އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ސަލަފް ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަލަފް ޖަމިއްޔާ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުން އެމްޑީއެން ޖަމިއްޔާ އުވާލި ނަމަވެސް އެ ޖަމިއްޔާއިން މިހާރުވެސް އެކި ނަންނަމުގައި ސަރުކާރާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ގޮންޖަހާ ބަޔާން ނެރެމުން އަންނަ ކަމަށެވެ.

ސަލަފުން ބުނީ އެމްޑީއެން އިން އެ ރިޕޯޓު ނެރުނުތާ ހަ މަސް ދުވަސް ވެފައިވާއިރު އެ ޖަމިއްޔާގެ އެއްވެސް މީހަކަށް ފިޔަވަޅެއް އެޅިފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެހާ ދުވަސްގެނެ ދާއިރުވެސް އެމީހުންގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅެމުން ނުދާތީ ސަރުކާރުގެ އިސްވެރިންނާ މެދު އޮތް އިތުބާރު ގެއްލެމުންދާނެ ކަމަށް ކަމަށް ވެސް ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ބުނީ އެމްޑީއެން އިން އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މީހުންނަށް ފިޔަވަޅު އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގޮވާލައިފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޖަމިއްޔާ އުވާލަން ޔޫތު މިނިސްޓްރީ އަށް އެންގުމުން އެ ޖަމިއްޔާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޝަފު

  ޔާމީން ހިންގި ހުރިހާ ޖަރީމާތަކާއި ވައްކަންތައް ހުއްދަކޮށް އެކަމަށް އަތްޖަހަމުން ދިޔަ ތިޔަ ބައިގަނޑު ދައްކާވާހަކަ މިހާރު އަޑު އަހާނެ މީހަކު ނެތް މިޤައުމުގަ.

  4
  31
  • އީތޭން

   އެއް އިރެއްގަ ވެސް އަތެއް ނުޖަހާ... ތާއީދެއް ވެސް ނުކުރޭ.... ހަމަ ރަގަޅަށް ވާހަކަ ދައްކާފަ ހުރީ..

   1
   1
  • ރިއާން

   މި ސަރުކާރުން ކުރަމުންދާ ވައްކަންތަކާ މެދު ރައްޔިތުން ލޯ މަރައިގެން ތިބީ ކީއްވެ؟ ކީއްވެ އަބަދު ހިސާބް ތަކުގަ މައްސަލަ އުޅޭތީ އެންޓި ކޮރަޕްޝަން އިން ބަލަން ޖެހެނީ... ހަގީގަތަކީ ސަރުކާރުން ތަކުން ކުރާ ކަންތައް އެ ސަރުކާރަކުން ބާރު އޮތް ދުވަހު ކުރޭ، އާންމު ރައްޔިތުން ދެކޮޅަސް ކުރޭ... ދެން އެހެން އުޅެނިކޮށް ސަރުކާރު ވެއްޓެނީ...

 2. ފަހުމީދީދީ

  ވެރިކަމުގެ ކޮއިލުތެރޭ ތިބީ ހުސް ތާއޫތުން. ދެންމިތީބީ އެތާއޫތުން ބުނާ ކޮންމެކަމެއްގައި ދީނެއް މިއްލަތެއް ޝަރީއަތެއްނުބަލާ ކިޔަމަންވާބައެއް. މިޔަށް ސައްތައިގެ މުސްލިމުންނޭ ކިޔާނެ ގޮތެއް މަށަކަށް ނުވިސްނުނު. ވީމާ އިލްމުވެރިން އެބޭކަލުންގެ ޒިންމާ ފުރިހަމަޔަށް އަދާކުރައްވާ.

  20
  1
  • ވާނުވާ

   ކަލެޔައް އިނގޭތަ ތާގޫތު އެއީ ކޯޗެއް ކަން...؟

   7
   2
   • ޏަން

    ﷲ ގެ ޝަރީއަތަށް ހުކުމްނުކުރާ މީހުންނަށްވެސް ތާޢުތުކިޔާ

   • ޢއ

    ޥާނުވާ ބުނެލަދީބަލަ

   • މޮހަނު

    ތައުހީދު އެނގޭ މީހަކަށް ތާއޫތު އެއީ ކޯޗެއްކަން އެނގޭނީ ތައުހީދު ބެހިގެންވާ ބައިތަށް ހޯދާބަލާ. އެއީ ތައުހީދުއް-ރުގޫބިއްޔާ // ތައުހީދުލް އުލޫހިއްޔާ // ނުވަތަ އިބާދާތް//ތައުހީދުލް އަސްމާ ވައް-ސިފާތް. އޭރަށް ޖަދަލު ކުރާކަށް ނުޖެހޭނެ.

 3. ابنة الحكمة

  ﷲ ގެ ޝަރީއަތް ގާއިމުނުކުރާ ވެރިން ވެރިކަން ކުރަނީ ޔާ ﷲ އިބްއިލާހުގެ ޝަރީއަތް ގާއިމުނުކުރާ ވެރިންނަށް ތެދުމަގު ދައްކަވާންދޭ އާމީން

  14
  1
  • ގަމާރުމޯލްޑިވިއަން

   އަތް ކެނޑުން ތަ؟.ބޯ ކެނޑުން ތަ؟؟؟؟؟

 4. ބަތު

  މިލާދީނީ ޖަމާއަތް އުވާނުލާތީ އަހަރެމެން ވަރަށް ކަންބޮޑުވޭ.

  15
  4
 5. ބަރުގޮނު

  އަމާ ބުނީތި ފަރަށް ދާހެން އެޖަމްޢިއްޔާ އެއޮތީ އުވާލާފައި. އެޖަމްޢިއްޔާގައި އުޅުނު މީހުން މިހާރުވެސް އެގެންދަނީ ގޮންޖަހަމުން އެމީހުންގެ ޕްރޮގްރާމްތައް ހިންގަމުން. ސަރުކާރު އޮތީ ނުދެނެހުރިކަމަށް ހަދައި ދެއަތް އުރާލައިގެން. ތަންފީޒު ކުރަންވެފައި ހުރި މަރުގެ ޙުކުމްތައްވެސް އެބަހުރި. އީ.ޔޫ އިން އައި މަންދޫބު ހާމަކޮށްފައިވަނީ މަރަށްމަރު ނުހިފާނެ ކަމުގެ ޔަޤީންކަން ސަރުކާރުން އޭނާއަށް ދީފައި ވާކަމަށާ އެކަމަށް ތައްޔާރުކުރި ތަންވެސް ދެން ބޭނުން ކުރާނީ އެހެެން ބޭނުންތަކަށްކަން އޭނާއަށް އެގިފައިވާކަމަށް.
  އިސްލާމީ ޝަރީޢަތުގެ ޙައްދުތައް ޤާއިމް ކުރުމާ ނުކުރުން އޮތީ އީ.ޔޫ އިން ދޭ ލަފާއެއްގެ މައްޗަށް ކަމަށް ވާނަމަ އެއީ ވަރަށްބޮޑު ކަމެއް.

  16
  1
 6. ނަޢީމް

  މުޅި ސަރުކާރު ހިންގުމުގައި ތިބީ އެމްޑީއެން ގެ މީހުން. ނުވަތަ އޭގެ ބައިވެރިން. ނުވަތަ އޭގެ ސަޕޯޓަރުން. ދެން ކިހިނެއް އެމްޑީއެން އަށް ފިޔަވަޅު އަޅާނީ. މިސަރުކާރު ވެއްޓޭނީވެސް ތިޔަ އެމްޑީއެން އަކާހުރެހެން ހީވަނީ. ކަލޯމެންނޭ ހުޝިޔާރުވެ ތިބޭ.

  19
  1
 7. ބޮޑު މޮހައްމަދު

  އެމްޑީއެންއަށް މި ސަރުކާރުން ފިޔަވަޅު އަޅާކަށް ނުކެރޭނެ. އެހާ ހިތްވަރެއްނެތް. ތިކަންވެސް ވާނީ ގަޓު ރައީސް ޔާމީންއަށް. މިސަރުކާރުގެ ފިނޑިންނަކަށް ނުވާނެ ތިކަމެއް.

  14
 8. ޒައިދު

  ސުބްޙާނަﷲ. ރައީސް ސޯލިހު އެމްޑީއެންއަށް ފިޔަވަޅު އަޅުއްވާނެ. ކެތްތެރިވެލައްވާ ސަލަފު މީހުން. ސޯލިޙު އަކީ ވަރަށް ހިކްމަތްތެރި ބޭފުޅެއް. އެވަރުގެ ވެރިއެއް އަދި މި ގައުމަކަށް ނާދޭ. ސުބްހާނަﷲ. އަވަސް އަރުވާ ނުލައްވާ ސަލަފް މީހުން. ސޯލިހުއަކީ މި ގައުމުގައި އިސްލާމީ ޝަރީއަތް ގާއިމުކޮށްދޭނެ ރައީސް. ސުބްހާނަﷲ. ސުބްޙާނަﷲ. ސުބްޙާނަﷲ.

  3
  10
 9. ކަހުރަބު

  މި ސަރުކާރަކުން އިސްލާމްދީނަށް ރަނގަޅަކަށް އެއް ކަމެއްވެސް ނުކުރާނެ

 10. ބަނބުކެޔޮ

  އާން އެނގޭ އެއީތިޔަ ވާނުވާގެ މަންމަ ސާފުތަ؟؟؟؟

 11. ހިމާ

  ސަލަފު އުވާލަބަލަ

  1
  5
 12. ކައިލް

  އަނިޔާވެރި އިންސާފެއް ނެތް ލާދީނީ އެމްޑީއެން ބައިގަނޑު ހައްޔަރުކުރޭ...