ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގައި އިތުރު 9 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.

ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ ދެ، 1962 ގަ އެވެ. ތިނަދޫ އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭނެ އެެވެ.

މި މައްސަލައިގައި ތިނަދޫގައި ބޭއްވި އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. އެރަށުން ގާތްގަނޑަކަށް 20-15 އާ ދެމެދުގެ އަދަދަކަށް މީހުން ބަޔާން ދީފައި ވެއެވެ.

އެ އޮފީހުން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ތިނަދޫން މީހުން ބޭލި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އިތުރު 9 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.

އާންމުކޮށް ހުޅުވާނުލައި މިދިޔަ އޮކްޓޯބަރު މަހުގެ 16 އިން 26 އަށް އަޑު އެހުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޓްވީޓްގައި ބުނެފައި ވެއެވެ.

ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ކުރިއަށް ގެންދަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމާފައި މިވަނީ އެ އޮފީހުގެ ޓީމެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ތިނަދޫ އަށް ދަތުރުކޮށް ބައެއް މައުލޫމާތު އެއްކުރުމަށްފަހުއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 449 މައްސަލައެއް ބަލަން ވަނީ ނިންމާފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ އެ މައްސަލައެއް ބެލުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތިނަދޫ

    ބޭކާރުކަމެއް. ޝައުޤެއްނެތް.

  2. އަލަމް

    ތިޔަކަން ނުކޮށް ފާހާނާތައް ސާފުކުރެއްޔާ މާ ރަގަޅުވާނެ. ދިވެހިންނަކީ މޮޔައިން ކަމަށް ހަދައިގެން ކޮން ނާޗަރަންގީއެއް ތިޔަ ހާވަނީ. އެއްކަމެއް ނުވާނެ. ކުރަން އެގޭހާވެސް ކަމަކީ ވައްކަންކުރުން. އެކަމަކު ލަދުހަޔާތް ކުޑަވީމާ، މިވެރިން މިގޮވަނީ އެހެން މީހުނާއި ދިމާލަށް ވަގުންނޭ. ބުނެއުޅޭގޮތަށް ފެލުނަސް އެއެއްޗަކުން ނެރެވޭނީ އެއެއްޗެއްގެ ހުރި އެއްޗެކޭ ދިވެހިން ކިތަންމެ އުއްމީދެއް ކުރިއަސް މިސަރުކާރުން ކުރާނީ ވައްކަން. އެނޫން ކަމެއް ކުރާކަށް ނޭގޭނެ. މުޅިގައުމު ހިބައިން ދީގެން މިތިބީ ކޮންކަމެއް ކުރެވުނީ. ގާނޫނު އަސާސީ ވީދާފަ އާ އަސާސީއެއް ހެދުމުގެ ބާރު މުޅި ދައުލަތް ދިނީމަވެސް ހަމަ ޗޮކުން.

  3. ގަލަން

    މާޒީވެ ނިމިހުރި ކަންތައް ބޭކާރުކަންތައް ކީކުރަން ކުރާކަމެއް ގިނަމީހުން ދުނިޔެއަކުވެސް ނެތް

    12
  4. ޟމ

    ކަމެއް ކުރަންޏާ އެކަމަކުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާއެއްވެސް އޮންނަންވާނެއެވެ. މި މައްސަލަ ބަލައިގެން ޙާޞިލްވާނެ ނަތީޖާއެއް އެބައޮތްތޯއެވެ. އެހެނީ ތިޔަ ޖަރީމާއެއް ހިންގި ފަރާތް މިހާރު ދުނިޔޭގައި ވެސް ނެތެވެ. އެހެންކަމުން އޭނަ ޒިންމާކުރެވެން މިހާރަކު ނެތެވެ. ދެން އޮތީ ގެއްލުން ލިބުނުފަރާތްތަކުގެ ޙައްގުތަކެވެ. އެފަރާތްތަކުގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ވަރަށްވެސް މަދުބައެކެވެ. އެއިރު ތިދަދޫގައި ދިރިއުޅުނު ހުރިހާ މީހުންގެ މަޢުލޫމާތު ސަރުކާރަކަށްވެސް ނޭނގެއެވެ. އެހެންވީއިރު މިކަމުން ޙާޞިލްވާނެ ކަމެއް ނެތެވެ. ތިޔަ މަސައްކަތް ކުރާމީހުންްނަށް މާލީގޮތުން ލިބޭ މަންފާއެއް މެނުވީ އެއްވެސް ކަމެއް ޙާޞިލެއް ނުވާނެއެވެ.

  5. ކޮބަޑި

    ތިކަންތަށްބަލަން އަދި މާއަވަސް އަދި މަޑުކޮށްލާ.،.....،،،،،.

  6. ޢަލިފް

    2023 ޔާމީން އިންޝާﷲ..އާމީން

  7. ހަމީދު 1

    މީ ކީއްކުރަން ކުރާ ކަމެއްތަ؟ މަރުވީމިހުންނަށް ބަދަލު ދޭންތަ މިއުޅެނީ. ނޫނީ ނާސިރަށް ހުކުމް ކުރަންތަ؟