ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ރޭ މަޖިލީހުގެ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން ހިނގާދިޔަ ހަމަނުޖެހުންތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށްފަހު ކުރިޔަށްވުރެ ވަރުގަދަ ރޫހެއްގައި ސިޔާސީ މަސައްކަތަށް ނިކުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އެރޭގެ ޖަލްސާގައި ހިނގާދިޔަ ކަންތައްތަކާއި އަދި މިހާރުގެ ހާލަތު ބަޔާންކޮށް ޝިޔާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އޭނާގެ ނަން އިއްވެވީ އެއްވެސް ނަސޭހަތެއް ދިނުމެއް ނެތި ކަމަށެވެ. ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ނަން އިއްވުމުގައި މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ އެއްވެސް އިޖުރާއަތެއް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ޝިޔާމްގެ ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ އޭނާ މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންނަށް އެންގެވީ މަޖިލީހުގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލީހުގެ ރައީސް އެންގެވި އެންގުވުމެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އެ އެންގެވުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އުސޫލުތަކާއި ވެސް މުޅިން ހިލާފަށް އޭނާ މަޖިލީހުން ނެރުމަށް ކަމަށް ބުނެ ގިނަގުނަ އަނިޔާތަކެއް އޭނާ އަށް ދީފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އޭނާ އަށް ލިބިގެން ދިޔަ އަނިޔާތަކަށް ފަރުވާ ހޯދުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އޭނާ މަޖިލީހުން ނެރުމަށް ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ހިންގި އަމަލަކީ ޖިނާއީ އަމަލެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން އެ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ޝިޔާމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މީގެއިތުރުން އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އުއްމީދަކީ އިންސާފުވެރިކަމާއި އެކުގައި އެ މައްސަލަ ބެލިގެން ދިއުން ކަމަށް ޝިޔާމްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޝިޔާމް ވަނީ އެ ހާލަތުގައި އޭނާ އަށް ޕީޕީއެމް އަދި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި މިނިވަން މެންބަރެއް ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ފަރާތުން ލިބިގެން ދިޔަ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި އެ ހައްސާސް ވަގުތުގައި އޭނާއަށާއި އޭނާގެ އާއިލާ އަށް ލިބިގެން ދިޔަ ހިތްދަތި ކަމާއި ނުތަނަވަސް ކަމުގެ ވަގުތުގައި އޭނާގެ ހާލު ބެލި އެންމެންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ލިބިގެން ދިޔަ އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރަށް ދާންޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ކުރައްވާފައިވާ ކަމަށާއި އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"މާތްﷲ ގެ ވާގިފުޅާއިއެކު ތިޔަ އެންމެ ބޭފުޅުންގެ ލޯތްބާއި ހެޔޮއެދުމާއިއެކު އަޅުގަނޑަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ލިބި އިރާދަކުރެއްވިއްޔާ ކުރިޔަށްވުރެ ވަރުގަދަ ރޫހެއްގައި އަޅުގަނޑު އެނބުރި އަންނާނަމެވެ،" ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން ގާނޫނުއަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ވެސް ސާބިތު ކަމާއިއެކުގައި ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝިޔާމްގެ ބަޔާން ނިންމާލައްވަމުން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޖެހިމީ.

  ވަޑާންގެ އަށް ވަދެ ވައްގަޑަށް އަތްކޮއްޕާފަ ފައިސާ ނަގައިގެން ގޮސް މާކަރީ ހޮޓަލުން ސައި ބޮވުނު ދުވަސް ހިގައްޖެ.

  3
  6
 2. ޖާނު

  ރޫހު ކިތަންމެވަރުގަދަޔަސް ހިތްވަރާ ބުންވަރު ހުރެގެން ތިކަަންތައްވާނީ.

  16
 3. ނާފިޒު

  ސާބަހޭ ދަރިޔާ ހިތްވަރު ލިބިގައްނާނީ ﷲ ހުގެ ހަޒުރަތުން. ސުކުރިިއްޔާ.

  29
  4
 4. ބަދުރޭ

  ރޫހުގެ ބަލިފައި ޝިޔާމަށް އެގިއްޖެ ދޯ؟ އަހަރެމެންގެ ރޫހު އަހަރެމެނަށް ލޮލުންވެސް ނުފެނޭ. ޝިޔާމް ވަރަށް ނަސީބުގަދަވީމަ ބަލިވެފައޮތް ރޫހު ލޮލަށްފެނި ފަރުވާދީ ވަރުގަދަ ތިކޮށްލަނީ.

  4
  13
 5. Anonymous

  ސޭބަހޭ ނޭފަރުގެ ފެޚްރޭތީ. ހިތްވަރު ގަދަ ބަޠަލެއްތީ. ޤާބިލް ޒުވާނެއް. ރައްޔިތުންގެ ފުރިހަމަ ތާއީދުއެބައޮތް. މިޤައުމަށްޓައި މާތްވި އިސްލާމްދީނަށްޓަކައި ވެސް އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭތި. އަބަދުވެސް ޙައްޤު ލިބޭނީ ނަޞްރަށް

  12
  5
 6. ޢަހޮމަދު

  ޔާމީނުވެރިކަމުގަ ގޯނިގޯންޏަަަށް އަޅައިގެން ވަގުފައިސާ ބެހިގޮތަށް ބަހަންނުލިބޭތީ ބުއްދިގޯސްވެފަތިހުރީ އެކަމަށް ބޭސްކުރީމަ ރަގަޅުވާނެ.

  4
  14
  • ދުރުމި

   ކަލޯ ޔާމީން ދައުރުގައި ގޯނި ގޯންޏަށް ފައިސާ އަޅައިގެން ބެހީ އަދީބު އާއި ޒިޔަތު!! ދެން އޭނާގެ އައުވާނުން!! އެކަން ކުރި މީހުން މަޖްލީހަށް ހޮވިފައި ނެތް މިފަހަރު!! ގޯނި ގޯންޏަށް އަޅައިގެން ބެހި ފައިސާ އެންމެ ގިނައިން ލިބުނީ ރީނދޫ މުއްލާ އަށާއި ކިނބުލަށާ މިހާރު ކަލޭމެންގެ ސަރުކާރުގެ މަތިވަޑާންގަނޑުގައި އުޅުނު ގިނަ މީހުނަށާ މަޖްލިސްގައި ތިބި ރީނދޫ ގުންޑާއިންގެ ބޮޑުންނަށް!! އެކަން ކަލެއަށްވެސް އެނގޭނެ!! ކަލެއަށް އެނގޭތަ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން އެފައިސާ ނެގި 220 މީހުންގެ މައްސަލަ އޮތްތާ އޮތްކަން އަތްލާން ނުކެރި!! އޭގެތެރޭގައި ތިބީ ގިނައިން ކަލޭމެންގެ ބޮޑުން! ޔާމީން ސަރުކާރުގައި އެވައްކަން ކުރި މީހުން ވަޒީފާއިން ވަކިކޮށް އެމައްސަލަ ބަލަން ފެށީ ޔާމީނުކަން ކަލެއަށް ނޭގޭތަ؟ އަދިވެސް އަނގަ ފުޅާކޮށްފަ ކަލޭ ވާހަކަ ދައްކާ!! ކަލޭމެން ޑީލް ހަދައިގެން ޔާމީނު ޖަލަށްލާންވެގެން އަދީބު އާއި ޒިޔަތު ލައްވާ ޔާމީނާ ދެކޮޅަށް ދޮގުބަޔާން ހޯދައިގެން އިސްލާމީ ޝަރީއަތުގައިވެސް ބަލައިނުގަންނަ ސައްޙަނޫން މަގަކުން ކުރިކަމެއް ކުރުވާ މިބުނި ދެ ފާސިގުން ލައްވާ ޑްރާމާ ކުޅުވައިގެން ނުޙައްގުން ޔާމީން ޖަލަށްލާފައި އެވަނީ!! މޮޅު އަނގަތަޅާނީ އެއްޗެއް އެނގިގެން!!

   5
   2
   • ހުސްފައިސާ

    މިވެސް އަދި ފައިސާ ކައިގެން މޮޔަވެފައި ހުރިމީހެއް. ކަލޭ ދުރުމިއަޅައިގެން ކިތަންމެ ވަރަކަށް ބެލިޔަސް ޔާމީނު ދެންމިގައުމުގަ ވެރިކަން ކުރާތަނެއްް ނުފެނަނާނެ. ޗަކޮއެމެން ތިބެންޖެހޭނީ ޗަތަނުގަ މުޒޭހެރޭ ކޮށްކޮށް.

 7. އަހަންމާ

  އިންޝާﷲ އަވަސް ޝީފާއަކަށްއެދެން!

  14
  2
 8. ޗޭފަރޭ

  ޗަކޮއެ ސޭބޮއެގެން ވޭޓަރު މައްޗައް ވޭ ޖައްސާލަން ދާންވީ އެއްނު.