ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އެ ރިސޯޓްގެ މެނޭޖްމެންޓުން ނިންމައިފިއެވެ.

އެ ރިސޯޓްގެ މުވައްޒަފުންނަށް އެކަން އަންގާ ފޮނުވާފައިވާ މެމޯ މީސްމީޑިއާގައި ވެސް ވަނީ އާއްމުވެފައެވެ.

އެ މެމޯގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށެވެ. އަދި އެ ރިސޯޓްގެ ވިޔަފާރިއަށް ވެސް އިންތިހާއަށް ގެއްލުންވެފައިވާކަމަށާ މުވައްޒަފުންނަށް އެ ހާލަތުން އަސަރު ނުކުރޭތޯ މެނޭޖްމެންޓަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްފައިވާނެ ކަމަށް އެ މެމޯގައިވެއެވެ.

އެހެންނަމަވެސް މިހާރު ރިސޯޓްތަކަށް އޮތް ޑިމާންޑް ކުޑަވުމާއި، ރިސޯޓްގެ މާލީ ހާލަތު ހުރި ގޮތުން މުވައްޒަފުން މަދު ނުކޮށް ފަރުޖައްސާލެވެން ނެތް ކަމަށް އެ ލިޔުމުގައިވެއެވެ.

ރީތިރަށް ރިސޯޓްގެ މުވައްޒަފަކާއި ހަވާލާދީ "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ މުވައްޒަފުން ވަކި ކުރަނީ ވަކި ތަރުތީބަކުން ނޫންކަމަށެވެ.

" 10% ކުޑަ ކުރާ ވާހަކަކީ. އެކަމަކު 150 އަށް ވުރެ ގިނަ މީހުން ވަކިކޮށްފި. ހަމަ ރެކްޑޮމްކޮށް ވަކިކުރަނީ. ބައެއް ޑިޕާޓްމަންޓްތަކުގެ ވެރިންވެސް ވަކިކުރި." އޭނާ ބުންޏެވެ.

ވަން އެންޑް އޮންލީ ރިސޯޓަކީ ރާއްޖޭގައި އެންމެ މަޤްބޫލް ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން މަސައްކަތް ކުރާ އެއް ރިސޯޓެކެވެ.

އެންމެ މަތިން ސާވިސް ޗާޖް ދެމުން އައި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ މި ރިސޯޓްގައި ގާތްގަޑަކަށް 800 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ރިސޯޓްތަކުގެ މުވައްޒަފުން ވަކިކުރުމުގެ މައްސަލަ ފެންމަތިވަމުން ދާއިރު އަލުން ރިސޯޓްތައް ހުޅުވާލާނެ ކަމަށް ބެލެެވެނީ އަންނަ ޖުލައި މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޒަރާނާއަލީ.

  މިމީހުންގެ ޕެންޝަން ފަންޑުގެ ލާރިން %50 މިހާރުން މިހާރައް ދިނުމައް ސަރުކާރައް ގޮވާލަން ދެންދުވަހަކުވެސް ވޯޓެއް ބޭނުމިއްޔާ

  20
  2
 2. ކާފަބޭ2020

  ތިޔަމީހުންވާ ވަރަށްގިނަދުވަހުތިޔަމީހުންގެންގުޅެފިތާ ރރާއްޖޭބޮޑު މަހުޖަނަށްކެތްނުވިހަފުތާއަކަށްވެސް ތިޔަވަކިކުރާކުދިންނަށްﷲ ހެޔޮގޮތްމިންވަރުކުރަށްވާށި! އާމީން!

  16
  1
 3. ނާޒިމާ

  ?? މީދެން ކިހާ ދެރަކަމެއް

  15
  1
 4. ކޮރަލް

  ބިދޭސީންނަށް ވުރެ ގިނަ އިން ދިވެހީން ކަނޑާލަނީ ތޯ ބަލާލަ ބަލާށެވެ.

  21
  1
  • އިބްރާހިމް

   ގިނައިން ކެނޑީ ދިވެހިން ފިލިޕީންސް މީހުން ބާރު އޮންނަ ތަނެއް ތީ

 5. ށިޔާށި

  ގިނަދުވަސް ވެފަ ތިބި މުއައްޒަފުން ކަޑާ ލާއިރު ފަހުން ދިޔަ މުއައްޒަފުން އެބަތިބި މީ އިންސާފެއް ނޫން

  12
  1
 6. އެޑްމުންޑޯ

  މިހާރު ރިސޯޓްތަށް ހުޅުވަން ތައްޔާރު ވާއިރު މުއައްޒަފުން ވަކިކުރަނީތަ ،

 7. ދޮންބެ

  ގާނޫނު ހަ ދާމީހުން ގާނޫނަށް ފައިންއަރާ މަންޒަރު ފެންނަނީ މިސާލަކަށް ސޭޓް ކޮވިޑޭ ބުނާއިރަށް ކޮވިޑަށްވުރެ ސޭޓްގެ ނުލަފާކަން ދައްކާލި ވަގުތުން ވަގތަށް މެމޯނެރެ މުސާރަކުޑަކުރި މާޗްމަހު ނިމެން ދެން ސަންއައިލެންޑްް ގައި ގެސްޓުންތިބި އަ ދިވެސް މާޗް މަހުގެ މުސާރަނު ދޭ ކޮބާ ރަމަޟާން އިނާޔަތް، ގާނޫނު އަސާސީ ފާސްކުރިމީހާގެ ހާލުމީ.