ސްރީ ލަންކާގައި ދިރިއުޅެނިކޮށް، މީސް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ހައްޔަރުކުރި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފިއެވެ.

ޝުމްބާ ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރ 01 ވަނަ ދުވަހުގެ ރޭ ސްރީލަންކާގެ ކޮލަމްބޯ އިންނެވެ.

އޭނާ ހައްޔަރުކޯށްފައި ވަނީ ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗް ގޮއްވާލި މައްސަލައިގައި ނަމަވެސް އެމައްސަލައިގައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒަށް ބިރުދެއްކި މައްސަލައެއްގައެވެ.

އިންތިގާލީ އޮފީހަށް މި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން އެވެ.

މުހުތާޒް ވިދާޅުވީ، ޝުމްބާ ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާއި ހިލާފަށް ހައްޔަރުކޮށް، ރާއްޖެ ގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލަ ބަލައިދިނުމަށް އޭނާގެ ފަރާތުން މިއަދު އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފައިވާ ކަަމަށެވެ.

މި މައްސަލައިގައި ޝުމްބާ އެދިފައި ވަނީ، އޭނާގެ އިންސާނީ ހައްގުތަކަށާއި، ކަރާމަތަށް އަރައިގަނެ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް އަނިޔާ ކުރި ފަރާތްތަކާއި، އެކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ކަަމަށް އޭނާ ފާހަގަކުރައްވާފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ދައުވާކޮށްދިނުމަށެވެ.

"މީގެ އިތުރުން ދައުލަތުގެ ފަރާތުން އަޅުގަނޑުގެ ކިބައިން މާއާފަށް އެދުމަށް އަޅުގަނޑު އެދެމެވެ". އޭނާ އެދޭ ގޮތް ކަމަށް ހުށަހެޅި މައްސަލާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދޯދި

    ނުކިޔަވާހުރި އަނެއް މީހާ

    12
    • މަށީ

      އޭނައައް ނުކިޔެވުނީ މޑޕ އައް ކުޑަ އިރު ޕްރޮޕަގަންޑާ ފަތުރަން ދަންވަރު އުޅުމުން. މޑޕ އިން ކުޑަ ކުއްޖަކު ބޭނުންކޮއްލީ އެމީހުންގެ ފައިދާ އައް.

      5
      1
  2. ހަނާ

    މިދެން ކާކު ދައުލަތުން މާފަށް އެދެން؟ ބެޓެރީ ބުރި

  3. ބުންބާ

    ދައުލަތުން ނުޖެހޭނެ ކަލޭގެ ފަރާތުން މަޢާފައް އެދޭކައް އެކަމަކު ބުނާތި ބަދަލު ދޭންޖެހޭނެޔޭ

  4. ެެޖނޖ

    ހައްޔަރުކުރީ މިސްކިތުގަ ސަޖިދައިގަ އޮއްވާތަ

  5. ެެޖނޖ

    މިމީހުނަ ހިތުން މިމީހުން ވަރުގެ ބައެއްނެތް

  6. ނާޗަރަންގީ

    ހައްޔަރު ކުރަން މާބޮޑަށްވެސް ލަސްވެފަ ހުރި ބުރާންޗެއް، އަދީބުގެ ލާރިގަނޑު އުހޫ ރައްޔިތުންގެ ލާރިގަނޑު ކާލައިގެހުރި އަދީބުގެ ބޮޓެއް މީ

  7. އަބުދު

    މިގައުމުގަ ފާޑުފާދުނަންނަމުގަ ބޭކާރު މުސާރަ ދިނުމަކީ ވަރައް އާއްމުވެފައިވާ ކަމެއް އިންތިގާލީ އިންސާފު "މީކޮންބަހެއްބ؟ މިބަހުގެ އަސްލުމާނަ އާއްމު ރައްޔިތުންނައް އ،ެގޭނީ 5 އަހަރުފަހުން . އެއައްފަހު އަނެއްބަހެއްހަދާނެ!!!!!!؟؟؟؟؟ .

  8. އަލިބެއްޔާ

    މިކަހަލަ މީހުން މާ މޮޅު އެއްޗަކަށް ހަދައިގެން ނޫސް ތަކުގެ ސުރުޚީއަށް އަރުވަނީ ކީއްވެ..

  9. ތޫރި

    މިއީ އަދީބު ހިންގި ހުރިހާ ޖަރީމާ އެއްގަ ހުރި އެއް އިނގިލި.