ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް މަޖިލިހަށް ވަޑައިގެންފައި ނުވާތީ އޭނާ ހުށަހެޅުއްވި ވ.ފުލިދޫ ގިރާ މައްސަލައާ ގުޅޭ ގަރާރުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ނުގެންދެވުނެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ މަޖިލިހުގެ ޖަލްސާތައް ބޮއިކޮޓް ކުރަން ނިންމައިފައެވެ. އެ މެމްބަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް މެމްބަރުން އަނިޔާ ކުރުމެވެ. އެހެންވެ، އެކަމުގައި އިންސާފު ލިބެން ޖެހޭ ކަމަށް ޕީޕީއެމް އަދި ޕީއެންސީން ގަބޫލު ކުރެއެވެ.

ފުލިދޫ ގިރަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ހުށަހެޅި ގަރާރުގެ ފުރަތަމަ ކިޔުން އިއްވީ ފެބްރުއަރީ 26، 2020 ވަނަ ދުވަހުއެވެ.

އާއްމުކޮށް މެމްބަރަކު ވަޑައިނުގަންނަވާ ނަމަ ޕާޓީގެ އެހެން ބޭފުޅަކު ގަރާރާއި ހަވާލުވި ނަމަވެސް، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުން މަޖިލީހަށް ވަޑައިނުގަންނަވާތީ ފަޒުލްގެ ބަދަލުގައި މަޖިލީހަށް އެ ބިލް ހުށަހަޅުއްވާނެ ބޭފުޅަކު ވެސް ނެތެވެ.

އެކަމާ ގުޅިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުލިދޫ ގިރާ މައްސަލަ ކުރިއަށް ގެންދެވުމަށް މަޖިލީހަށް ވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް ފަޒުލް އަށް އިލްތިމާސްކުރައްވައިފައެވެ. އަދި ފެލިދޫ ދާއިރާގެ ރައްޔިތުން އެދޭނެ ގޮތަކީވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފުލިދޫއާ ގުޅޭ ގޮތުން ފަޒުލް ނެތް ތަނެއްގައި ހުރި މީހަކީ އަޅުގަނޑު. އަޅުގަނޑު ފުލިދޫ ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުން، މި ގިރާ މައްސަލަ އަޅުގަނޑު މިއަދު ތި ރައްޔިތުންނަށްް ހޯދައި ދޭނަން. އަދި އެކަމަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބާތޯ އަޅުގަނޑު ބަލައި ދޭނަން. ދެން މެމްބަރަށް މަސައްކަތް ކުރަން ފެއްޓެވީމާ އަޅުގަނޑަށް އެ މަސައްކަތް ގެންދެވިފައި ހުރި ހިސާބަކުން އިއްޒަތްތެރި މެމްބަރާ އެ މަސައްކަތް ހަވާލު ކުރާނަން." ނަޝީދު ވިދާޅުވިއެެވެ.

ފަޒުލް މަޖިލީހަށް ވަޑައިނުގަންނަވަނީ އާ ކައުންސިލަރުން އިންތިޚާބު ނުކުރެވޭތީ ދިމާވެދާނެ ގާނޫނީ ހުސްކަން ހައްލުކުރަން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ބޭއްވި ޖަލްސާގައި ހިނގައިދިޔަ ބައެއް ކަންކަމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙHgގ

    ފުލިދު ގިރަ މައްސަލަ ހައްލު ކުރަނި ބަހުސް ކޮށްގެން ތަ މަށައްވެސް އިނގެ ފުލިދުގެ ހަލަތު މުޅި ސަރަހައްދު އޮތި ގިރަފަ ެެެެެ އެރަށު ފުޓުބޯޅަ ދަނޑު ކައިރިން

    10
    1
  2. އަޝްރަފް

    އެކަމަކު މަނިކުފާނު ވިދާޅުވި މެމްބަރަކު ނެތް ކަމުގެ އިހުސާސެއް ނުވެޔޭ

    12
    1
  3. ފުލިދޫ މީހާ

    މި މައްސަލައިގެ ވާހަކަ 3 މަސް ފަހުން މިނަގަނީ މައްސަލަ ހައްލުކުރާކަށްނޫން. އިދިކޮޅު މެންބަރަކު ނެތި ޖަލްސާ ގެންދިއުމަކީ ޖޯކަކަށް ވާތީ.

    9
    1
  4. ވިޒިޓާ

    ބ. އަތޮޅު ކެންދޫގެ ހުރިހާ ހިސާބެއް ގިރާ ހުސްވެއްޖެ ދާއިރާގެ މެންބަރު މަޖިލީހުގައި މިވަގުތު ނެތްކަމަކު އަޅުގަނޑުގެ ބަސްގަބޫލު ކޮށް ތިޔަމަޖިލީހުން ކެންދޫގެ ގިރާ ސަރަހައްދު ތަކަށް ހައްލެއް ހޯދައިދެވިދާނެތޯ މިއީ ކެންދޫގެ ރަށްޔަތުންގެ ވެސްބަސް..