާނ އާނ ދެންމިސަރުކާރު މި ވެއްޓެނިއްޔޭ ދެން ރަގަޅުވާނީ އަނެއް ކޮޅަށް ޖެހުމޭ. އެހެންހީކޮށް ޒާތަކު ގޮތަކަށް އުޅެގަނެވުނީ....!!!

      • ޝުއައިބު

        ފުލުހުންގެ އެންމެ އިސް މީހަކީ ހޯމް މިނިސްޓަރު... ސިފައިންގެ އެންމެ އިސް ވެރިޔަކީ ރައީސް... އެއީ ދެމީހުން...!!

  4. އަންނި

    ތެދު ދޮގެއް ނޭގެ. ނަމަވެސް ޔަގީނުންވެސް އެ ދު މީހުން އަމުރު ތަންފީޒު ކުރަން ތައްޔާރަށް ތިބި ނަމަ އެކަން ކުރީސް. ކޮންމެވެސް މީހެއްގެ އަމުރަށް އަދީބާއި ފާރިސް ލޯންޗްގައި ތިބި ކަމަށް ބުނޭ ބަޔާން ތަކުގައި އެހެންވެއްޖެ ނަމަ އެ އަމުރު ތަންފީޒު ކުރުމާއި ދެމެދު ވާނީ ދޫނިދޫ އަން މާލެ އަނަނަން ނަގާނެ ވަގުތު.

  5. އަލީ

    ނަޝީދުގެ ނުލަފާކަން މީގެން އެނގިގެންމިދަނީ.

  6. ޒާ

    ކިތަންމެ މެޑެއްޔެއް ޖަހާފައި މަތީމަގާމުތަކުގައި ތިއްބަސް އެނގޭހާވެސް އެއްޗަކީ ތިމާމެންގެ ބުއްދި ފަސްވެފައިވާކަމާއި، ލިބެން އޮތް ބޮޑު އެތީގެ ބޭނުމުގައި މިވެރިން ގައުމު ހަނާވެސް ކޮށްފާނެކަމެވެ.

  7. ނަޖްވާ

    މި ބަޔާންތައް ލީކު ކޮށްލީ ސީދާ ސަރުކާރުގެ އެންގުމަށް ޕޮލިހުންކަމަށް ވަރަށް ބޮޑަށް ބެލެވޭ! އެއީ އެ ކުރާ ކަންތައްތަކަށް ޖަސްޓިފިކޭޝަން ހޯދަން ކަމަށް ބެލެވެނީ! އާއްމުންގެ ރުހުމާ ހަމްދަރުދީ ހޯދުމަށް!

  8. ސުލައިމާން

    ދިވެހިރައްޔިތުން ހޭވަރިވެ ރަގަޅަށް ވިސްނާލާށެވެ! ސްޕްރީމްކޯޓުން ނެރުނު އަމުރުގެ ޙަޤީޤަތް މިހިރަ ހާމަވަނީއެވެ. މާތްﷲގެ ކުޅަދުންވންތަކަމުން މި ދިވެހިޤަވްމު މިނުބައި ރޭވުމުން ރައްކައުތެރިކުރައްވައިފިއެވެ. އަލްޙަމްދުލިﷲ!