މީސް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ދައުލަތުގެ ސިއްރު ހާމަކުރަކަމަށް ބުނެ އޭނާގެ ފޯނު ފުލުހުން އަތުލިތާ ތިން މަސް ފަހުން އޭނާއާ ފޯނު ހަވާލުކޮށްފިއެވެ.
ޝުމްބާގެ ފޯނު ހިފެހެއްޓ ކްރިމިނަލް ކޯޓުގެ، ކޯޓު އަމުރެއްގެ ދަށުން މިދިޔަ މާޗު މަހުގެ 9ވަނަ ދުވަހުއެވެ.
ޝުމްބާގެ ފޯނު އަތުލަން އަމުރު ނެރުނީ އެމްވީ ކްރައިސަސް މެދުވެރިކޮށް ދައުލަތުގެ ސިއްރު މަޢުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރަން ގެންދިއުމާއި، ދައުލަތުގެ މަސައްކަތަށް ހުރަސްއަޅަމުން އަންނަކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ހޯދަން ބޭނުންވާ މައުލޫމާތު ކަމަށް ބުނެފައި ވަނީ ޝުމްބާގެ މޯބައިލް ފޯނުތަކާއި، އެފޯންތަކުގައި ބޭނުންކުރާ ސިމްކާޑްތަކާއި މެމޮރީކާޑްތަކާއި، އެތަކެތީގައިވާ ހުރިހާ މައުލޫމާތެއް (ޑޭޓާ) އާއި، އެތަކެތިން ކޮށްފައިވާ މައްސަލައާއި ގުޅުންހުރި އެންމެހާ މުޢާމަލާތްތަކެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ ޝުމްބާ އަކީ އެމްވީ ކްރައީސް ޕޭޖް ހިންގާފަރާތްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މައްސަލައިގައި ލިބިފައިވާ ހެއްކާއި، ޤަރީނާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ އެމްވީ ކްރައިސަސް ޕޭޖުން ކޮށްފައިވާ ޕޯސްޓް އަދި އިންޓެލިޖެންސް ރިޕޯޓެވެ.
3 mas dhuvahah fahu @PoliceMv in hifehehti aharenge iPhone dhookohlaifi. 21 vana garunuga kushehge thuhumathah phone in heki libi dhaane kamah dhekumaky moya kameh. Policing aa behey gothun aiymathy fothehves nukiyava @ShimranAb ah fuluhun ge ministerkan havaal kuryma vaany mihen pic.twitter.com/wAYsJTBCbZ
— Shumba Gong ?? (@ShumbaGong) June 8, 2020
ފުލުހުން ޝުމްބާގެ ފޯނު އަތުލިތާ ތިން މަސް ފަހުން އޭނާ އަށް އަނބުރާ ފޯނު ދިން ނަމަވެސް ކޯޓު އަމުރައި ބުނެފައި އޮތީ ފޯނު އަތުލަނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ފުލުހުން އޭނާގެ ފޯނު ތިންމަސް ފަހުން ހަވާލުކުރުމުން ޝުމްބާ ކުރި ޓްވީޓެއްގައި ބުނީ 21ވަނަ ގަރުނުގައި ކުށެއްގެ ތުހުމަތަށް ފޯނުން ހެކި ލިބިދާނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުﷲ އަށް ޝުމްބާ ވަނީ ފާޑު ކިޔައިފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޝުމްބާ މީހަކަށް ކުރި މެސެޖްތަކަކާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރުކޮށްގެން ގެންގުޅުނެވެ.
ދެން މި 3 މަސްދުވަހު ޝުންބާހުރީ ބިޓަށްވެސް ފޯނުނުކޮށްތަ؟
ތީމޮޔަ ބައެއްތަ މިޒަމާނުގަ ތަންދޮރު އޮޅުންފިލާފަ ހުރި މީހެއްގެ އައިފޯނު އަތުލަން އޭގެއިން އެއްޗެހިތަކެއް ފެނިދާނެކަމަށް.
އަހަރެންގެ ފޯނު އަތުލިތާ 2 އަހަރު ވެއްޖެ. އަދިވެސް ނުދޭ. ގެންދަމުން ބުނި 30 ދުވަސް ފަހުން ދޭނަމޭ. ދިރުވާލީ ކަންނޭގެ
ތީ ކޮރެޔާ ގޮލަޔެއް ތަ؟