މަސްތުވާތަކެތީގެ މައްސަލައެއްގައި އިންތިގާލީ އޮފީސްގެ މުވައްޒަފަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންވެސްޓިގޭޓަރެއްގެ މަގާމުގައި ހުރި މުހައްމަދު އިބްރާހިމެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ތުހުމަތެވެ. އޭނާގެ މައްޗަށް އެ މައްސަލައިގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވާގޮތުން އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

އަދި އޭނާގެ ކުޑަކަމުދާ ތަކެތި އޯޕީއައި އަދި ބެންޒޯއަށް ވަނީ ފައްސިވެފައެވެ. އޭގެ އިތުރުން އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް ބުނާއިރު، އެ ތަކެތީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެއީ އޯޕީއައި އަދި ބެންޒޯ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެއީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ބާވަތެއް ނޫން ކަަމަށް އޭނާ ބުނެފައި ވެއެވެެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާއި ހަމައަށް ދައުލަތުގެ މުއައްސަސާތަކުން ނުވަތަ މުއައްސަސާއެއްގެ ވެރިން ހިންގާފައިވާ ލާއިންސާނީ އަމަލުތައް ބަލައި އެމައްސަލަތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެ އުފައްދާފައިވާ އޮފީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮވިޑް

    ރައީސް އޮފީހުން ދެއްތޮ ތިކަން ފެށުނީ ؟އިންތިގާލީ އޮފީސް ހެއް ކިޔާނެ ކަމެއްނެތް މުޅި ސަރުކާރު މި އޮތީ މަސްތުވެފަ ދެއްތޯ؟ ބޮޑު ޗޯރު އިންނަ އޮފީހުން ޗޯރަށް ޤާނޫނީ ލަފާ އިން މި ކުޅިގަނޑު ފެށީ. އެއީ މިކަން ފެށުމުގެ ރަސްމީއްޔާތު. ކޮބާ އިޔާޒު.؟

  2. ހުސޭނުބޭ

    އިންތިޤާލީ އޮފީހުގައި ކުރާނެ ކަމެއް ނެތީމާ އެބަޖެހޭ އުނގު ވިޔަފާރީގެ ބާވަތްތައް ކޮށްހަދަން. އޭ ވީ ގޮތަކީ!

    10
  3. ސސ

    އިންތިޤާލީ އަދުލުގެ އޮފީސް ގާދޫކޮލުން ބޭރުވެފައި !

  4. ސުދީރު

    ފޮޓޯއިން ފެންނަ މަންޒަރުންވެސް ތިބާވަތުގެ ކިތަންމެ ކަމެއް ތިޔަމީހުންކުރާނެކަން އެބަދޭހަވޭ.

  5. ތާހިރު

    ތިޔައޮފީހުން ކުރި އެންމެކަމެއްވެސް ބުނެދީބަލަ ހަމަބޮޑެތި މުސަރަނެގުން ނޫނީ؟؟؟؟

  6. ސަޕެސަލް އަންބޮނޑި

    ކީއްކުރަން ހަދައިގެން އުޅޭ ތަނެއްބާއެވެ އަހުން ހިތަށްއަރަ. ކޯނޗެއް އެނގިގެން ވަޒީވާ ދީފަ ތިބި ދެބުރާންތިންބާ ތިޔައީ. އަލީ ވަހީދަށް ދިން ކަހަލަ ހިމާޔަތުގެ ޕެކޭޖެއް ނުދީފިއްޔާ ކިތަންމެހާވެސް ތާހިރު..

  7. މަންޖެ

    އަމައްޔާއި، އިސްތަށިގަނޑު ދިގުކޮށް، ފަންކޮށް ބޮލުގައި ކުލަޖައްސައި އަދި ނުވިތާކަށް ބޭންޑުވެސް އަޅައިގެން. ތިޔަވަރުގެ ފެނަވަރުގެ މީހުން ތޮޔަފަދަ ތަންތަނަށް އައްޔަނުކުރާ މީހުންގެ ފެންވަރަކީވެސް ތިއީ..

    11
  8. ކިސް

    މިނޫން ބައެއް މިގައުގަ ނެތީތަ،،

  9. ޢިބްރާ

    ތީނަ ފުލުހުންގެ ވަޒީފާއިން ކަޑާލީވެސް މަސްތުވާތަކެތި ބޭނުންކުރި މައްސަލައެއްގައި ވަރަށް ވެދުން