ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކޮންމެ ތަނެއްގައި ވެސް ޖިނައީ ކުށެއް ކުރައްވައިފި ނަމަ، އެކަން ބެލޭނެ ކަން ގާނޫނާއި ކޯޓުތަކުގެ ނިންމުންތަކުން ސާފުވާ ކަމަށް މަޖިލިހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

އުޝާމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ނިޒާމަށް ހުރަސް އެޅުމުގެ ވިސްނުން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެންނެވެ.

އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ވެސް ޖިނާއީ ކުށެއް ކޮންމެ ތަނެއްގައި ކުރެއްވި ނަމަވެސް އެކަން ބެލޭނެ ކަން، އަދި ބަލަން ޖެހޭނެ ކަން ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ސާފު ކަމަށެވެ. އަދި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން އެކަން ވަރަށް ސާފު ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

"މަޖިލިހުގެ ނިޒާމަށް ހުރަސް އެޅުމުގެ ވިސްނުން އިމްރާންގެ ހުރެގެން ނުވާނެ"

އޭގެ ފަހުން އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ސުޕްރީމް ކޯޓުން މީގެކުރިން ކުރި ހުކުމެއް އާންމު ކުރައްވައިފައެވެ.

ހަސަން ލަތީފްގެ ފާޑުކިޔުން އިމްރާނަށް އަމާޒުވީ ރައްޔިތުންގެ މަޖިލިހުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ފުލުހުން ތަހުގީގު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވުމުންނެވެ. އިމްރާން ވިދާޅުވި ގޮތުގައި މަޖިލިހުގައި ހިނގައިދިޔަ ކަންކަން ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެކެވެ.

އިމްރާންގެ އެ ވާހަކަތަކާ ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލިހުގެ ގޮނޑިއެއްގެ މިންވަރު ވެސް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް މަޖިލިހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލިހުގެ އިންތިޒާމުތެރެއަށް އަރައިގަތުމުގެ ވިސްނުން އިމްރާންގެ ހުރެގެން ނުވާނެ ކަމަށެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން އެންމެ ފަހުން ބޭއްވި ޖަލްސާގައި މެމްބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މެމްބަރުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  ސާބަހޭ، ތިޔައީ މެމްބަރުންނަކީ، މޫނަކަށް ކަނދުރާއަކަށް ނުބަލައި ވަކިފަރާތަކަށްނުޖެހި އިންސާފަށް ވާހަކަދެއްކުން، ބޭފުޅާ ޙިޝާމު ތިޔަގޮތުގައި ހިފަހައްޓައިގެން ކުރިއަށް ވަޑައިގަންނަވާ

 2. އެކްޓަރ

  ހުޝާމަކީ ތަޖްރިބާ ހުރި ޤ.ވަކީލެއް އަދިކުރީގެ ޑ.އެޓަނީ ޖެނެރަލް. ޑރ. އަހުމަދު އަބުދުﷲ ދީދީ އަކީ ކުރީގެ ސްޕްރީމް ކޯޓްގެ އުންތަމަ ފަނޑިޔާރު..
  މިފަދަ ބޭފުޅުންގެ ރައުޔަ އަކީ މެންބަރުން ކުށަކަށް އެރިވާހަކަ އަދި ތަހުގީގުކޮށް ޕޮރޮސިކިއުޓަރ ކުރަންޖެހޭކަމަށް...ރާއްޖޭގެ ރައްޔިތުން ބުނަނީ ތަހުގީގު ކުރާށޭ.... މިއަދު ނުކުރިޔަސް އިސްނަގައިންކޮށް އަދަބާއި ކުރިމަތިލާންޖެހޭނެ.... މިދުވަސްދާނެ. .ރާއްޖޭގެ ވ ގިނަ މޮޅު ލޯޔަރުން ވިދާޅުވަނީ ޤާނޫނު މުގުރަމުން އަންނަކަން.
  އަދުލު އިންސާފު ނެތި ޤައުމު ފުނޑެނީ...ރައްޔިތުން ނުކުންނާނެ، ރ.ޔާމިނަށް ހައްގު އިންސާފު ލިބި ވ އަވަހަށް ޖަލުން ނެރޭނެ...ރައްޔިތުން ނުކުމެ ގުޅެކުޅޭ ފަސްގަޑަށް އެއްވެ މާއްދާ 4 ކުން ލިބޭ ހައްގު ހޯދާނެ...

 3. އަލީ

  ސާބަސް ތިހެން ތިބޭނީ ދިވެހި ދަރިން

  11
 4. ޙައްގުބަސް

  ކޮންމެ ފަދަ މީހަކުވިޔަސް ޖިނާޢީ ކުށެއް ކޮށްފިއްޔާ އެކަން ބަލާ ގާނޫނީ ފިޔަވަޅު އަޅަންޖެހޭ!! އެއީ ރައިސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރި މީހާ ކަމުގައިވިޔަސް! މަޖްލލިސްގެ ރައިސް ކަމުގައި ވިޔަސް ޖުޑިޝަރީގެ އިސް ފަނޑިޔާރަކު ކަމުގައި ވިޔަސް ޖިނާޢީ ކުށެއް ކޮށްފިއްޔާ ގާނޫނުގައި އޮތް އަދަބު އެމީހަކާއި އަރާ ހަމަކުރަންޖެހޭ!! މައްސަލަ ބަލަންޖެހޭ!! މަޖްލިސްތެރޭ މާރާމާރީ ހިންގުމުގެ ލައިސަންސް އެއްވެސް ވަރަކަށް އެއްވެސް މެމްބަރަކަށް ދީފައިވާ އެއްވެސް ގާނޫނެއް ނޮއޮންނާނެ މިރާއްޖޭގައި!! މަޖްލީހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒްތަކާއި ބެހޭ ގާނޫނުގައިވެސް ނޮއޮންނާނެ ޖިނާޢީ ކުށެއްކުރުމުގެ ބާރު އެއްވެސް މިންވަރަކަށް ދީފަ!! އެއީ މަޖްލީހުގެ ޗެމްބަރުތެރޭ ކަމުގައިވިޔަސް!! މަޖްލީހުގެ މެމްބަރަކު ނަން އިއްވާ ޗެމްބަރުން ނެރެންޖެހޭ ގޮތްވެސް އޮންނާނެ މަޖްލީހުގެ ގަވާއިދުތެރޭ ސާފުކޮށް އެނގެން!! އެކަންކުރަން އޮންނަ ގޮތެއްނޫން އެހެން މެމްބަރުންވެގެން އަނެއް މެމްބަރު ތަޅާ ދަމާ ކޫއްތާފަ ބޭރުކުރާ އުސޫލު!! އަޅުގަނޑުމެންނަށް ފެނުނީ އިދިކޮޅު މެމްބަރަކު އޭނާއަށް ގާނޫނީގޮތުން ލިބިދީފައިވާގޮތުގެ މަތީން މަޖްލިސްތެރޭ ޚިޔާޅު ފާޅުކުރީމާ އެކަން ހަޖަމުނުވެ މަޖްލީހުގެ ރައިސް ނަން އިއްވާ ބޭރަށް ނިކުންނަން އެމެމްބަރަށް އެންގީމާ ދެން ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މަޖްލިސް މެމްބަރުން އެއްވެސް މެމްބަރު ވަށާލާ އޭނާގެ ގަޔަށް ބޮލަށްއަރާ ތަޅާ މާރާމާރީ ހިންގާ ދަމާކުއްތާފަ ބޭރަށް ނެރުނުތަން!! މަޖްލީހުގެ ރައިސްވެސް އެކަން އެގޮތަށް ކުރުމަށް ހިތްވަރު ދިންކަމަށް ބެލެވޭފަދަ ބަސްތަކާއި އިޝާރާތްތަކެއް ޓީވީ ބަލަން ތިބި މީހުންނަށް ފެނުނު!! މިއީ ބަލަންޖެހޭ ޖިނާއީ ކުށެއް! މިކަން ބަލާނުލާ ދޫކޮށްލެވޭތަން ރައްޔިތުންނަށް ފެންނަ ހިސާބުން ޢަދުލުވެރިކަމުގެ ކަންފުޅެއް ނެތްކަން ހާމަވެގެންދާނެ!!

 5. ހާށަވިޔަނި

  އަންދާ ޤާނޫނު ލަވަޖަހާބަލަ އެމްޑީޕީކުދިން.

  10
 6. ރޫހީ

  އީސަ އޭ. އޭނަޔަށްވީވަރު ކުޑަ. އޭނަ އުޅުންގޮތް ބަލާބަލަ ނިކަން ވީޑިއޯއިން ގޮތެއްފޮތެއްނެތި ގޮސް ހަމަ އަރައިގަންނަނީ. މަހަމަ މުޅިން ފޫހިވެއްޖެ

 7. ސަގަރުނާލު

  މަޖިލީހުގެ ތަޅާކުދިންކޮޅާއި އެކު މަޖިލީހުގެ ރައީސްހައްޔަރު ކުރުމަށް އިމްރާނަށް ހަރުކަށި އިބާރާތުން ގޮވާލަން