މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް އެގޮތަށް ވިދާޅުވީ ކުއްލި ސިއްހީ ހާލަތްތަކުގައި ފަރުވާ ދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުންނާއި އަތޮޅު ތެރޭގައި ސިއްޙީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާދިނުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކޮށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވީހާވެސް ބާރު ސްޕީޑެއްގައި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ކަމަށެވެ.

ހާއްސަ ގޮތެއްގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން އަތޮޅު ތެރޭގައި ދިމާވާ އެކިއެކި ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމު ކުރުމުގައި މިހާރަށް ވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އާސަންދަ ކުންފުންޏާއި އެސްޓީއޯގެ އިސްވެރިންގެ އިތުރުން ސިއްހީ ދާއިރާގެ ކަމާބެހޭ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސް ވަނީ އިމަޖެންސީކޮށް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖެހޭނެ ގޮތަށް ކަންކަން ރޭއްވެވުމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ގޮތަށް ވަސީލަތްތަކާއި އެހެނިހެން ކަންކަން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރު ކުރެއްވުމަށް ވެސް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށް ދެއްވުމަށް ވެސް އެމަނިކުފާނު މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ މިހާރު ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ކަންކަން ހަރުދަނާކޮށް ރަނގަޅު ކުުރމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހިޔާލެއް ދެއްވައިފައެވެ.

އަދި ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން މިހާރު ހުރި މައްސަލަތައް ހައްލުކޮށް އަވަސް ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމުގެ މުހިންމު ކަން ބައިވެރިން ފާހަގަ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މާބަނޑު މީހުންނަށް ފަރުވާ ދިނުމުގައި އަވަސް އިންތިޒާމުތަކެއް މުހިންމު ކަމަށް ނައިބު ރައީސް ވިދާޅުވި އިރު، ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ އަންހެނަކު ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެ ކުދިން ވަނީ ނިޔާވެފައެވެ.

ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ އަންހެނަކު ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެ ކުދިން ނިޔާވީ، އާސަންދައިން ލިބެން ޖެހޭ ހުއްދަ ނުލިބި ލަސްވެ މާލެ ނުފުރިގެން ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އަކޫ

  ވޮވް މީނަ އެބަ އުޅޭ ދޯ މިވެސް ނައިބް ރައީސެކޯ

  20
 2. Anonymous

  މިސްޓަރ ބޮޑާބެ!

  15
  1
 3. ރަބަރޭ

  ތިހުރިހާ މައްސަލައެއް ދިމާވެގެން ތިޔާއުޅެނީ ކޮންމެ ކަބަލަކު ރައްކާވާއިރު ފާއިލާކޮޅުގާ ހުންނަވާ މަނިކުފާނު ކޮވިޑް19 ގެ ސަބަބުން މާލޭގާއި ހައްޔަރުވުން
  ދެރަވަރު

  15
  1
 4. ރާއްޖެ

  މުހިއްމު ކަން ނޭގެނީ ތި ބޭފުޅުންނަށް.

  17
 5. ވިސްނާލުމަށް އެދެމޭ

  ސަތޭކަވަ ރަކަށް މީހުން މަ ރުވެ ވަޅުލާފަހުން ނާއިބަށްވެސް މުހިއްމު ކަންތައްތައިގެނީ...ބަލަ ނާއިބާ ތިބޭފުޅުންގެ ދަސްކު ރާ އުމު ރޭމިއީ...ސަ ރުކާ ރުން ބުނަމުންއައީ ކޮއްމެ އިހުމާލަކަށް ތަޖު ރިބާއެކޭ މިލިބުނީ ތިމަންނަމެންނަ ކު ރިޔަށްއޮތްތަނުގަ ރަގަޅުކު ރަން..އެހެންވީމަ މިދައު ރުގަ ތަޖު ރިބާކޮށް ނިމޭއި ރު އަންނަ ދައު ރަށް ވޯޓުލާނެ ރައްޔިތެވެސް ތިބެއްޖެނަމަ ތަޖު ރިބާ ލިބުނީ ނޫންތޯ...އަމީންގެ ގާބިލުކަމުގެ ފޮންޏެކަޑާލާނ މީހެއްނެތްތަ...ކޮބާ އަމީންގެ ޕ ރ ގް ރޫޕު. .އެއްޗެކޭބުނީމަ ބުނާމީހާ ނުބައިވަނީ...ތަންތާތިބި ކޮހުން ތަންފީޒުކު ރާ މަގާމުތަކަށްލީމަ ވާނީމިހެން...ކޮބާ ރައީސް ސޯލިހު ނުބައްލަވާތަ މިކަންތައް.. ރައީސްގެ އި ރުޝާދާއެކުއޯ ހު ރިހާކަމެ ހިންގަނީ އެހެންވީމަ ރައީސްގެ އި ރުޝާދުގައޮތީ ރައްޔިތުން މަ ރުވާން ދޫކޮއްލަންތަ.....

  16
 6. ބޯގޯސް

  ލާ ރި ބަނޑުނއަޅަން އަވަސް އިންތިޒާމުތަކެއް ހަމަޖައްސަބަލަ އަދިވެސް ބު ރާންތިތައް

  11
  1
 7. ޟިމޔ

  ޙމމމ އެނިމުނީ ދެންމިރޭ ހުރިހާ ޓީވީތަކުން ގޮވާނަގާނެ ނައިބުރައީސް ބުންޔޭ މިހެން މިއޮތީވާ ކަމެއް މިގައުމައް ލައްވާލާފަ ފަހަރެއްގައި އޮޅިގެންވެސް ބުނެވިދާނެތާ!!

  10
 8. މި އަދު ތޯ ތިވިސުންއަައީ...

  ޢެތައް ކުދިންނެއް ދުނިޔެއާ އަލްވަދާއު ކިޔާފި.. ކޮރޯނާގެ ބިރުވެރިކަމށް ލިބެންވާ ހިދުމަތާއި ފަރުވާ އަވަސް ގޮތުގާ ނުލިބި އަދި އެތައް ލަސްތަކެއް ވުމުން....
  ޢެއެއީ އެތައް އާއިލާތަކެއްގެ ފޮނިއުއްމީދުތަކެއް ... ގިނަމަސްތަކެއް މާމީހާ ވޭނުގާ އެދަރިފުޅަކަށްޓަކާ ހޭދަކޮށް ގިނަބުރަތަކަކާއި އެދަރިފުޅަށްތަކާ 9 މަހުގެ ގުރުބާނީތަކެއް ވޭތުކުރުމަށް ފަހު.... މި ކަންކަމުގެ ބަދަލު ދައުލަތައް ދެއްކޭނެތައް... ނޫން ދެއްތޯ...!
  މި ހާރު ތިބުނިގޮތައް ކިތައްވެރިންތޯ އިހުލާސް ތެރިކަމާއި އެކު މަސައްކަތް ކުރާނީ!!!
  ޢަދި އެވެރިން އެކަން ރަގަޅަށް ކުރޭތޯ ކާކުތޯ އެކަން ބަލާނީ ނުވަތަ ޒިންމާ އުފުލާނީ...!!!
  ކިހާ ދުވަހަކަތޯ ތިކަން ރަގަނޅުގޮތުގާ ކުރެވެމުން ދާނީ..!!!!
  ޢަދި ކޮރޯނާދެކެ ބިރުން އުޅޭ ވެރިން ނުތިބޭނެތޯ!!!
  ..
  މި އަދު މި ސުވާލުތައް ކުރަން ޖެހިފަވޭ..
  ކޮންމެވެރި އެއްވެސް އަދި ކޮންމެ ރައްޔެތެއްވެސް މި ސުވާލުތައް ހިތާ ހިތާ ކޮށްލާ...
  ... ބިރުވެތި ވާންވީ ﷲ އަށް .. ކޮރޯނާ އަކަށްނޫން..
  ޤާފިލްކަމުގެ ނިދިން ޙޭލާ އީމާންކަން އިތުރުކުރަމާ..!.

 9. އަލިބެ

  ކޮޔާ! މީހަކު ނުބުންޏަސް ތީ މުހިންމު ކަމެއް ކަން ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ. ނޭންގިގެން އުޅެނީ ސަރުކާރަށް.

  10
 10. ހހހހ

  ތިކަން ނޭނގޭ ކުޑަކުއްޖަކުވެސް ނޫޅޭނެ. ނެތިގެން މިއުޅެނީ އެކަން ކުރެވޭވަރުގެ ސަރުކާރެއްނު. އެކަން ރަނަގަޅުކުރަން ބުނަންވެސް ކެރޭ ވަރގެ މީހެއްނެތް. ރައީސްއާ ނައިބު ރައީސްއަކީ ބޒިންމާ އަދާ ނުކުރާ އެކަމަކު ބޮޑު މުސާރައަކާ ބޮޑެތި އިނާަޔަތް ތަކެއްނަގާބަޔަކަށްވީމަ ގައުމުގެ ރައްޔިތުން ހަލާކުވަމުން މިދަނީ. މިހާލަތު ރައްޔިތުން އެބަޖރހޭ ބަދަލޔކުރަން.

  10
 11. މަސީހު

  ކަލޭމެންގެ މައްސަލަޔަކީ މާބަސްގިނަވުމް އަމަލުން އަމައެކަނި ކުރެވޭކަމަކައްއޮތީ ވައްކަންކްމުގަވަނީނަމް .މިފަދަހާދިސާތައް ގިނަވާނެ

  11
 12. ރައްޔިތު މީހާ

  ހަމަ ބޭކާރު ބޮލެއް ތި

  11
 13. ޖިންނި

  އަހުރެމެނެގެ ޓެކްސް ފައިސާ މިކަހަލަ ކައްބޯތަކަށް ދީ ހުސްމިކުރަނީ ބޭކާރުން ބޭކާރު މީހެއް

  11
 14. Anonymous

  ނައިބުރައީސް އަކީ ވަރަށް މޮޅު މީހެއް. އޭނައަށް އެނގިއްޖެ އަވަސް އިންތިޒާމް ތަކެއް މުހިންމުކަން. މިކަން ދެނެގަތުމުގެ ގާބިލްކން މަށަށް ހިއެއްނުވޭ ރޮކެޓް ސައިންސްވެރިންގެވެސް ހުންނާނެހެނެއް. ދެން ދެރަކަމަކަށްއޮތީ، ނައިބު ރައީސް ނާސާއަށް ގެންގޮސްފާނެތީ. މިވަރުގެ މޮޅު ސައިންޓިސްޓެއް އެމީހުންވެސް ބޭނުންވާނެ.