ވ.ފުލިދޫ ގިރާ މައްސަލައާ ގުޅިގެން އެ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ގަރާރު ބޭރުކޮށްލާފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަ މަޖިލިހުގެ އިދާރާ އިން މިއަދު ދޮގުކޮށްފިއެވެ.

މަޖިލިހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ފުލިދު އަށް ދިމާވެފައިވާ ގިރާ މައްސަލައިގައި އެ ދާއިރާގެ މެންބަރު ފަޒުލް ހުށަހެޅުއްވި ގަރަރު މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ގަރާރު މަޖިލިހުގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒުލް ވަޑައިނުގަންނަވާތީ ފުލިދޫ ގިރާ މައްސަލައިގެ ބަހުސް ކުރިއަށް ނުގެންދެވުނު

ފަޒުލްގެ ގަރާރު މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އެޖެންޑާ ކުރިއެވެ. އެކަމަކު، އެ ޖަލްސާ އަށް ފަޒުލް ސަލާމް ވިދާޅުވެފައި ނުވާތީ އޭނާގެ ގަރާރު މަޖިލިހަށް ހުށަހެޅުއްވޭ ގޮތް ވަނީ ނުވެފައެވެ.

ޤަރާރު ބޭރުކޮށްލުމުން ނަޝީދުގެ ހުދުމުހުތާރުކަން އިތުރަށް ހާމަވެއްޖެ - އިދިކޮޅު

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން، މަޖިލިހުގެ ތަޅުމަށް ގަރާރު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ މަޖިލިހަށް ގަރާރު ފޮނުއްވާ މެމްބަރެވެ. އަދި ގަރާރު ފޮނުއްވާ މެމްބަރު، އެހެން މެމްބަރަކާ ހަވާލު ކުރައްވައިފި ނަމަ، ގަރާރު ހުށަހެޅުއްވިދާނެއެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ މަޖިލިހުގެ ޖަލްސާތައް ބޮއިކޮޓް ކުރަން ނިންމައިފައެވެ. އެ މެމްބަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް މެމްބަރުން އަނިޔާ ކުރުމެވެ. އެހެންވެ، އެކަމުގައި އިންސާފު ލިބެން ޖެހޭ ކަމަށް ޕީޕީއެމް އަދި ޕީއެންސީން ގަބޫލު ކުރެއެވެ.

ފުލިދޫ ގިރަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ހުށަހެޅި ގަރާރުގެ ފުރަތަމަ ކިޔުން އިއްވީ ފެބްރުއަރީ 26، 2020 ވަނަ ދުވަހުއެވެ.

ފަޒުލްގެ ގަރާރު މަޖިލިހުން ބޭރުކޮށްލި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖްވާ

    ކީކޭ ދެން ދޯ އަޅެފަހެ ބުނާނީ!

    1
    1
  2. އަހްމަދު

    މަޖިލީހުގެގަވައިދުގާ އޮންނަނީ އިދިކޮޅުހުރިހާމެމްބަރުން ބޭރުންކޮށް ޗެމްބަރތަޅުލައިގެންވޯޓުނެގުންތޯ