ފާއިތުވި ދޮޅު މަހެއްހާ ދުވަހު މީސްމީޑިއާގެ އެންމެ ގިނަ ޕްލެޓްފޯމްތަކުގައި އެތަރިއެއްގެ ފޮޓޯ އާއި މީމްތަކާއި، ވީޑިއޯތައް އެންމެ ގިނައިން ދައުރުވަމުން ދިޔަ ފަންނާނަކީ މައިކެލް މޮރޯންއެވެ.

އިޓަލީއަށް ނިސްބަތްވާ މި ބަތަލަކީ ޕޮލިޝް ފިލްމް 365 ޑޭސްގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯތަކުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ފަންނާނެކެވެ.

ގިނަ ބަޔަކަށް އޭނާ ރީތިވެގެން އެ ވާހަކަދައްކަމުން ދާއިރު، ކޮންމެވެސް ވަރަކަށް ލަވަވެސް ކިޔާ މައިކެލްގެ އަޑު ކަމުދާ އެތައް ބަޔަކު އެބަތިއްބެވެ.

އެގޮތުން އޭނާ ކިޔާފައިވާ ކަވަރ ލަވަ ފީލް އިޓް/ ހަރޑް ފޯރ މީ/ވޭޑައުން އަށް އެތައް ހާސް ވިއުސްއެއް ވަނީ ލިބިފައެވެ.

365 ޑޭސްއަކީ ސިސިލިއަން މާފިއާގެ އިސް މީހެއް ކަމަށްވާ މާސީމޯ، ސޭލްސް ޑިރެކްޓަރަކަށް އުޅޭ އަންހެން ކުއްޖަކު ކިޑްނެޕްކޮށް، އޭނާ ލޯބި ހޯދުމަށް މަސައްކަތް ކުރާ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި މާސީމޯ އެ އަންހެން ކުއްޖާ ހައްޔަރުކޮށް، 365 ދުވަސް ވަންދެން އޭނާ އާއި އެކު އުޅުމަށާ، އެ ދުވަސްތަކުގެ ތެރޭގައި އޭނާދެކެ އެ އަންހެން ކުއްޖާ ލޯބި ނުވެއްޖެ ނަމަ ދޫކޮށްލާނެކަމަށް ބުނެއެވެ.

https://www.instagram.com/p/B6qejcQi_oJ/

މި ފިލްމްގެ ވާހަކައަކީ ރީތި ވާހަކައަކަށްވީ ނަމަވެސް، އެ ފިލްމްގައި ގިނަ އަދަދަކަށް ބަދު އަހުލާގީ މަންޒަރާއި، ބަރަހަނާ މަންޒަރު ހިމެނޭތީ އެއީ ފިލްމް މާރކެޓް ކުރުމަށް ހިންގި ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބައެއް ފާޑުކިޔުންތެރިން ވަނީ ބުނެފައެވެ.

މައިކެލް އަކީ 2 ކުދިންގެ ބައްޕައެކެވެ. 29 އަހަރުގެ މައިކެލްގެ ކައިވެނި ރޫޅިފައި ވަނީ މިއަހަރުގެ ކުރީކޮޅެވެ.

މި ފާއިތުވެ ދިޔަ ދުވަސްތަކުގައި އެންމެ ގަނަ ބަޔަކު އެ ތަރިއެއްގެ މައުލޫމާތު ހޯދަން ގޫގަލް ސަރޗްކުރި އެއް ފަންނާނަކީ ވެސް މައިކެލްއެވެ.

މައިކެލް އަށް ލިބުނު މަގްބޫލްކަމާއި އެކު ފިލްމީ ދާއިރާގައި އޭނާއަށް އިތުރު ހުށަހެޅުންތައް ވަރަށް ފަސޭހައިލް ލިބޭނެ ކަމަށް ބެލެވެއެވެ.

އަދި އޭނާގެ އަންހެން ފޭން ބޭސް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އޭނާ އަށް މޮޑެލިން އެޖެންސީތަކުން ވެސް ހުށަހެޅުންތައް ލިބޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.