ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދިން ލަފާ، މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް އަރުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ އެ ލަފާގައި ފުރަބަންދަށް ދިޔަ ފަހުން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ވެދާނެ ދަތިތަކާ ގުޅޭ ގޮތުންނާއި ރައްޔިތުނަށް ވެދާނެ އުނދަގޫތަކާއި ގުޅޭގޮތުން، އަދި ކޮވިޑް-19 އާއި ގުޅިގެން އަޅާ ފިޔަވަޅުތަކަށް މަޖިލީހުންދިން ލަފާގެ ޚުލާސާއެއް ވާނެ ކަމަށެވެ.

އަދި މިއަދު މެންދުރު 12:00 ގައި ރައީސް ސާލިހުގެ އަރިހަށް އެ ލަފަޔާ އެކު ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މަޖިލީހުގެ އެ ލަފަޔަކީ ސަރުކާރު ކުރިއަށް ދާންވީ މަގަށް ލިބޭ އިރުޝާދެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާ ކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

" ރައީސް އަޅުގަނޑަށް ޔަގީންކަން އަރުވާ އެއީ ސަރުކާރު ހިންގުމުގެ ގައިޑްލައިން ނުވަތަ މަގު ދައްކައިދޭނެ ކަރުދާހެއްގެ ގޮތުގައި. ނިންމުންތަކެއްގެ ގޮތުގައި ބަލައިގަންނަވާނެ ކަމަށްވެސް. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިއަދު ތިބޭފުޅުންގެ ފަރާތުން 12 ޖަހާއިރު އެ އޮފީހަށް ދިއުން އެބައޮތް. ދެން އަޅުގަނޑު ދާއިރު މިތަނުން އަޅުގަނޑުމެންގެ އަމީންއާމާއި، ކައުންސިލަ ޖެނެރަލް ޕްރޮޓޮކޯލް ރުގްޔާ ދީދީ އާއި އެކީގައި އަޅުގަނޑުމެން ދާނީ." ރައީސް ނަަޝިދު ވިދާޅުވިއެވެ.

މަޖިލިހުން ތައްޔާރު ކުރީ 400 ސަފްހާގެ ރިޕޯޓެއް ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެ ރިޕޯޓު ހުލާސާ ކުރައްވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރައްޔަތު އަހުމަދު

  ލަފާދޭން މަޖިލީހުގަ ތިބީ އޯލެވެލް ފެންވަރު ނެތް ބަޔެއް ގައުމީތަރައްގީ ރޭވީމަ ވާނެ ގޮތް ތަޞައްވަރު ކޮށްލައްވާ.!
  މިގައުމުގައި މިހާރު ގިނައީ މަތީ ތައުލީމު ޙާސިލުކުރާ ނުވަތަ ކޮށްގެން ތިބި މީހުން.. އެފަދަ މީހުން އުޅެންވާގޮތާއި ގައުމު ބިނާކުރާ ގޮތް ކިޔަން މިތިބީ އަލިފުބާ ނުޖަހާތިބި ގަމާރުން ތަކެއް..؟

  އަދިވެސް ނުވޭތޯ މިކަން ބަދަލުކުރަން..

  މަދުވެގެން ތައުލީމީފެންވަރު މާސްޓަރ+10އަހަރުގެ ތަޖުރިބާ..އޭރުން ދޯ އެމީހަކު ދައްކާވާހަކައިގެ އެފުށް މިފުށް އެގި ވިސްނާއިގެން ދުނިޔޭގެ ހަމަޢާއި އުސޫލުގެ މަތީން ގައުމެއް ބިނާކުރަން ބަސްބުނެވޭވަރުގެ ތަޞައްރަފެއް ހުންނާނީ..
  އެލެކްސް އާއި މިތިބޭ ދެބޯގެރިން ލައިގެން މިގައުމު ވާނީ ހަމަ ހަލާކު..؟

  15
 2. ސިދާތާގެ ބެޑްސީޓް

  ތިޔަ ކަލޭ ގެ ދޭ ލަފައެއްވެސް ހިޔާލެއްވެސް ބަލައިގަނެގެން ނުވާނެ ތިކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު މުސީބާތާ ކުރިމަތިލާން ޖެހޭނެނީ ތިޔައީ މިގައުމަށް ޖެހިފައިވާ ބޮޑު މުސީބާތަކަށް މިހާރު ވެއްޖެ

  17
 3. ކޮޑި މޮހޮދާ

  މަޖިލީހޭ އެކިޔަނީ އޭނަ އަމިއްލަޔަށް އިންޑިޔާގެ މޯދީ ގްރޫޕުން ތައްޔާރުކުރި ލިއުމެއް، ތިމަޖިލީހަކު ދެތިންމީހަކުނޫނީ ނެތް، އިލްމީގޮތުން އެއްޗެއްބުނެލަން އެގޭ، ދަންނަމީހަކު. އެފެންވަރެއްވެސްނުހުއްނާނެ!

 4. މީޒްލީ

  ބަލިމަޑު ކަމާއި ގުޅިގެން ރައީސަށް ނުވަތަ ސިއްޙީ ނިޒާމަށް ރައްޔަތުންގެ މަޖިލީހުން ލަފާ އަރުވަން ޖެހޭކަމަށް ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގަ އަދި ޤަވާއިދެއްގައިވެސް ނެތް! ދެން ބޮޑުވަޒީރު މަބޮޑޭވާން ކޮންމެ ދޭތެރެއަކަށް މިވަންނަނީ ކީއްކުރަންބާއޭ! ނީދެން ހާދަ ބޮޑުވެއްޖެ ކަމެކޭ! ފްލެޓް ކަންތަކާއި ވެސް މީނަ މިގޮތްކިޔަނީ! މީނަ މައިތިރި ކުރަން އެބަޖެހޭ!

 5. Anonymous

  ޜައިސުލް ޖުމްހުރިއްޔަައެކިޔަަފަ މިހުރިި ސަންގޮރެއް

 6. ޑަރޭ

  ތައުލީމެއް ތަޖުރި ބާއެއް ނެތް ބަޔަކު ކިހިނެއް މިވަރުގެ ބޮޑު ގައުމީ ކަމެއްގައި ލަފާދޭނީ.

 7. މަގޭފުލެޓް

  ތންދޮރުނުދަންނަ އެކުޓިވިސްޓުންނަށް ކޮންލފަޔެއް ދެވޭނީ. މއިތްޒަތްތެރި ގަމާރު ރޯނުއެދުރުންގެ ކި ބައިން މިގައުމު ސަލާމަތް ކޮށްދެއްވާށި. އާމީން

 8. ދަރަނި ދަންތުރަ

  ބަބުކެޔޮ ގަސް އިންދާށޯ ދޯނިފަހަރު މެދުން ދެފަޅިޔަށް ފަޅާށޯ ދޯނީގެ އިންޖީނު ނަގާފައި 4 ފަލި އަދި ފޮތިރިޔާ ނަގައިގެން ދުއްވާށޯ އިގުތިސޯދު ހަރުދަނޑި ކުރަންވެގެންނޯ ޖަރީޒާ ވާނެޔޯ މަޖިލީހުގެ ލަފާ ފާ ފާ

 9. ވަނދުބަނބުކެޔޮ އިގްތިސާދު

  ގައިމުގަ ލަފާދޭންމިފެންވަރުގެ ބަޔަކާ ހަވާލްވެއްޖެތަ، އެގައުމެއްގެ މުސްތަގު ބަލެއްނެތެވެ.

 10. ލޮލީ ހެލިކަޕުޓަރު

  ނު ލަފާ އެއް ނަ އަރުވާތި@ ހަނދާންކޮށް