ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެވޭ ގޮތައް މާލެ ހުޅުވާލާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ އައިމިނަތު ޝައިނާ ވިދާޅުވީ މާދަމާ އިން ފެށިގެން ހުރިހާ ރީޓެއިލް ފިހާރަތަކެއް ވެސް ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށެވެ.
ހޯމަ ދުވަހު ހުއްދައެއް ނެތި މާލޭގެ މަގުތަކަށް ނިކުތުމުގެ ހުއްދަ އާއްމުންނަށް ދޭއިރު އެކިކަންކަމަށް ތަފާތު ވަގުތުތައް ކަނޑައަޅާފައިވާ ކަމަށް ޝައިނާ ވިދާޅުވިއެވެ. އެގޮތުން ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6-9 އާ ދެމެދުއެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.
ހުއްދަ ނެތި މަގުމައްޗަށް ނިކުތުމުގެ ހުއްދަ ދިން ނަމަވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ މަޑުކޮށްގެން ތިބުމަކީ މަނާ ކަމެކެވެ.
ގިނައިން މީހުން އެއްވާ ތަންތަނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ގައިދުރުކަން އިސްކޮށް މާސްކުފަދަ އަޅައިގެން ތިބުމަކީ އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށް ޝައިނާ ވިދާޅުވިއެވެ. އަދި ފިހާރަތަކަށް ވެސް އެންމެ ގިނައިން ވަދެވޭނެ މީހުންގެ އަދަދު ފާހަގަކޮށް، ގައިދުރުކަން ބެހެއްޓޭނެ ގޮތައް ފާހަގަތައް ޖަހާފައި ބަހައްޓަން ޖެހޭނެއެވެ.
"އަޅުގަނޑުމެން އިރުޝާދު ދެނީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައި، ގިނަ އިން އަތް ދޮވުމަށް. އަތް ދޮވެވޭނެ އިންތިޒާމުތައް ހަމަޖައްސަން ބާރު އަޅަން. ހުރިހާ ފިހާރަތަކެއް ހުޅުވިގެންދާ އިރު، އެތަނަށް ވަދެވޭނެ އެންމެ ގިނަ އަދަދެއް ކަނޑައަޅާފައި ހުންނަން ވާނެ." ޝައިނާ ވިދާޅުވިއެވެ.
މާލޭގައި ހުއްދަ ނެތި ގެއިން ނިކުތުމުގެ ހުއްދަ ދިން ނަމަވެސް މާލެ އިން ފުރައިގެން އެހެން ރަށަކަށް އަދިވެސް ދަތުރު ކުރެވޭނީ މިހާރު ވެސް އޮންނަ އުސޫލުންނެވެ.
ކޮވިޑް-19 އަށް މާލެ އިން ފުރަތަމަ މީހަކު ފައްސިވީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން މާލެ ވަނީ ފުރަބަންދު ކޮށްފައެވެ. ފުލުހުންގެ ހުއްދަ ނަގައިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުތުން ވެސް ވަނީ މަނާ ކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ބޮޑު ލުއިތަކެއް ދޭއިރު މިހާތަނަށް ރާއްޖެ އިން 1976 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ގަޑިތަކެއްގައި ބޭރުގައި އުޅެވޭނެ ކަމަށް އެޗްޕީއޭ އިން އިއުލާން ކުރުން އެއީ މަމެން އުފާވާ ކަމެކޭ މަމެންގެ ހިތުގައި އެންމެ ބޮޑަށް ޖެހޭ ކަމަކީ މާލެ އަކީ އެއީ ރާއްޖޭގައި ހުރި އެންމެ ބޮޑެތި އެންމެ ގަދީމީ މިސްކިތް ތައް ހުރި ތަން ކަމަށްވާއިރު އެންމެ ފުރަތަމަ ވެސް ހުޅުވަން ޖެހޭނީ މާލޭގެ މިސްކިތް ތައް ކަމަށް ވާއިރު މާލޭގެ މިސްކިތް ތައް ހުޅުވަން ތަމެން އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ....
ތިޔަ ކޮމެންޓުގަ ތިއޮތީ ޖަވާބު ލިބިފަ. ހުޅުވާލަނީ ވަކި ކަންކަމަށް ވަކި ގަޑިތަކަކަށް. ނަމާދު ކުރަން ޖެެހޭ 5 ވަގުތު އެހެންކަމުން މިސްކިތްތައް 24 ގަޑިއިރު ހުޅުވައިގެން ފުރި ބާރުބޮޑުވެ ގައިދުރުކަން އިސް ނުކުރެވޭނެ. މިއީ ކޮންމެހެން އިސްލާމްދީނާ ހިލާފުވެގެން ކުރާ ކަމެއް ނޫން. ހަރަމްވެސް އޮތީ ބަންދުކުރެވިފަ ދުވަސްކޮޅެއް ކުރިން، ރާއްޖޭގަ އެކަންޏެއް ނޫން މުސްލިމުން އުޅެނީ. އެންމެންގެ ރައްކަލަކަށްޓަކި މީހުން އެއްވާ ތަންތަން ބަންދު ކޮށްފަ. ނަމާދު ގޭގެވެސް ކުރެވިދާނެ ޖުލައި އަންނަންދެން.
މިސްކިތް ވެސް ހުޅުވެން ޖެހޭނެ.... ކީއްވެ މައިޒާންތަށް ހުޅުވޭ އިރު މިސްކިތްތައް ނުހުޅުވެންވީ...
މައިޒާންތަކަށް ދެވެނީ ވަކި ގަޑިތަކެއްގަ. ހަބަރު ރަނގަޅަށް ނުކިޔާ ޗަކޮޔެ ކޮމެންޓު ނުކުރައްވާ
މައިމޫނާ އިސްތިއުފާދީފައި ގެއަނުގޮސް ހުރުމަަކީ މިވަގުތަށް ރަގަޅުގޮތަކަށްނުވާނެ
ހަމަ އިސްތިއުފާދޭއިރަށް ހެލްތު މިނިސްޓްރީ އުވޭނެ! ދެން އެތަން ހިންގާނީ ބޮޑުވަޒީރު ބުނާ ގޮތަށް!
ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ގަޑިތަކެއްގައި ބޭރުގައި އުޅެވޭނެ ކަމަށް ވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ހުރިހާހުރެގެންތޭ...
އަސްލު، ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ އަހަރެމެން ބޭނުންކޮށްގެން އެކްސްޕެރިމެންޓް ހެދުން ، އެންމެން މަގުމައްޗަށް ނުކުތުމުން ކޮމިއުނިޓީ ސްޕެރެޑެއް އުޅޭތޯ ބެލުން. ސަބަބަކީ ރާއްޖެ އަދިވެސް ކާވްގެ ޕީކް ލެވެލްއަށް ނުދާތީ. ކާވް ފްލެޓުވަނީ ވަކިވަރަކަށް މައްޗައް ދިޔުމުން . އެހެންވީމާ އަދި އުފާވާނެ ކަމެއްނެތް. ކުރިއަށްއޮތީ ވަކި ރައްކާތެރި ދުވަސްތަކެއް ނޫން
ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ގަޑިތަކެއްގައި ބޭރުގައި އުޅެވޭނެ ކަމަށް އެޗްޕީއޭ އިން ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ ހަމަހަމަކޮށް...
އަންނަ މަހުން ފެށިގެން ކެފޭތަކާއި ރެސްޓޯރެންޓްސް ތައް ހުޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެންށް....
ލޯފަން މީހުންނަށް ހާއްސަ އެޕެއް ތައާރަފްކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އެމެންނަށް
ސްކޫލް ކޮލެޖްސް ތަކާއި އަދި ޔުނިވަރސިޓީ ތައް ހުޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކިޔަވާށޭ ކިޔަވާށޭ...
އަންނީ ހެލުތު މިނިސްޓުރީވެސް އުވާލާ އަވަހައް އެހުރިހާބާރެއްވެސް ކަލޭގެ މުށުތެރެއައްލާ.
ސްކޫލް ތައް ހުޅުވުން އެއީ މަމެން ވަރަށް އުފާވާ ކަމެކޭ މަމެން ވަރަށް އުފާވެއޭ ބެލެނިވެރިން ކުޑަ ކުދިން އަތުގައި ހިފައިގެން ވަކިން ޚާއްސަ ކޮށް މަންމަ ދަރިފުޅު އަތުގައި ހިފައިގެން ސްކޫލުގެ ދޮރާށިން ވަންނައިރު އިންސާނުން ނަށް ދުނިޔެ ބިނާ ކުރުމަށް ޓަކައި ބޭނުންވާ އެންމެ ބޮޑު ވަސީލަތަކީ އެއީ ކިޔެވުމޭ ކިޔަވާށޭ ފުރަތަަމަ ކިޔަވާށޭ ކީރިތި ޤުރުއާން ހުރިހާ ސްކޫލް ތަކެއްގައި ވެސް ފުރަތަމަ ކިޔަވާށޭ ކިޔަވާށޭ ކޮން ނިއުމަތެއްތޭ އެފޮތުގައި ނެތީ ކޮން ނިއުމަތެއްތޭ ނެތީ ކޮން ނިއުމަތެއްތޭ ނެތީ...
މިއީ އަނެއްކާ އޮޅުމަކުން ބުނެވުނު އެއްޗެއްބާ ؟ ޔަޤީންކޮށްލަދީ ޕްލީޒް
ކޮވިޑް ދުނިޔެއިން މަމެންގެ ހޯދުން ތަކުން ނެތިގެން ހިނގައްޖެ ނިމިދިޔަ ބަރަކާތްތެރި ރޯދަ މަހުގެ ލައިލަތުލް ޤަދްރުވިލޭރޭގެ ކުރިން ނަމަވެސް އެކަމުގެ އަސަރު ދުނިޔޭގެ އިންސާނުންގެ ހިތުން ފިލައިގެން ދާން ނަގާނެއޭ ތިން މަސް ދުވަސް މިވެސް ދުނިޔޭގައި ދިރި ތިބި އަދި އަންނަން އޮތް ޖީލު ތަކަށް ވެސް ތަޖްރިބާ އަކަށް ދުނިޔެ އަށް ކުރިމަތިވި ވަބާ އެއް ކަމަށް މަމެން ދެކެމޭ މަމެން ދެކެމޭ ދެން ދުނިޔޭގައި ފާހިޝް އަމަލު ކުރުން މަދުވާނެކަމަށް މިކަމަށް އިންކާރުނުކުރެވޭނެއޭ މިކަމަށް އިންކާރުނުކުރެވޭނެއޭ....
މަމެން ވަރަށް އުފާވެއޭ ސްކޫލް ތަކާއި ޔުނިވަރސިޓީ ތައް ހުޅުވޭތީވެ މަމެން ތިހުރިހާ ކުދިންނަށް ވެސް ކިޔެވުމުގައި ކާމިޔާބީ އަށް އެދެމޭ އޯއް އެންމެ މަތިވެރިފަރާތޭ އެކުދިންގެ ހިތްތައް އަލިކުރައްވާދޭން އެކުދިންގެ ކިޔެވުން އެއީ އެކުދިންނަށް ފަސޭހަ އެއްޗަކަށް ހައްދަވާދޭން އެކުދިންގެ ދުލުގެ ކިޔުމުގައި ކުށެއްވާނަމަ އެކަން ހައްލުކޮށް ދެއްވާދޭން އެއިރުން އަޑުއަހާ މީހުންނަށް ފަސޭހައިން އެކުދިން ކިޔާ އެއްޗެއް އޮޅުންފިލާ ގޮތް ހައްދަވާދޭން ހައްދަވާދޭން ހައްދަވާދޭން ހުރިހާ ކުދިން ވެސް ދެއަތް މައްޗަށް ނަގާ ގޮނޑިން ކޮއްޅަށް ތެދުވެ އެއް އަޑަކުން ކިޔަންވީއޭ ކިޔަންވީއޭ ކިޔަންވީއޭ...
ގައި ދުރުކޮށް ނަމާދު ކުރުމަށް މިސްކިތްރައް ހުޅުވާ ލައްވާ އަދި ގެއިން ވުޝޫކޮށްގެން އަންނަގޮތަށް.. ކީއްވެ މިސްކިތްތައް ނުހުޅުވަންވީ ..ކައިރި އިންޑިއާ އާއި ދުނިޔޭގެ ހުރިހާ އިސްލާމުން ތިބި ޤައުމު ތަކުގައި މިސްކިތްތައް ހުޅުވާއިފި... ހަމަ ލާހިކެއްނޫން ތިޔަ ހާސިލްކުރަން އުޅޭކަމެއް ހާސިލްކުރާކަށް. . މަގެ ދީނާއި މަގެ
ޤައުމާއި ނުކުޅެއްޗޭ..
ވެރިކަމުގައި ތިބި ބަޔެއްގެ އަތުން ވެރިކަން ހިނގައިދާނެ ކަމަށް ބިރުގަންނަނީ ވެރިކަމުގައި ތިިބި މީހުންނަށް ވުރެން ރަނގަޅަށް ރައްޔިތުންނަށް ކަމެއް ކޮށްދެވިދާނެ ކަމަށް ލަފާކުރެވޭ މީހަކު ރައްޔިތުންނަށް ފާހަގަ ކުރެވިދާނެ ކަމަށް ވެރިކަމުގައި ތިބި މީހުންނަށް ފެނިގެންނޭ ވެރިކަން ދެއްވަނީވެސް ވަކި ފަރާތަކުންނޭ ގެންދަވާނީވެސް އެފަރާތުންނޭ އެއީ ވާދަވެރިން ގެންދަވާ އެއްޗެއް ނޫނޭ އެފަރާތުން ދުނިޔެ އަށް ފޮނުއްވާ އިންސާނާގެ މަރުވެސް ގެންދަވަނީ އެފަރާތުންނޭ ވެރިކަމަށް އަންނަ ބަޔަކު ވެރިކަމުގައި ތިބެން ރައްޔިތުން އޮބި އެޅިނަމަވެސް އެމެންނަށް އެކަމެއް ނުހިފެހެއްޓޭނެއޭ އެއީ ފިތުރަތުގެ ގާނޫނޭ ހުރިހާ ބާރެއް ވެސް އަދި ހުރިހާ ކޮންޓްރޯލެއް ވެސް ދެއްވާ ފަރާތުން އެ އަނބުރާ ގެންދަވަން ފެށުމުން ދެން އެހިފެހެއްޓޭނެ އެއްވެސް މަޚްލޫޤެއް ދެން މިކާއިނާތުގައި ނުހުންނާނެއޭ އިންސާނާ އަށް ބާރެއް ލިބުމުން އަބަދުވެސް ބާރުގައި ތިބެވޭނެ ކަމަށް އެމެން ހީކުރާނެއެ އެކަމަކު އެކަން މިދުނިޔޭގައި އިންސާނުން އުޅެން ފެށީއްސުރެން ނުވެއޭ ނުވެއޭ ނުވެއޭ...
އެހެންވީމަ ހުއްދަމިދެވެނީ ވަކި ކަންކަމެއް ހުއްދަ ނުނަގާ ކުރާކަށް ނޫން. އެކަންކަން ކުރަން ބޭނުންވާ މީހުނަށް އެފުރުސަތުދެނީ. އެންމެނަށް ހުޅުވާލަނީކީ ނޫން. އަދި މިހާ އަވަހަށް ހުޅުވާލަން ތާއިދު ނުކުރަން. ވާާއެއްޗެއް ބަލަންތިބެމާ. ހާލަތު ރަނގަޅު ނުވާނެކަން އެއީ ޔަޤީންކަމާއެކު ބުނަން އިނގޭ އެއްޗަކީ. ދެން އެހާލަތުގައި މިކަމުގެ ޒިންމާ ނަގަން ތިބީ ކޮންބައެއްތޯވެސް ބަލާނަން. ބައެއް މީހުނަށް އަދިވެސް ހީވަނީ ތިމަންނަމެނަށް މިއުޅެވެނީ އެމެރިކާ ނޫނީ އެހެން ބޭރު ޤައުމެއްގަހެން. ކުޑަކުދިންތަކެއް ޑިސިޝަން ނަގަން ބޭތިއްބީމަ ވާނެގޮތް މިފެންނަނީ.
މަންޖެ ކޮން އަނގައެއް ތިތަޅަނީ ހަނދާން ކުރާތި ދެވަނަ ސާޖަކާއެކު ހެޔޮ ވިސްނޭ ދިވެހިން ކަލޭމެން ބޭނުން ކަމެއް ކުރަން ދޫކޮށްގެން ނުތިބޭނެ.އިހްތިޖާޖް ކުރާނެ އެމެރިކާއަށް ވަމުންދާ ގޮތް ނިކަން ދެކިބަލަ ސިއްހީ މާހިރުން ނުޖެހޭނެ ސިޔާސީ ވެރިން ބޫނާ ގޮތައް ލަފާ ނެރެން ކަންހުރި ގޮތަށް ރައްޔިތުންނަށް ސާފުކޮށްދީ..ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފަ...
ނޫމަޑިއަށް ފައިސާ ދިނީ މިސަރުކާރުންނޭ ނޫމަޑިއަށްވީ ގެއްލުމެއް ގައުމުގެ އެންމެހާ ކުދި ބޮޑު ރައްޔިތުންނަށް ނުފެނެއޭ ވެރިކަމަށް އައިތާ އަހަރު ދުވަސް ނުވަނީސް ރައްޔިތުންގެ ޚަޒާނާއިން މިލިއަނުން ފައިސާ ނަގާ ތަމެންގެ ސަރުކާރުންއިންކާރުކުރަނީތޭ